Export-Import Bank of Malaysia Berhad(EXIM Bank) (Appellant) v Sultans of The Seas Marine Pvt Ltd (Sultans) (Respondent) [2017/SC-A/23]

މައިގަނޑު އިޝޫތައް: ރެސް ޖުޑިކާޓާ، ގަވަރނިންގ ލޯ، ގަވަރނިންގ ޖުރިސްޑިކްޝަން
1/ މެލޭޝިއާގެ އެކްޒްއިމް ބޭންކުން ސަލްޓަންސް އޮފް ދަ ސީސް މެރިން ޓެކްސީ އިން USD 8 ލައްކައިގެ ލޯނެއް ނެގި. މި ލޯނުގެ ގެރެންޓީ އެކްޒްއިމް ބޭންކަށް ދިނީ މައްސަލަ ރައްދުވާ ސަލްޓަންސް އިން.

ލޯނު ނެގި ސަލްޓަންސް އިން ލޯނުގެ ފައިސާ އަނބުރައި ނުދެއްކި.
2/ އޭރު ވަނީ 2 އެގްރީމެންޓެއް ކޮށްފައި. އެއީ:
އެކްޒިމް ބޭންކް - ލޯނު ނެގި ސަލްޓަންސް އާ ދެމެދު ވެފައިވާ ފެސިލިޓީ އެއްބަސްވުން.
އެކްޒިމް ބޭންކް - ލޯނުގެ ގެރެންޓީ ދިން ސަލްޓަންސް އާ އެކު ވެފައިވާ ކޯޕަރޭޓް ގެރެންޓީ އެއްބަސްވުން.
3/ފެސިލިޓީ އެއްބަސްވުން ބުނާގޮތުން، އެ އެއްބަސްވުމުގެ މައްޗަށް ހިނގާނީ މެލޭޝިއާގެ ގާނޫނު & ޖުރިސްޑިކްޝަން މެލޭޝިއާގެ ކޯޓުތަކަށް ލިބިގެންވާކަމަށް.
ނޯޓް: ގަވަރނިންގ ޖުރިސްޑިކްޝަން އަދި ގަވަރނިންގ ލޯ އަކީ ދެ އެއްޗެއް.
4/ ފެސިލިޓީ އެއްބަސްވުމާ އެއްގޮތަށް ލޯނު ނުދެއްކުމުން، އެކްޒިމް ބޭނުކުން މެލޭޝިއާގެ ކޯޓަށް މައްސަލަ ހުށަހެޅި. މެލޭޝިއާގެ ކޯޓުން މައްސަލަ ނިންމީ އެކްޒިމް ބޭންކާ އެއްކޮޅަށް، ސަލްޓަންސް އިން ހާޒިރުނުވުމުން އައިރު ހާޒިރުގައި.
5/ ސަލްޓަންސް އިން މި މެލޭޝިއާގެ ކޯޓުގެ ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން، އެކްޒިމް ބޭންކުން މައްސަލަ ރާއްޖޭގެ ސިވިލް ކޯޓަށް ހުށަހެޅި.

ސިވިލް ކޯޓުން ނިންމީ، މެލޭޝިއާގެ ކޯޓަކުން ހުކުމެއް ކޮށްފައިވާ ދައުވާއެއް ސިވިލް ކޯޓަށް އަލުން ބެލުމުގެ ޖުރިސްޑިކްޝަން ލިބިގެން ނުވާކަމަށް.
6/ އެކްޒިމް ބޭންކުން ހައިކޯޓަށް މައްސަލަ ހުށަހެޅި.

ހައިކޯޓުން ނިންމީ މެލޭޝިއާގެ ކޯޓުން ފައިސަލާ ކުރަނިވި ހުކުމެއް ކޮށްފައި ވުމުގެ ސަބަބުން، ރެސް ޖުޑިކާޓާގެ ދަށުން ސިވިލް ކޯޓަށް މި މައްސަލަ ނުބެލެވޭނެކަމަށް.
7/ އެކްޒިމް ބޭންކުން އަނެއްކާވެސް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި. އިސްތިއުނާފްކުރަމުން އެކްޒިމް ބޭންކުގެ ލޯޔަރުން ގާނޫނީ ބުރަދަނެއް ހުރި ނުކުތާއަކަށް ނެގި ނުކުތާއަކީ ރާއްޖޭގެ ކޯޓަކުން ގޮތެއް ނިންމާފައި ނުވާއިރު ރެސް ޖުޑިކާޓާ އަކަށް ނުވާނެ ކަމަށް ބުނެ ނެގި ނުކުތާ އެކަނި.
8/ރައްދުގައި ސަލްޓަންސް އިން ބުނީ:

- މެލޭޝިއާގެ ކޯޓުތަކަށް ދިއުމަށްފަހު އަނެއްކާ ފަހުން ރާއްޖޭގެ ކޯޓަކަށް ނާދެވޭނެ ކަމަށް.
- މެލޭޝިއާގެ ގާނޫނު ރާއްޖޭގައި ނުހިންގޭނެ ކަމަށް (މެލޭޝިއާގެ ގާނޫނޭ އެއްބަސްވުމުގެ މައްޗަށް ހިނގާނީ އެއްބަސްވުމުގައި އޮތަތީ)
- ރެސް ޖުޑިކާޓާއެއް ކަމަށް.
9/ ސަލްޓަންސް އިން ނެގި ނުކުތާތަކަކީ ވެސް، ހަމަ އެހާމެ ހަމަ ނުޖެހޭ ނުކުތާތަކެއް. މިސާލަކަށް، ސަލްޓަންސް ގެ އެއްވަން ނުކުތާ އަކީ އެއްބަސްވުމުގެ ދަށުން ސަލްޓަންސް އެއްބަސްވެފައިވާ ނުކުތާއެއްކަންވެސް ނޭނގުނީ ތޯއްޗެއް.
10/ކޮންމެ އަކަސް، އެއްބަސްވުމުގެ މާއްދާއަށް ބެލުމުން، މެލޭޝިއާއަށް އެކްސްކްލޫސިވް ޖުރިސްޑިކްޝަން ލިބިގެން ނުވާކަން އެނގިގެންދޭ. މާނައަކީ، އެހެނިހެން ގައުމުތަކުގެ ކޯޓަށްވެސް މައްސަލައެއް ޖެހިއްޖެނަމަ ހުށަހެޅިދާނެ އޭ.
11/ ނޯޓް: އެކްޒިމް ބޭންކުން ސިވިލް ކޯޓަށް ހުށަހެޅި މެލޭޝިއާގެ ކޯޓަށްވެސް ހުށަހެޅި މައްސަލަ؛ ލޯނުގެ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ އެންމެހައި ފައިސާ ހޯދުމަށް (މެލޭޝިއާގެ ކޯޓުން ނިންމި ނިންމުން އެންފޯސް ކުރާކަށް ނޫން) 🤷🏿‍♂️
12/ އުފެދުނު މައިގަނޑު ސުވާލަކީ، ދެ ޖުރިސްޑިކްޝަނަށް އެއް މައްސަލަ ހުށައަޅައި ހައްލު ހޯދުމަށް ރެސް ޖުޑިކާޓާ ހުރަސް އަޅާތޯ ނުވަތަ ނޫންތޯ.

ސުޕްރީމް ކޯޓުން (ސްކޮމް/SCOM) ރެސް ޖުޑިކާޓާ އަށް ދީފައިވާ ޖެނެރަލް މާނަ: 👇🏿
13/ މިހާތަނަށް ރެސް ޖުޑިކާޓާ އާ ގުޅޭގޮތުން ރާއްޖޭގެ ކޯޓުތަކުން ނިންމާފައިވަނީ ރާއްޖޭގެ ކޯޓަކުން ކުރިން ގޮތެއް ނިންމާފައިވާ މައްސަލައެއް އަލުން ބެލުމާ ގުޅޭގޮތުން. ބޭރުގެ ކޯޓަކުން ގޮތެއް ނިންމާފައިވާ މައްސަލައެއް އަލުން ބެލުމާ ގުޅޭގޮތުން ސުވާލު އުފެދިފައެއް މިހާތަނަށް ނެތް.
14/ރެސް ޖުޑިކާޓާ އާ ގުޅޭ ގޮތުން ސްކޮމް އިން ބުނީ، އެހެން ޖުރިސްޑިކްޝަނަކުން ނިންމާފައިވާ ނިންމުމެއް އެއީ އަނެއް ޖުރިސްޑިކްޝަނުން ބަލައިގަންނަ (recognize)ނިންމުމެއް ކަމަށް ވަނީ ނަމަ، އެ މައްސަލަ އެ އޮތީ އެ ހިސާބުން ރެސް ޖުޑިކާޓަ ވެފަ ކަމަށް.
15/ ބަލައިގަތުން / recognize އަކީ ކޮބައިކަން ބުނެދެމުން ސްކޮމް އިން ބުނީ، އާންމު ގޮތެއްގައި އެހެން ޖުރިސްޑިކްޝަނެއްގެ ނިންމުމެއް ބަލއިގަންނާނީ ގާނޫން އެކަމަށް ހުއްދަ ކުރާނަމަ / ދެ ޖުރިސްޑިކްޝަނުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއި ކުރެވިފައި ވާނަމަ ކަމަށް.
16/ސްކޮމް އިން ނިންމީ މެލޭޝިއާ އާއި ރާއްޖެ ދެމެދު އެ ފަދަ އެއްބަސްވުމެއް ނެތުމުން & ރާއްޖޭގެ ސިވިލް ޕްރޮސީޖާގައި އެހެން ގައުމެއްގެ ކޯޓަކުން ކޮށްފައިވާ ހުކުމެއް ބަލައިގަންނާނެ އިންތިޒާމެއް ހަމަޖެހިފައި ނެތުމުން، މެލޭޝިއާގެ ހުކުމް އޮތަސް، މައްސަލަ ރާޖޭގެ ކޯޓަކަށް ހުށަހެޅިދާނެކަމަށް
17/ އުފެދުނު އަނެއް ސުވާލަކީ، ބިދޭސީ ގާނޫނަށް ރިއާޔަތް ކޮށް ރާއްޖޭގެ ފަނޑިޔާރުންނަށް މައްސަލަ ނިންމިދާނެތޯ ނުވަތަ ނޫންތޯ؟

ކޮންޓްރެކްޓާބެހޭ ގާނޫނުގެ 18(ރ) ބުނާގޮތުން ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރާ ގާނޫނެއްގެ ދަށުން އަމަލުކުރުމަކީ ގާނޫނު ހުއްދަ ކުރާ ކަމެއް ކަމަށް.
18/ އެހެންކަމުން، އެހެން ގައުމެއްގެ ގާނޫނެއް ގަވަރނިންގ ލޯ އަށް ހެދުމަށް ގާނޫނު ހުރަސް ނާޅާކަމަށް ސްކޮމް އިން ބުނި.

އުފެދޭ ސުވާލު: "ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރާ" (internationally accepted) ގާނޫނުގެ ތެރޭގައި ވަކި ވަކި ގައުމުތަކުގެ ޑޮމެސްޓިކް ގާނޫނުތައް ހިމެނޭބާ؟
19/ގަވަރނިންގ ލޯއަކަށް އެހެން ގައުމެއްގެ ގާނޫނެއް ބޭއްވުމަށް ހުރަސް ނޭޅިއަސް، އެ ގޮތަށް އިހްތިޔާރުކުރާ އެހެން ގައުމެއްގެ ގާނޫނުނެއް ބޭނުންކޮށްގެން ކޯޓުތަކުން މައްސަލަތައް ހައްލު ކުރާނެ ގޮތުގެ އިޖުރާއަތެއް ރާއްޖޭގެ ގާނޫނުން އެނގެން ނޯވޭ.
20/ކޯޓުތަކުން މައްސަލަތައް ހައްލުކުރުމުގައި ބިދޭސީ ގާނޫތައް ގެންގުޅޭ ގޮތްތަކަށް ދެން ސްކޮމް އިން ބަލާލި.
- 1 ގޮތަކީ ބިދޭސީ ގާނޫނަކީ ދޭސީ ގާނޫނު ފަދަ ގާނޫނެއް ކަމަށް ބެލުން.
-2 ގޮތަކީ ބިދޭސީ ގާނޫނަކީ މައްސަލައިގެ ފެކްޓްއެއް ކަމަށް ބެލުން
21/ މި ގޮތުން:

