މިރޭގެ ޑޮކެޓް 2 ގައި ރައީފާ އަބްދުލްވައްހާބް (އެޓް އަލް) ވ. އޭޖީ (2019/އެޗްސީ-ޑީއެމް/02)
މައްސަލައިގެ ބާވަތް: ދުސްތޫރީ
މައިގަނޑު ސުވާލު: ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ "ކައުންސުލުން ކުރާ ގާނޫނު ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަކުރުމުގެ އުސޫލް" އަކީ ގާނޫނު 2010/7 ގެ 149 ވަނަ މާއްދާއިން އެލްޖީއޭ އަށް ލިބިދީފައިވާ ހުދޫދުގެ ބޭރުން ހަދާފައިވާ އުސޫލެއްތޯ؟
ހައިކޯޓުގެ ރަޖިސްޓްރަރ ނިންމީ މި އީ "އުސޫލެއް" ބާތިލުކުރުމަށް ހުށަހަޅާފައިވާ މައްސަލައެއްކަމުން، މި އީ ހައިކޯޓަށް ބެލުމުގެ އިހްތިސާސް ލިބިފައިވާ ބާވަތުގެ މައްސަލައެއް ނޫންކަން ކޯޓުތަކުގެ ގާނޫނުގެ 37 ވަނަ މާއްދާއާއި ހައިކޯޓުގެ ގަވާއިދުގެ (2011) ގެ 25 ވަނަ މާއްދާއިން އެނގޭކަމަށެވެ.
ރަޖިސްޓްރަރ ގެ އެ ނިންމުން މުރާޖާކުރުމަށް ހުށަހެޅުމުން، ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވަނީ ގާނޫނަކުން ބާރުލިބިގެން ހަދާފައިވާ "އުސޫލެއް" (ނޮޓް ގަވާއިދު) ގާނޫނުއަސާސީއާ ހިލާފްތޯ ބެލުމަކީ ހައިކޯޓުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ.
މި މައްސަލައިގައި ހައިކޯޓުން ނިންމީ ގާނޫނު 2010/7 ގެ 149 ވަނަ މާއްދާ އަކީ ދެ ކައުންސިލެއްގެ ދެމެދުގައި ހިލާފެއް އުފެދިއްޖެނަމަ އަމަލުކުރަންވީ ގޮތް ބަޔާންކުރާ މާއްދާއެއްކަމުން، އެ މާއްދާއަކީ ކައުންސިލަރުންގެ މައްޗަށް ފިޔަވަޅު އެޅުމާ ގުޅޭ މާއްދާއަކަށް ނުވާތީ، 149 ވަނަ މާއްދާއާ ...
ހަވާލާދީ އެލްޖީއޭ އިން އެކުލަވާލާފައިވާ އުސޫލަކީ ގާނޫނުގެ އިމުގެ ތެރެއިން ހަދާފައިވާ އުސޫލެއް ނޫންކަމަށެވެ.
މި މައްސަލައިގައި އައު (ކުރިން ކަނޑައެޅިފައި ނުވާ - ސުޕްރީމް ކޯޓުގެ 2011/އެސް-ސީ/30 ބައްލަވާ) ރޭޝިއޯއެއް ކަނޑަނޭޅުނަސް، ގއ ގައާއި 2011/4 ގައި "ގަވާއިދު" މާނަކޮށްދީފައިނުވާ ކަމަށް އަލިއަޅުވާލައި "ގަވާއިދު" ކޮންމެވެސް މާނަކުރަން މަސައްކަތްކޮށްފައި ވެއެވެ.
ގަވާއިދު މާނަކުރުމުގައި ހައިކޯޓުން ހަވާލާދީފައިވަނީ "ދިވެހި ބަސްފޮތް" އަށެވެ. އެ ފޮތުގައި "ގަވާއިދު" މާނަކޮށްދީފައިވަނީ:
1. ކަމެއްކުރަން އޮންނަ ގޮތް
2. ހަމަޖައްސައިފައިވާ އުސޫލުތައް. މި ފަދައިންނެވެ.
މި އީ އޮބިޓަރ ކަމަަށް ބެލެވެއެވެ.
އެހެންކަމުން، މި މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުންގެ ރައުޔުން، އިދާރާތަކުން އުފައްދާ އުސޫލުތަކާއި، ގަރާރުތަކައި، ސަރކިއުލަރތަކަކީ ގަވާއިދުގެ ގޮތުގައި މާނަކުރުމުގެ ފިކުރަށް ބާރު ލިބިދެއެވެ.
@threadreaderapp unroll please
Share this Scrolly Tale with your friends.
A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.
