Vakeelu Profile picture
Commentaries on all things law & policies. Unapologetically politically incorrect. Threads of cases: https://t.co/xujCe4KUFH

Sep 24, 2020, 18 tweets

Bank of Ceylon v Theluveligaa Retreat [2019/SC-S/47]

ކީވޯޑްސް: ރިޓް އޮފް ޕްރޮހިބިޝަން، ހައިކޯޓުގައި ހިނގަމުންދާ މައްސަލަ ބާތިލުކުރުން، ނެގޯޝިއޭޓްގެ އުކުޅަކަށް ލިޓީގޭޝަން ބޭނުންކުރުން

ނިންމުމު މައިގަނޑު އިޝޫ: ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުންހައިކޯޓުގައި ހިނގަމުންދާ މައްސަލަ ބާތިލުކުރެވިދާެނެތޯ؟

1/ ކާސްޓްއަވޭއަށް ބޭންކް އޮފް ސިލޯން (ބއސ) އިން ދިން ފެސިލިޓީއަކަށް ހުސައިން ހިލްމީ (ތެލުވެލިގާ ގެ ޝެއަރހޯލްޑަރެއް) ގެރެންޓީ ދިން. ފެސިލިޓީގެ ދަށުން ދީފައިވާ ލޯނަށް ކާސްޓްއަވޭ އިން އަދާނުކުރާތީ ބއސ އިން ދައުވާކުރި. ދައުވާ ލިބުނީ ކާސްޓް އަވޭ އަދި ހިލްމީއަށް.

2/ 2018/476 ގައި ސިވިލް ކޯޓުން ނިންމީ ކާސްޓްއަވޭ އަދި ހިލްމީ 12 މަހުގެ ތެރޭގައި ބއސ އަށް ލޯނު އަދާކޮށް ހަލާސްކުރުމަށް.

އަދި ހަލާސްނުކުރެވިއްޖެނަމަ ލޯނާ ގުޅިގެން ރަހުނު ކުރެވިފައިވާ އދ.ތެލުވެލިގާ ކިޔާ ރަށުގައިވާ ލިސް އެގްރިމަންޓުގެ ދަށުން ރަށުގެ ވެރިފަރާތަށް ލިބިގެންވާ ހައްގުތައް ވިއްކާލައިގެންވެސް ލޯނުގެ ފައިސާ ހޯދުމުގެ ހައްގު ބއސ އަށް ލިބިގެންވާކަމަށް.

3/ ރަށް ކުއްޔަށް ހިފާފައި ވަނީ ތެލުވެލިގާ. (ހެޑްލީޒް ހޯލްޑަރ)
ކާސްޓް އަވޭ އަކީ ތެލުވެލިގާ އިން ރަށް ކުއްޔަށް ހިފި ފަރާތް (ސަބްލީޒް ހޯލްޑަރ)

4/ 476/2018 ގެ ހުކުމް ތަންފީޒުކުރުމުގެމައްސަލަ ހިނގަމުން ދަނިކޮށް ތެލުވެލިގާ އިން 476/2018 މައްސަލަ ހައިކޯޓަށް ހުށަހެޅި. މައިގަނޑު އިޝޫއަކަށް ވީ ހެޑްލީޒް ހޯލްޑަރގެ ބަހެއް ނުހޯދައި ރަށުގެ ރަހުނު ތަންފީޒުކުރުމަށް ސިވިލް ކޯޓުން ހުކުމްކުރުން.

5/ ހައިކޯޓުގެ މައްސަލައިގައި ސިވިލް ކޯޓުގެ 476/2018 ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް (writ of prohibition) އެއް ނެރުނު.

6/ ސުޕްރީމް ކޯޓަށް ހުށައެޅުނު މައިގަނޑު ޕޮއިންޓްތަކަކީ:
(ހ) ހައިކޯޓުގައި މައްސަލަ ބަލައިގެންފަނީ އިސްތިއުނާްފްގެ މުއްދަތު ހަމަވީ ފަހުންކަން އަދި ހައިކޯޓުގެ ގަވާއިދުގެ 29(ނ) އާ ހިލާފަށް.

7/ އެދުނީ ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން
(ހ) ހައިކޯޓުގައި ހިނގަމުންދާ މައްސަލަ ބާތިލުކަމަށް ކަނޑައެޅުމަށް.
(ށ) ރިޓް އޮފް ޕްރޮހިބިޝަން ބާތިލުކަމަށް ކަނޑައެޅުމަށް.

8/ ސުޕްރީމް ކޯޓުގެ އަޑުއެހުންތައް ނިމުނުފަހުން، ބެންޗް ބަދަލުވުމުގެ ސަބަބުން އައު އަޑުއެހުމެއް ބޭއްވުނު. މި އައު އަޑުއެހުން ބޭއްވުނު އިރު،ފެސިލިޓީ ރީސްޓްރަކްޗަރ ކުރުމަށް ސެޓެލްމަންޓް އެގްރީމަންޓްއަކަށް އާދެވިފައިކަމަށް ތެލުވެލިގާ އިން ކޯޓުގައި ބުނި.

9/ މި ސެޓެލްމަންޓް އެގްރީމަންޓްގައި ހައިކޯޓުގައި ހިނގަމުންދާ މައްސަލަ ބާތިލުކުރުމަށް ތެލުވެލިގާ އިން އެދެން ޖެހޭ. ސުޕްރީމް ކޯޓުގެ މައްސަލަ ބއސ އިން އަނބުރާ ގެންދިއުމަށް ވެސް ވޭ.
ހިއަރިންގައި ތެލުވެލިގާ އިން ބުނީ އެހެންކަމުން މައްސަލަ ކުރިއަށް ގެންދިއުމުގެ މަސްލަހަތު ނެތް ކަމަށް.

10/ ބއސ އިން ބުނީ ސުޕްރީމް ކޯޓުގެ މައްސަލަ އަނބުރައި ގެންދިއުމަށް އެއްބަސް ނުވާކަމަށް. އެކަމަކު ހައިކޯޓުގެ މައްސަލަ ބާތިލުކުރުމަށް ތެލުވެލިގާއިން އެދިފައިވާކަން ހިއަރިންގްގައި އެނގިފައި ވާތީ، ސުޕްރީމް ކޯޓުގެ މައްސަލަ ބާތިލުކަމަށް ކަނޑައަޅައި ދެއްވުމަށް.

11/ މި މައްސަލައިގައި ތެލުވެލިގާ އާއި ބއސ އިން އަމަލުކޮށްފައިވާ ގޮތާމެދު ފަނޑިޔާރު އަޒްމިރަލްދާ ވަރަށްބޮޑަށް ހިތްހަމަ ނުޖެހުނު. އަދި ލިއުއްވި:

އަދިވެސް ލިޔުއްވި:

12/ މި ފަދައިން މި މައްސަލައިގައި ލިޔުއްވި އިރު، ހަމަ ފަނޑިޔާރު އަޒްމިރަލްދާ ބެންޗްގައި އިންނެވި އިނަރ މޯލްޑިވްސް އިން ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ ވެކްސޭޝިއަސް މައްސަލައިގައި މި ފަދައިން/އެއްވެސް ވަރަކަށް ހިތްހަމަނުޖެހުން ވެ ނުލެއްވީ ކީއްވެތޯ ސުވާލު އުފެދޭ.

13/ މި މައްސަލައިގައި ކަނޑައެޅުނު ރޭޝިއޯ:

ހައިކޯޓުން ބަލަމުންދާ މައްސލައެއްގައި މައްސަލައާ ގުޅޭގޮތުން ހުކުމެއް ކުރުމުގެ ކުރިން ސުޕްރީމް ކޯޓުން އެ މައްސަލަ ބާތިލުކޮށްދިނުމަކީ ގާނޫނުައި ބަޔާންކުރެވިފައިވާ އިޖުރާއަތުތަކާ ހިލާފުކަމެއްކަމަށް.

@threadreaderapp unroll, please.

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling