Vakeelu Profile picture
Commentaries on all things law & policies. Unapologetically politically incorrect. Threads of cases: https://t.co/xujCe4KUFH

Sep 23, 2020, 31 tweets

Abdulla Arif v Apollo Holdings Pvt Ltd 2017/SC-A/40

މައްސަލައިގެ ބާވަތް: އެއްބަސްވުމާ ހިލާފު އުފެދިގެން ހުށަހަޅާ މައްސަލަ
ކީ ވޯޑްސް: ކިތާބީ ހެކި. އިންޑޯ މެނޭޖްމަންޓް ރޫލް.
މައިގަނޑު އިޝޫ:

މި އީ ވަރަށް އޮޅުންބޮޅުން ވެފަ ހުރި ފެކްޓްސްތަކެއް ހިމެނޭ މައްސަލައެކެވެ.

އެޕޯލޯ އާއި މޯވޭ ކޮންސްޓްރަކްޝަން އަށް 20/09/2006 ގެ ނިޔަލަށް ލިބޭ ޕްރޮޖެކްޓްތަކުގެ ފައިދާއިން %25 ( ޖުމްލަ 1،450،000ރ) އބ.އާރިފަށް ދިނުމަށް، ވާހިދު އާއި އަހްމަދު އާރިފް (އ.އާރިފް) އބ.އާރިފް އަށް ލިޔުމެއް ދިނެވެ. ވާހިދު އާއި އ.އާރިފް އަކީ އެޕޯލޯ އާއި މޯވޭގެ އިސް 2 މީހުންނެވެ.

އބ.އާރިފް މެދުވެރިގެން އެޕޯލޯ އާއި މޯވޭއަށް ލިބިފައިވާ ޕްރޮޖެކްޓްތަކުގެ ފައިދާއިން އބ.އާރިފް އަށް ލިބެންޖެހޭ ފައިސާ ނުދީގެން އބ.އާރިފް ގެ ދައުވާ ކުރި މައްސަލަ، 2009ގައި ސުޕްރީމް ކޯޓުން ނިންމީ އެ ފައިސާ އބ.އާރިފް އަށް ދިނުމަށެވެ.

2006 ގެ އެގްރީމަންޓްއަށްފަހު ވެސް އެޕޯލޯ ގްރޫޕްގެ ކުންފުނިތަކަށް ލިބުނު ޕްރޮޖެކްޓްތަކުގެ ފައިދާގެ %25 އބ.އާރިފް އަށް ލިބެންޖެހޭކަމަށް ބުނެ އބ.އާރިފް އެ ފައިސާ ހޯދުމުގެ މަސައްކަތް ފެށްޓިއެވެ.

އެ ފައިސާ ހަމަޖައްސުމުގެ ޒިންމާ އެޕޯލޯ ހޯލްޑިންގްސް އިން ނަގަން އެއްބަސްވި ކަމަށް ބުނެ އެ ކުންފުނީގެ މެނޭޖަރު އބ.އާރިފް އަށް ސީޓއެއް ފޮނުވި. އބ.އާރިފަށް ދޭންޖެހޭ ފައިދާގެ މިންވަރު އެނގޭގޮތަށް ވަހީދު (ކުންފުނީގެ ޑިރެކްޓަރެއް) ސޮއިކޮށް އބ.އާރިފަށް 7/12/2008 ގައި ސިޓިއެއް ފޮނުވި.

ސިވިލްކޯޓުގައި އެޕޯލޯ އިން ބުނީ 7/12/2008 ގެ ސިޓީއަކީ ސައްހަ ލިޔުމެއް އެއް ނޫންކަމަށް. އެޕޯލޯއިން އެހެން ބުނި ސަބަބުތައް: (ހ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ނިމުމަކަށް އަދި ބޯޑުން ގަބޫލުކުރާ އެއްބަސްވުމަކަށް ނުވާތީ. (

ށ) ވަހީދުއަށް ބިރުދައްްކައިގެން ސޮއިކޮށްފައިވާ ލިޔުމެއްކަމަށް. 2008 ގެ ލިޔުމެއްކަމަށް ބުނާ ލިޔުމެއް 2010 ގައި ބޭނުންކުރަން ފަށާފައިވާ ލެޓާހެޑެއް ގެ ދަށުގައި ލިޔުން ވުން. ލިޔުމުގައި ވާ އެޑްރެހަށް ކުންފުނީގެ އޮފީސް ބަދަލުކުރީ 2010 ގައި ކަމަށް.

ރައްދުގައި އބ.އާރިފް ބުނީ އިންޑޯ މެނޭޖްމަންޓް ރޫލްގެ ދަށުން ކުންފުންޏެއްގެ އެތެރޭގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ނުވަތަ ނޫންތޯ ބެލުމަކީ ކުންފުންޏާއެކު މުއާމަލާތުކުރާ ފަރުދެއްގެ ޒިންމާއެއް ނޫންކަމަށް.

ސިވިލް ކޯޓުން ނިންމީ ލިޔުމުގެ ސައްހަކަމާމެދު އެޕޯލޯއިން ސުވާލުއުފައްދާފައިވާ ކަންކަން އބ.އާރިފަށް ނަފީނުކުރެވޭތީ އެއީ ސައްހަ ލިޔުމެއްކަމަށް ސާބިތުނުވާކަމަށް. އަދި އެޕޯލޯއިން އބ.އާރިފަށް އެ ފައިސާދޭން ނިންމާފައިވާކަން އބ.އާރިފަށް ސާބިތުކޮށްދެވިފައި ނުވާކަމަށް.

ހައިކޯޓުން ނިންމީ ލިޔުމާ މެދު އުފައްދާފައިވަ ޝައްކުތައް ފިލުވުމަކީ އބ.އާރިފް އުފުލަންޖެހޭ ބުރައެއްކަމުން އބ.އާރިފް އެ ޝައްކުތައް ފިލުވައިދީފައި ނުވާތީ ސައްހަ ލިޔުމެއްކަމަށް ސާބިތުނުވާކަމަށް. އަދި ސައްހަ ލިޔުމެއްކަމަށް ސާބިތުނުވާތީ އިންޑޯ މެނޭޖްމަންޓް ރޫލްއަށް ބަލަން ނުޖެހޭކަމަށް.

މައްސަލަ އެމްވީއެސްސީ ގައި އިސްތިއުނާފްކުރުމަށް އބ.އާރިފް ހުށަހެޅީ
(ހ) 20/09/2006 ގައި އ.އާރިފް އާއި ވަހީދު، އބ.އާރިފް އާ އެކީ ވެފައިވާ އެއްބަސްވުން
(ށ) 7/12/2008 ގައި ވަހީދު އާއި އބ.އާރިފް ވެފައިވާ އެއްބަސްވުން

މި މައްސަލައަށް މުހިއްމީ 2008 ގެ ((ށ) ގައި ވާ) އެއްބަސްވުން.

އެމްވީއެސްސީ ގައި އަނެއްކާވެސް އެޕޯލޯއިން 2008ގެ ލިޔުމުގެ ސައްހަކަމަށް އިންކާރުކުރި. ސަބަބުތައް:
(ހ) އެޕޯލޯއިން އުފައްދާފައިވާ ލިޔުމެއް ނޫންކަމަށް (ލެޓާ ހެޑް އަދި އެޕޯލޯގެ އެޑްރެސް ނޫން)
(ށ) ވަހީދުއަށް ބިރުދައްކައިގެން ވަހީދުލައްވާ ސޮއިކޮށްފައިވާ ލިޔުމެއްކަމަށް

(ނ) އެޕޯލޯގެ ޑިރެކްޓަރުންގެ ބޯޑުން ބާރުލިބިފައިވާ ލިޔުމެއް ނޫންކަމަށް.

އެޕޯލޯއިން 2010 ވަނަ އަހަރު ބޭނުންކުރަން ފެށި ކަމަށްބުނާ ލެޓަރހެޑުގައި ލިޔުން އޮތީ ކީއްވެކަން ސާބިތުކޮށްދިނުމަސް މިނިސްޓްރީއޮފް ޓްރޭޑް އެންޑް އިކޮނޮމިކް ޑިވެލޮޕްމެންޓުން 2008 ގައި އެޕޯލޯއަށް ދޫކޮށްފައިވާ އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދައިގެ ކޮޕީހުށައެޅުނު.

މިނިސްޓްރީގެ ހުއްދައިގެ ކޮޕީގައި މިނިސްޓްރީއިން އަސްލާއެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވޭ. މިއީ އެމްވީއެސްސީ އަށް ހުށަހެޅުނު އައު ހެއްކެއް. ހުދު ސުޕްރީމް ކޯޓުންވެސް މި ހެކި ހުށަހެޅުނީ ސުޕްރީމް ކޯތުގެ އާމިނަތު ނާޒްލީ ވ ސީގޭޓް މައްސަލައިގައިވާ އުސޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނޭ.

އަދި އެ ކަން ފާހަގަކޮށް އެ އައު ހެކިއަށް ކޯޓުން ރިއާޔަތްކުރި. ފަނޑިޔާރު ސުއޫދު ލިޔެފައިވަނީ "

މިނިސްޓްރީގެ ހުއްދައިން އެޕޯލޯއިން މައްސަލައުފެދިފައިވާ ހެޑާ ބޭނުންކުރިކަން އެނގޭކަން ނިންމުނެވެ (ނޯޓް "ސާބިތު" މި ބަސް ކޯޓުން ބޭނުންނުކުރާކަން). އެކަމަކު، އެޕޯލޯއިން ދައުވާއަށް ކުރާ އިންކާރުގެ އިދިކޮޅުވެސް އޭގެ ސަބަބުން ސާބިތުކޮށްނުދެވޭކަމަށް ފަނޑިޔާރު ސުއޫދު ފާހަގަކުރި.

ދެން ބަލާލާނީ ހުކުމުގައި ވާ އިންޑޯ މެނޭޖްމަންޓް ރޫލް (އމރ) ގެ ބަޔަށް:

އމރ ކުންފުނީގެ ހިއްސާދާރަކަށް/މުވައްޒަަފަކަށް (މިސާލަކަށް: ޑިރެކްޓަކަށް) ނުވާ މީހަކު ކުންފުންޏަކާއެކު މުއާމަލާތްކުރުމުގައި ކުންފުނިން ނިންމާ ނިންމުމަކީ ކުންފުނީގެ އެތެރޭގެ ގަވާއިދުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުުމެއްކަމަށް އިންފަރކުރުން ހުއްދަކުރާ ރޫލްއެއް

އމރ ގެ އިސްތިސްނާ ހާލަތްތަކުގެ ތެރޭގައި
(ހ) ކަން އޮތްގޮތް އެނގެންވާނެ ކަމަށް ގާނޫނު ގަބޫލުކުރާ ހާލަތް،
(ށ) ކަން އޮތްގޮތް އެނގޭ ހާލަތްތައް،
(ނ) ހޯދައި ބަލައި ދެނެގަތުން ލާޒިމުވާ ހާލަތްތައް،
(ރ) ވަގުލިޔުން އުފައްދާ ހާލަތާއި ވަގު ސޮއިކުރާ ހާލަތް ހިމެނޭ

ސުޕްރީމް ކޯޓުން ނިންމި ގޮތުގައި:
- އބ.އާރިފް ހުށަހަޅާފައިވާ 2008 ގެ ލިޔުމަށް އެޕޯލޯއިން އިންކާރުކުރާއިރު، އބ.އާރިފްއަށް އެ ލިޔުމުގެ ސައްހަކަން ސާބިތުކޮށްނުދެވޭ

- އބ.އާރިފްއަކީ ކުރީގައި އެޕޯލޯގެ އިސް މަގާމުތައް އަދާކޮށްފައިވާ މީހެއްކަމުން، 2008 ގެ ލިޔުމަކީ އެޕޯލޯގެ ގަވާއިދުތަކާ އެއްގޮތަށް އޮތް ލިޔުމެއްނޫންކަން އބ.އާރިފްއަށް އެނގެންޖެހޭކަމަށް ބެލެވޭކަމުން މި މައްސަލައިގައި ވަނީ އމރ ގެ އިސްތިސްނާ ހާލަތެއް.

