Medianet v MIRA 2016/SC-A/23
މައިގަނޑު އިޝޫތައް:
(1) ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 44 އާއި 49 އާ ދެމެދު ވާ ފުށުއެރުން
(2) ބީޕީޓީ ގާނޫނުގެ 6 (ހ)(1) ގައި ވާ "އެނޫންވެސް މުދާ" ގެ ތެރޭގައި އައިރު މާއްދީ (intangible) މުދާ ހިމެނޭތޯ
1/ މީޑިއާނެޓުން ރާއްޖެއިން ބޭރުގައި ވަޒަންވެރިވެފަިވާ ފަރާތްތަކަށް ދައްކާ ޗެނަލް ލައިސަންސިންގ ފީ އަށް ދައްކަންޖެހޭ ވިތްހޯލްޑިންގ ޓެކްސް (ވހޓ) ނުދައްކާތީ އެ ފީ ތަކަށް ވާ 2.1 މިލިއަން ވހޓ އާއި 2.5 ލައްކަ ފައިންސް ދެއްކުމަށް މީރާއިން މީޑިއާނެޓްއަށް އެންގި.
2/ މީޑިއާނެޓުން މީރާގެ އެންގުމަށް އިއުތިރާޒްކުރި (އިދާރީ ގާނޫނުގެ 42).
މީރާއިން ނިންމީ މީރާގެ ނިންމުމަށް ބަދަލުގެންނަން ނުޖެހޭކަމަށް. އެކަމާ އިއުތިރާޒްކުރާނަމަ އިދާރީ ގާނޫނުގެ 44 ގެ ދަށުން، ދައްކަންޖެހޭ ހުރިހައި ޓެކްސެއް ދެއްކުމަށްފަހު ޓެޓް ގައި އެޕީލްކުރުމަށް.
3/ މީޑިއާނެޓުން 44 ގެ ދަށުން ޓެޓްގައި އެޕީލްކުރަންޖެހޭ 30 ދުވަހުގެ ތެރޭގައި އެޕީލްނުކުރޭ އަދި މީރާއިން އެންގި އެއްވެސް ޓެކްސްއެއް، ފައިންއެއް އަދި އިންޓްރެސްޓެއްވެސް ނުދައްކާ.
މީރާއިން ސިވިލް ކޯޓުގައި ދައުވާކުރި (49 ގެ ދަށުން)
4/ ސިވިލް ކޯޓުގައި މީޑިއާނެޓުން މައްސަލައިގެ މައުޟޫ (ބީޕީޓީ ގާނޫނުގެ 6(ހ)(1) ގެ ދަށުން މީޑިއާނެޓުން ވހޓ ދައްކަންޖެހޭތޯ ނުޖެހޭތޯ) އަށް ވާހަކަ ދެއްކި.
ސިވިލް ކޯޓުން ނިންމީ ބީޕީޓީ ގާނޫނުގެ 6(ހ)(1) ގެ ދަށުން ލައިސެންސިގ ފީ އަށް މީޑިއާނެޓުން ވހޓ ދައްކަން ނުޖެހޭކަމަށް.
5/ ހައިކޯޓުގައި މީރާއިން ސިވިލް ކޯޓުގެ ނިންމުން އެޕީލްކުރި.
ހައިކޯޓުން ކަނޑައެޅީ: (inter alia)
(ހ) އިދާރީ ގާނޫނުގެ 44 ގެ ދަށުން ޓެޓްގައި މީރާގެ ނިންމުން އިސްތިއުނާފްނުކުރުމުން، މީރާގެ ނިންމުން ނިހާއީ (final) ނިންމުމަކަށް ވެއްޖެކަމަށް.
(ށ) މީރާގެ ނިންމުން ފައިނަލް ނިންމުމަކަށް ވާ ފަހުން، މީރާއިން އެ ނިންމުން އިސްތިއުނާފްކުުރުމުގެ ގޮތުން ސިވިލް ކޯޓުގައި 49 ގެ ދަށުން ފައިސާ ހޯދުމަށް ކުރާ ދައުވާއެއްގައި، މައްސަލައިގެ މައުޟޫއާ ގުޅޭގޮތުން ވާހަކަ ނުދެއްކޭނެކަމަށް.
ނިންމީ މީރާއިން އެދޭ ފައިސާ ދައްކަން.
6/ މީޑިއާނެޓުން އެސްސީގައި އެޕީލްކުރި.
އެޕީލްގެ ޕޮއިންޓްތަކަކީ:
(ހ)ބޕޓ 6(ހ)(1)ގެ ދަށުން ދައްކަން ނުޖެހޭ ޓެކްސްއެއް ދެއްކުމަކީ ގއ ގެ 97ވަނަ މާއްދާއާ ހިލާފުކަމެއްކަމުން، ގއ 97 ވަނަ މާއްދާ މާނަކުރަންޖެހޭތީ އަދި ޓެޓް އަށް ގއ މާނަނުކުރެވޭނެތީ މި މައްސަލަ ޓެޓް އަށް ނުލެވޭނެކަން.
(ށ) ބޕޓ ގާނޫނު 6(ހ)(1)ގައި ވާ "އެނޫންވެސް މުދާ" ގެ ތެރޭގައި ޗެނެލް ލައިސެންސިނގ ފީ ފަދަ އިންޓޭންޖިބަލް މުދާ ނުހިމެނޭކަން.
7/ ޕޮއިންޓް (ހ) ގައި އެސްސީ އިން ބުނީ:
1. ޓެޓްއަށް ގއ މާނަނުކުރެވޭނެކަން - ގއ މާނަކުރުމުގެ ބާރު ލިބެނީ ހަމައެކަނި ކޯޓުތަކަށް ކަން؛
2. އެކަމަކު، މި މައްސަލައިގައި ގއ މާނަކުރަން ނުޖެހޭކަން. މާނަކުރަންޖެހެނީ ގާނޫނު (ބީޕީޓީ 6(ހ)(1)) ަކަން.
8/ ޕޮއިންޓް (ށ) ގައި އެސްސީ އިން ބުނީ، އިންޓަރޕްރެޓޭޝަން އެކްޓްގެ 8(ހ) ގެ ދަށުން،
ބީޕީޓީ 6(ހ)(1) ގައި ވާ އާންމު ހަވާލާދިނުން "އެނޫންވެސް މުދާ" ހަވާލާދެނީ އެ މާއްދާގައި އޭގެ ކުރީގައި ބަޔާންކޮށްފައިވާ ހާއްސަ ލަފުޒުތަކުގެ ގިންތީގެ (މާއްދީ މުދާ) އެއްޗެއްސައްކަން.
9/ ފާހަގ ކުރެވޭ ކަންތައް:
- މި މައްސަލައިގައި އެސްސީ އިން ބޮޑަށް ވާހަކަ ދައްކާފައިވަނީ އިދާރީ ގާނޫނުގެ 44 އާއި 49 (ށ)ގައި ވާ އިސްތިއުނާފްކުރުމުގެ އިޖުރާއަތާމެދު ވާ ފުށުއެރުންތަކަށް ކަން.
10/ މި ގޮތުން އެސްސީ އިން ބުނީ، މީރާއިން 49 ގެ ދަށުން މީރާގެ ނިންމުން އެނފޯސްކުރަން ދާ މައްސަލައިގައި، ޓެކްސްދައްކާ މީހާއަށް، މައުޟޫގައި ވާހަކަ ނުދެއްކޭނެކަމަށް ބުނާބުނުން ތާކުން ތާކު ނުޖެހޭކަމަށް.
11/ ސަބަބުތަކަކީ:
(1) 49(ށ) ގައި އެކްސްޕްރެސްލީ، ޓެކްސްދައްކާ މީހާއަށް، ސިވިލްކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރެވެން އޮންނަކަން؛
(2) ކޯޓުތަކުގެ ގާނޫނުގެ 32 ބުނާގޮތުން، އިސްތިއުނާފް ކުރެވޭނީ ދަށު ކޯޓުގައި ހުށަހަޅާ ދިފާއުތަކާއި ހެކިތުގެ މައްޗަށްކަން؛
(3) ސިވިލް ކޯޓުގައި ޓެކްސްދައްކާ މީހާ ދިފާއު ހުށަނާޅާނަމަ (މައުޟޫގައި ވާހަކަ ނުދައްކާނަމަ)، އެެ ދިފާއުތައް ހައިކޯޓަށް ހުށަނޭޅި ދާނެކަން؛
(4) ސޯ، މީރާއިން ބުނާގޮތަށް 49(ށ) މާނަކޮށްފިނަމަ، 49(ށ) ގެ ދަށުގައި ވާ އެޕީލްކުރުމުގެ ހައްގު ހަނިކުރެވޭކަން. މި އީ ކުރެވޭނެ ކަމެއް ނޫންކަން.
12/ އިތުރަށް އެސްސީ އިން ބުނީ:
- ގާނޫނުތަކުގައި ވާ ތައާރުޒުވުންތައް ފޫ ބެއްދުމަށް، ގާނޫނުގެ ސަރީހަ ނައްސުން ރައްޔިތުންނަށް ލިބިދޭ ހައްގުތައް، ދައުލަތުގެ އިދާރާތަކަށް ހަނިނުކުރެވޭނެކަން.
- ހީވާ ހީވުމެއްގެ މައްޗަށް (މިސާލަކަށް މަޖްލީހުގެ ނިޔަތްކަމަށް ވަކި މީހަކަށް ހީވާ ހީވުން) ރައްޔިތުން އަމަލުކުރުން ލާޒިމުނުކުރެވޭނެކަން.
- ގާނޫނަކުން ލިބިދޭ ހައްގެއް ހަނިވާގޮތަށް ދައުލަތުގެ މުއައްސަސާގެ އެތެރޭގެ ޕޮލިސީތައް ނެހެދޭނެކަން އަދި
- ގާނޫނުގައި ވާ އެއްވެސް އެއްޗެއް ގަވާއިދަކުން/އުސޫލަކުން ހަނި ނުކުރެވޭނެކަން.
މި މައްސަލައިގައި ކަނޑައެޅުނު ރޭޝިއޯނެސް:
(1) ބީޕީޓީ ގާނޫނުގެ 6(ހ)(1) ގެ ތެރޭގައި އައިރު މާއްދީ (intangible) މުދާ ނުހިމެނޭކަން.
(2) ޓްރައިބިއުނަލްތަކަށް ގާނޫނުއަސާސީ މާނަނުކުރެވޭނެކަން.
Share this Scrolly Tale with your friends.
A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.
