މިރޭގެ ޑޮކެޓުގައި އޮތީ ސުޕްރީމް ކޯޓުގެ 2013/20 އެވެ.
އިސްތިއުނާފް ކުރީ: އާމިނަތު ނާޒްލީ
އިސްތިއުނާފް ރައްދުވީ ސީގޭޓް
މައްސަލަ ނިމުނީ: 24 އޮގަސްޓް 2020
- އާމިނަތު ނާޒްލީ (އެޓް އަލް) އާއި ސީގޭޓް މެދުގައި މ.އޮޕިންގްސަން ގައި ސީގޭޓުން 6 ބުރީގެ ފައުންޑޭޝަނެއް އަޅަން އެއްބަސްވުމެއް ވެވުނު.
- މަސައްކަތް މުޅިން ނުނިމެނީސް އާމިނަތު ނާޒްލީ މަސައްކަތް ހުއްޓާލުމަށް އެންގި.
- ސީގޭޓަށް ލިބިފައިނުވާ ފައިސާއާއި އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ފައިސާއާއި އަދި އެ ފައިސާ ލިބެންދެން ސްޕެސިފިކް ޕާފޯމަންސް އަށް އެދި ކޯޓަށް ސީގޭޓުން މަދަނީ ކޯޓަށް މައްސަލަ ހުށައެޅީ
- މަދަނީ ކޯޓުން ނިންމީ ދައުވާ ސާބިތުނުވާ ކަމަށް
- ސީގޭޓުން ހައިކޯޓުގައި މަދަނީ ކޯޓުގެ ނިންމުން އިސްތިއުނާފް ކުރި (ވަރަށް ހަމަނުޖެހޭ ޕޮއިންޓްތައްވެސް ސީގޭޓުން ހުށަހެޅި - މިސާލު ހުކުމުގެ ޕޮއިންޓް 11.2)
- ހައިކޯޓުން މައްސަލަ ނިންމީ މަދަނީ ކޯޓުގެ ހުކުމުގެ ބައެއް ބާތިލުކޮށް ސީގޭޓަށް 161،406ރ. ލިބެންޖެހޭކަމަށް ކަނޑައަޅައި.
- ހައިކޯޓުގެ ނިންމުން އާމިނަތު ނާޒްލީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި
- ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެވުނު މައިގަނޑު ޕޮއިންޓަކީ ހައިކޯޓުން މައްސަލަ ނިންމި ފަހުން ސީދާ ހުކުމަށް އަސަރުކުރާނެ އައު ހެކި ލިބިފައިވާ ކަން.
- ސުޕްރީމް ކޯޓަށް ވަރށް އިސްތިސްނާ ހާލަތްތަކުގައި މެނުވީ އައު ހެކި ހުށަނޭޅޭނެ ކަމަށް އަދި އެ ފަދައިން ހުށައަޅާ ހެކި ތަކުގައި ހަމަވާންޖެހޭ އުންސުރު (ފެކްޓަރސް) ތަކުގެ ތެރެއިން non-availability ފެކްޓަރ ހަމަވާ މައްސަލައެއް ނޫންކަން.
މި މައްސަލައިގައި ކަނޑައެޅުނު ރޭޝިއޯ:
ސުޕްރީމް ކޯޓަށް އައު ހެކި ހުށައަޅާނަމަ އެ ހެކީަގައި ތިރީގައި މިވާ ހުރިހާ ފެކްޓަަރސްއެއް ހަމަވާންޖެހޭނެކަން. އެއީ
1. Non-availability
2. Relevance
3. Credibility
Share this Scrolly Tale with your friends.
A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.