މި މައްސަލައިގެ ރޭޝިއޯނެސް:
(1) ޝަރީއަތަށް ހުށަހަޅާ ލިޔުމެއްގެ ސައްހަކަމާމެދު އަނެކަކު އިންކާރުކޮށްފިނަމަ، ސައްހަކަން ސާބިތުކޮށްދޭންޖެހޭނީ ހުށަހެޅި މީހާކަން.

(2) އމރގެ އިސްތިސްނާ ހާލަތްތައް (މަތީގައި) އަދި އމރ މައްސަލައަކަށް އެޕްލައިކުރާއިރު، އމރ އަށް ބަރޯސާވާ މީހާއާއި ކުންފުންޏާ ދެމެދު އޮތް ގުޅުމަށް ރިއާޔަތްކުރެވޭނެކަން

މި މައްސަލައިގެ އޮބިޓާސް:
(1) ލިޔުމުގައި ސޮއިކުރީ މަޖުބޫރުން/ރުހުންނެތި ކަން ސާބިތުކުރުމަކީ އެ ގޮތަށް ބުނާ މީހާގެ ބުރައެއް. އެކަމަކު އަންޑިއު އިންފުލުއެންސްގައި ސޮއި ކޮށްފައިވާ ލިޔުމެއް ނަމަ، އެ ލިޔުމުގައި ސޮއިކޮށްފައިވަނީ ރުހުމުގައިކަން ހުށަހެޅި ފަރާތުން ސާބިތުކޮށްދޭންޖެހިދާނެ.

(2) ރަސްމީ ޑޮކިއުމަންޓްއެއްގެ ސައްހަކަން، އެ އިދާރާއިން ދޫކުރާ ސަރޓިފައިޑް ކޮޕީއެއް ހުށަހެޅުމުން ސާބިތުވާނެ.
(3)އަމިއްލަ ޑޮކިއުމަންޓެއްގެ ސައްހަކަން ސާބިތުކުރެވޭނީ އެ ޑޮކިއުމަންޓްގެ އަސްލު ހުށަހަޅައިގެން/ކޯޓުން ގަބޫލުކުރާ އަސްލާ އެއްގޮތް ކޮޕީއެއް ހުށަހަޅައިގެން.

(4) ޑޮކިއުމަންޓަކީ ޑޮކްޓަރޭޓެޑް ޑޮކިއުމެންޓެއްކަމަށް ޑިފެންޑަންޓް ބުނާ ޑޮކިއުމަންޓެއް ސައްހަކަމަށް ސާބިތުވެއްޖެނަމަ އެ ޑޮކިއުމަންޓްގައި ހިމެނިފައިވާ ސްޓޭޓްމަންޓްތަކާއި ފެކްޓްސްތަކަކީ ސއްހަ ފެކްޓްސްތައްކަމަށް ބެލެވޭނެ.

(5) އަހްމަދު ނާޝިދު ވ މުސްތަފާ (އެމްވީއެސްސީ) ގައި ކިތާބީ ހެކިތަކުގެ ސައްހަކަން ސާބިތުކޮށްދެވޭނީ އެފަދަ ކިތާބީ ދަލީލަކުން ނިންމާފައިވާ ނިންމުމާ ހިލާފަށް ހެކިބަހުން ނުވަތަ އެ ނޫންވެސް ގަރީނާތަކުން ލިޔުމެއްގެ ސައްހަކަން ސާބިތުކޮށްދެވިދާނެ ކަމަށް.

ވަހީދު*

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling