Thread Reader
Share this page!
×
Post
Share
Email
Enter URL or ID to Unroll
×
Unroll Thread
You can paste full URL like: https://x.com/threadreaderapp/status/1644127596119195649
or just the ID like: 1644127596119195649
How to get URL link on X (Twitter) App
On the Twitter thread, click on
or
icon on the bottom
Click again on
or
Share Via icon
Click on
Copy Link to Tweet
Paste it above and click "Unroll Thread"!
More info at
Twitter Help
The Vakeelu
@TheVakeelu
Summaries & commentaries of MV Cases - zero charges, ordinary language. Threads of cases: https://t.co/xujCe4Lsvf
Subscribe
Save as PDF
Dec 4, 2022
•
40 tweets
•
5 min read
Ahmed Mohamed v Mohamed Abdulla [2022] SC 86
#RepudiatoryBreach
#TerminationForRepudiatoryBreach
1.
ކަން ހިނގައިދިޔަ ގޮތް: އަހުމަދާއި މުހައްމަދުއާ ދެމެދު އިމާރާތްކުރުމާއި ކުއްޔަށް ހިފުމުގެ އެގްރީމަންޓެއް ވި. އެގްރީމަންޓްގެ މުއްދަތަކީ 6 ޖޫން 2012 އިން 35 އަހަރެވެ.
އަހުމަދަކީ ވެރިފަރާތް. މުހައްމަދަކީ ޑިވެލޮޕަރު/ކޮންޓްރެކްޓަރު.
Save as PDF
Dec 3, 2022
•
28 tweets
•
4 min read
Center Enterprises v Tropic Investment [2022] SC 87
#ContractTermination
#ContractualDamages
#DamagesForRepudiatoryBreach
1.
ކަން ހިނގި ގޮތް:
މި މައްސަލައިގައި އޮތީ، ސެންޓަރ އާއި ޓްރޮޕިކް އާ ދެމެދު ޓަގު ބޯޓެއް ބަނުމަށް ވި ސަބް ކޮންޓްރެކްޓެއްގައި ބޯޓު ބަނދެ ނިންމުމަށް އޮތް މުއްދަތަށް ޓްރޮޕިކް އިން ބޯޓު ބަނދެ ނިންމައިފައި ނުވުމުން އެ 2 ފަރާތުގެ މެދުގައި އުފެދުނު ހުސޫމާތެއް.
Save as PDF
Apr 26, 2022
•
40 tweets
•
8 min read
PGO v Ahmed Moosa Mohamed (Ammaty Case) [2022] SC 24
#LimitationPeriods
#CalculationOfPeriods
#StatutoryInterpretation
#InterpretationAct
މި މައްސަލައަކީ، މަޝްހޫރު ސީލައިފްގެ އެމްޑީ އައްމަޓީ ރިމާންޑްގައި (ޝަރީއަތްނިމެންދެން ބަންދުގައި ބެހެއްޓުން) ހުއްޓައި، މީހަކު ޖާމިނުކޮށްދޭ މަތިން އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރާ ގުޅޭ މައްސަލަ.
Save as PDF
Apr 15, 2022
•
17 tweets
•
3 min read
Khadheeja Abdurahmaan v. Sakeena Abduhrahmaan & others [2022] SC 20
#LandLaw
#Easement
#RightofWay
#LandDemarcation
#ResJudicata
1/ވާގިއާތް: 2011 ވަނަ އަހަރު މއ.ހަނދުވަރީމަންޒިލް ބައިކުރެވުނު. ބައިކުރެވިފައިވަނީ 2 ބަޔަށް - އެއްބައި 1000+ އފ. އިސްތިއުނާފު ރައްދުވާ 5 ފަރާތްތަކަށް (ސަކީނާ މެން)، އަނެއް ބައި 277+ އފ. ހަދީޖާއަށް. ބައިތަކަށް ވަދެ ނިކުމެވޭ ގޮތަށް 6 މީހުންގެ ހައްގު އޮންނަ ގޯޅިގަނޑެއް ކަނޑައިދިން
Save as PDF
Feb 8, 2021
•
12 tweets
•
2 min read
#EmploymentLaw
Naif Abdurahman and 22 others v Maldivian Air Taxi [2021] SC 12
ކީވޯޑްސް: ވަޒީފާގެ މާހައުލުގައި ތަފާތުކުރުން، ހަމަހަމަކަން
1/
މުހިންމު ވާގިއާތްތައް: މައްސަލަ ހުށައެޅީ މޯލްޑިވިއަންގެ 23 ދިވެހި މުވައްޒަފުންނެއް. ވަޒީފާއާބެހޭ އެއްބަސްވުންތައް ބަދަލުކުރަންޖެހޭކަމަށް ބުނެ.
Save as PDF
Jan 26, 2021
•
61 tweets
•
6 min read
Mohamed Shammoon v State [2021] SC 10
1/
މައިގަނޑު އިޝޫތައް: ފުލހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24(ށ) ގެ ދަށުން ފުލުހަކު ވަޒީފާއިން ވަކިކުރުން، އައިރު މުސްލިމުންގެ ހެކި ބަލައިގަތުން،double jeopardy, ވަޒީފާއާބެހޭ މައްސަލަތަކުގައި ބަދަލުދިނުން
2/
ވާގިއާތްތައް(facts): ޕޮލިހުގެ ސަރޖެންޓެއްގެ މަގާމުގައި ހުއްޓައި ޝައްމޫން ވަޒީފާއިން ވަކިކުރި. ވަކިކުރި ސަބަބަކީ އޭނާ އާއި އެހެން ބަޔަކު ވެގެން މާރާމާރީ ހިންގައި ކުޑަކުއްޖެއްގެ ކަރާމާތްތައް ނަގާލާފަދަ ކަންތައް ކުރުމުން.
Save as PDF
Dec 6, 2020
•
22 tweets
•
3 min read
Abdulla Rasheed v Nika Maldives [2019/SC-A/42]
މައިގަނޑު އިޝޫތައް: ކުންފުންޏާބެހޭ ގާނޫނުގެ 38 (ހިއްސާ ވާރުތަވުން) ގައިވާ އިޖުރާއަތް، ކޯޓުތަކާބެހޭ ގާނޫނުގެ 20(ނ) ދަށުން ސްކޮމްއަށް ލިބިދެވޭ ބާރުތައް
1/
ކުޑަފޮޅުދޫ އޭ ކިޔުނު ރަށެއް (މިހާރު ނިކަ މޯލްޑިވްސް ރިސޯޓު) ނިކަ މޯލްޑިވްސް (ކުންފުންޏެއް. މީގެ ފަހުން [ނިކަ]) އަށް ކުއްޔަށް ދިނުމަށް މޫސާ ގާސިމް (އަލްމަރުހޫމް) އާ ނިކަ އާ ދެމެދު 1990 ގައި އެއްބަސްވުމެއްގައި ސޮއި ކުރެވުނު.
Save as PDF
Dec 5, 2020
•
28 tweets
•
3 min read
Hawwa Naasiha v Mohamed Naashidu and others [2019/SC-A/43]
މައިގަނޑު އިޝޫތައް: ހަޖަރުކުރުން، ހަޖަރުކުރުމުގައި ގެންގުޅޭ އުސޫލުތައް، ހަވާލާދާރުގެ ޒިންމާތައް
1/
މޫސާ މަނިކަކީ އޭނާގެ މުދާ ތަސައްރަފުކުރުމުގެ ކުޅެދުންތެރިކަމެއް ނެތް ނުކުޅެދޭ މީހެއްކަމުން، އޭނާގެ މުދާ ބެލެހެއްޓުމަށް ދަރިންގެ ތެރެއިން ހައްވާ ނާސިހާއަށް (އެޕީލް ކުރާ މީހާއަށް) ޕަވަރ އޮފް އެޓާނީއެއްގެ ދަށުން ހަވާލުކުރި.
Save as PDF
Nov 23, 2020
•
27 tweets
•
3 min read
Export Import (EXIM) Bank of Malaysia v One and Half Degree 2018/SC-A/40
މައިގަނޑު އިޝޫސްތައް: އިސްތިއުނާފީ ކޯޓުން (ހައިކޯޓުން) ދަށު ކޯޓަށް މައްސަލަ ތަހްވީލުކުރުން، ގއ ގެ 16،68 އަދި 69 މާނަކުރުން، އިސްތިއުނާފްކުރުމުގެ ހައްގު ވ ތަހްވީލުކުރުން
1/
ގދ ރަށެއްގައި ރިސޯޓެއް ހެދުމަށް، އެ ރަށް ރަހުނުކޮށް، ވައަން އެންޑް ހާފް އާއި އެކްޒިމް ބޭންކާއި ދެމެދު USD 19މިލިއަން ލޯނުގެ އެއްބަސްވުމެއްގައި ސޮއި ކުރެވުނު.
Save as PDF
Nov 18, 2020
•
13 tweets
•
2 min read
Abdul-Hameed Mohamed v State (MoHI)[2017/SC-A25]
މައިގަނޑު އިޝޫތައް: ވިއްކުމުގެ ކުރީގެ އެގްރީމަންޓް (presale agreement), ގާނޫނީ މިލްކުވެރިކަން (legal ownership), އަދާލަތުގެ މިލްކުވެރިކަން (equitable ownership)
1/
ވެށިފަހި މާލެ ޕްރޮގްރާމް ގެ ދަށުން ފްލެޓް ލިބުނު މީހުންގެ ލިސްޓު އާންމު ކުރި އިރު ހަމީދުގެ ނަން އޮތް. 3 މަސް ފަހުން ހައުސިންގ އަށް އެންގީ ފްލެޓަކަށް ހަމީދު ހޮވުނު ހޮވުން ބާތިލުކޮށްފިކަމަށް. ސަބަބަކީ، އެޗްޑީސީ އާއި ހަމީދާ ދެމެދު ރޯހައުސްއެއް ގަތުމަށް އެއްބަސްވެފައިވާތީ.
Save as PDF
Oct 24, 2020
•
21 tweets
•
3 min read
Mohamed Shaweed v Mohamed Latheef [2017/SC-A/39]
މައިގަނޑު އިޝޫ: ކުންފުންޏާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ކުންފުނި އުވާނުކައި އަދި ކުންފުންޏެއްގެ ދަރަނިތައް ހަލާސްނުކޮށް ކުންފުނީގެ މުދާތައް ބަހާފައިވާ ހާލަތުގައި މުދާ ލިބުނު ފަރާތްތައް ކުންފުނީގެ ދަރަންޏަށް ޒިއްމާކުރެވިދާނެތަ؟
1/
ހ. ވާލީ ވިލާ މޫސާ ފަހީމް އާއި އޭނާގެ ބޭބެ މ.ތްރީއޭ ވިލާ އަބްދުއްލާ އަލީ އާ ދެ މީހުން، ކުންފުނިތައްވެސް (ވާލީ ބްރަދާސް ޕވޓ ލޓޑ އާއި ތްރީ އޭ ބްރަދާސް ޕވޓ ލޓޑ) ހިމެނޭ ގޮތަށް ވިޔަފާރިތަކެއް ހިނަގަމުން ދިޔަ. މި ވިޔަފާރިތަކުގެ %60 ހިއްސާވަނީ އަލީ އަށް. %40 ހިއްސާ ވަނީ ފަހީމަށް.
Save as PDF
Oct 16, 2020
•
30 tweets
•
4 min read
Export-Import Bank of Malaysia Berhad(EXIM Bank) (Appellant) v Sultans of The Seas Marine Pvt Ltd (Sultans) (Respondent) [2017/SC-A/23]
މައިގަނޑު އިޝޫތައް: ރެސް ޖުޑިކާޓާ، ގަވަރނިންގ ލޯ، ގަވަރނިންގ ޖުރިސްޑިކްޝަން
1/
މެލޭޝިއާގެ އެކްޒްއިމް ބޭންކުން ސަލްޓަންސް އޮފް ދަ ސީސް މެރިން ޓެކްސީ އިން USD 8 ލައްކައިގެ ލޯނެއް ނެގި. މި ލޯނުގެ ގެރެންޓީ އެކްޒްއިމް ބޭންކަށް ދިނީ މައްސަލަ ރައްދުވާ ސަލްޓަންސް އިން.
ލޯނު ނެގި ސަލްޓަންސް އިން ލޯނުގެ ފައިސާ އަނބުރައި ނުދެއްކި.
Save as PDF
Oct 3, 2020
•
20 tweets
•
3 min read
Medianet v MIRA 2016/SC-A/23
މައިގަނޑު އިޝޫތައް:
(1)
ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 44 އާއި 49 އާ ދެމެދު ވާ ފުށުއެރުން
(2)
ބީޕީޓީ ގާނޫނުގެ 6 (ހ)(1) ގައި ވާ "އެނޫންވެސް މުދާ" ގެ ތެރޭގައި އައިރު މާއްދީ (intangible) މުދާ ހިމެނޭތޯ
1/
މީޑިއާނެޓުން ރާއްޖެއިން ބޭރުގައި ވަޒަންވެރިވެފަިވާ ފަރާތްތަކަށް ދައްކާ ޗެނަލް ލައިސަންސިންގ ފީ އަށް ދައްކަންޖެހޭ ވިތްހޯލްޑިންގ ޓެކްސް (ވހޓ) ނުދައްކާތީ އެ ފީ ތަކަށް ވާ 2.1 މިލިއަން ވހޓ އާއި 2.5 ލައްކަ ފައިންސް ދެއްކުމަށް މީރާއިން މީޑިއާނެޓްއަށް އެންގި.
Save as PDF
Sep 24, 2020
•
18 tweets
•
2 min read
Bank of Ceylon v Theluveligaa Retreat [2019/SC-S/47]
ކީވޯޑްސް: ރިޓް އޮފް ޕްރޮހިބިޝަން، ހައިކޯޓުގައި ހިނގަމުންދާ މައްސަލަ ބާތިލުކުރުން، ނެގޯޝިއޭޓްގެ އުކުޅަކަށް ލިޓީގޭޝަން ބޭނުންކުރުން ނިންމުމު މައިގަނޑު އިޝޫ: ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުންހައިކޯޓުގައި ހިނގަމުންދާ މައްސަލަ ބާތިލުކުރެވިދާެނެތޯ؟
Save as PDF
Sep 23, 2020
•
31 tweets
•
4 min read
Abdulla Arif v Apollo Holdings Pvt Ltd 2017/SC-A/40
މައްސަލައިގެ ބާވަތް: އެއްބަސްވުމާ ހިލާފު އުފެދިގެން ހުށަހަޅާ މައްސަލަ
ކީ ވޯޑްސް: ކިތާބީ ހެކި. އިންޑޯ މެނޭޖްމަންޓް ރޫލް.
މައިގަނޑު އިޝޫ: މި އީ ވަރަށް އޮޅުންބޮޅުން ވެފަ ހުރި ފެކްޓްސްތަކެއް ހިމެނޭ މައްސަލައެކެވެ.
Save as PDF
Sep 21, 2020
•
7 tweets
•
1 min read
Fathimath v. Aminath Husain 2018/SC-A/21
މައްސަލައިގެ ބާވަތް: ބިމާބެހޭ
1.
އުފެދުނު މައިގަނޑު ސުވާލު: ބަންޑާރަ ގޯއްޗެއް ރަޖިސްޓްރީ ކުރެވިފައިވާ މީހަކު މަރުވެފައި ވަނިކޮށް އެ ގޯތީގައިވާ ތަރިކަ ވާރިސުންގެ މެދުގައި ނުބަހައި އެ ގޯތިން ބައެއް ރަށު އޮފީހުން ވަކިކޮށް، ވަކިކުރެވުނު ބައި އެހެން މީހަކަށް ދީ ވަކި ގޯއްެޗެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިދާނެތޯ؟
Save as PDF
Sep 21, 2020
•
10 tweets
•
1 min read
މިރޭގެ ޑޮކެޓް 2 ގައި ރައީފާ އަބްދުލްވައްހާބް (އެޓް އަލް) ވ. އޭޖީ (2019/އެޗްސީ-ޑީއެމް/02)
މައްސަލައިގެ ބާވަތް: ދުސްތޫރީ މައިގަނޑު ސުވާލު: ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ "ކައުންސުލުން ކުރާ ގާނޫނު ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަކުރުމުގެ އުސޫލް" އަކީ ގާނޫނު 2010/7 ގެ 149 ވަނަ މާއްދާއިން އެލްޖީއޭ އަށް ލިބިދީފައިވާ ހުދޫދުގެ ބޭރުން ހަދާފައިވާ އުސޫލެއްތޯ؟
Save as PDF
Sep 21, 2020
•
8 tweets
•
2 min read
މިރޭގެ ޑޮކެޓުގައި އޮތީ ސުޕްރީމް ކޯޓުގެ 2013/20 އެވެ.
އިސްތިއުނާފް ކުރީ: އާމިނަތު ނާޒްލީ
އިސްތިއުނާފް ރައްދުވީ ސީގޭޓް
މައްސަލަ ނިމުނީ: 24 އޮގަސްޓް 2020 - އާމިނަތު ނާޒްލީ (އެޓް އަލް) އާއި ސީގޭޓް މެދުގައި މ.އޮޕިންގްސަން ގައި ސީގޭޓުން 6 ބުރީގެ ފައުންޑޭޝަނެއް އަޅަން އެއްބަސްވުމެއް ވެވުނު.
- މަސައްކަތް މުޅިން ނުނިމެނީސް އާމިނަތު ނާޒްލީ މަސައްކަތް ހުއްޓާލުމަށް އެންގި.