ސިވިލް ލޯ / އިންކިއުސިޓޯރިއަލް ނިޒާމު ގައި ބޭނުން ކުރަނީ 1 ވަނަ ގޮތް (ބިދޭސީ ގާނޫނަކީ ދޭސީ ގާނޫނު ފަދަ ގާނޫނެއް ކަމަށް ބެލުން).
ކޮމަން ލޯ / އެޑްވަސޭރިއަލް ނިޒާމް ގައި ބޭނުން ކުރަނީ 2 ވަނަ ގޮތް (ބިދޭސީ ގާނޫނަކީ މައްސަލައިގެ ފެކްޓްއެއް ކަމަށް ބެލުން).
22/ ރާއްޖެއަކީ ކޮމަން ލޯ / އެޑްވަސޭރިއަލް ނިޒާމެއް ކަމުން، ރާއްޖޭގައި ވެސް ގެންގުޅެވޭނީ 2 ވަނަ ގޮތް.
23/ ހުކުމް ލިޔުން ފަނޑިޔާރު މަހާޒް ބުނީ ބިދޭސީ ގާނޫނުގައި އޮތް ގޮތް ޝަރީއަތަށް ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ބިދޭސީ ގާނޫނު ހުށަހަޅަން (ބިދޭސީ ގާނޫނަށް ރިއާޔަތްކުރަން) އެދުނު މީހަކު ކަމަށް. އެކަމަށް ނުކުޅެދިއްޖެނަމަ، ރާއްޖޭގެ ގާނޫނު އެޕްލައި ކުރެވިދާނެކަމަށް.
24/ އަދިވެސް މަހާސް.ޖ ބުނީ ސިވިލް ކޯޓުން ނިންމީ އިޖުރާއި ނުކުތާ އާ މެދު ކަމުން، މައްސަލައިގެ މައުޟޫއާ ގުޅޭގޮތުން ސްކޮމް އިން ގޮތެއް ކަނޑައެޅުމަކީ އަނެކާގެ އިސްތިއުނާފް ކުރުމުގެ ހައްގު ގެއްލޭ ކަމެއް ކަމަށް. އެހެންކަމުން، މައުޟޫގައި ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހުށަހެޅިދާނެކަމަށް.
25/ ނިމުނު ގޮތް: ހައިކޯޓުގެ ހުކުމް ބާތިލުކޮށް، ސިވިލް ކޯޓުގެ ހުކުމް ވެސް ބާތިލުކޮށް.
26/ މައްސަލައިގައި ކަނޑައެޅުނު ރޭޝިއޯނެސް:

1. ބޭރުގެ ކޯޓަކުން ގޮތެއް ނިންމާފައިވާ ނިންމުމެއް ރާއްޖޭގެ ކޯޓަކަށް ހުށައެޅުމަކީ ރެސް ޖުޑިކާޓާއިން ހުއްޓުވާނެ ކަމަކަށް ވާނީ ބޭރުގެ ކޯޓުގެ ނިންމުމަކީ ރާއްޖޭގައި ބަލައިގަންނަ ނިންމުމަކަށް ވަނީ ނަމަ.
2. އެހެން ޖުރިސްޑިކްޝަނެއްގެ ނިންމުމެއް ބަލއިގަންނާނީ ގާނޫން އެކަމަށް ހުއްދަ ކުރާނަމަ/ ދެ ޖުރިސްޑިކްޝަނުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއި ކުރެވިފައި ވާނަމަ.
3. ރާއްޖެއަކީ ކޮމަން ލޯ / އެޑްވަސޭރިއަލް ނިޒާމެއް ކަމުން، ބިދޭސީ ގާނޫނު ހުށަހަޅަން (ބިދޭސީ ގާނޫނަށް ރިއާޔަތްކުރަން) އެދޭ މީހަކު، ބިދޭސީ ގާނޫނުގައި އޮތް ގޮތް ޝަރީއަތަށް ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނެ ކަމަށް. އެ ބުރަ ނުއުފުލިއްޖެ ނަމަ، ރާއްޖޭގެ ގާނޫނު އެޕްލައި ކުރެވިދާނެކަމަށް.
@threadreaderapp unroll please

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Novus Causidicus

Novus Causidicus Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @KudaVakeelu

3 Oct
Medianet v MIRA 2016/SC-A/23

މައިގަނޑު އިޝޫތައް:
(1) ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 44 އާއި 49 އާ ދެމެދު ވާ ފުށުއެރުން
(2) ބީޕީޓީ ގާނޫނުގެ 6 (ހ)(1) ގައި ވާ "އެނޫންވެސް މުދާ" ގެ ތެރޭގައި އައިރު މާއްދީ (intangible) މުދާ ހިމެނޭތޯ
1/ މީޑިއާނެޓުން ރާއްޖެއިން ބޭރުގައި ވަޒަންވެރިވެފަިވާ ފަރާތްތަކަށް ދައްކާ ޗެނަލް ލައިސަންސިންގ ފީ އަށް ދައްކަންޖެހޭ ވިތްހޯލްޑިންގ ޓެކްސް (ވހޓ) ނުދައްކާތީ އެ ފީ ތަކަށް ވާ 2.1 މިލިއަން ވހޓ އާއި 2.5 ލައްކަ ފައިންސް ދެއްކުމަށް މީރާއިން މީޑިއާނެޓްއަށް އެންގި.
2/ މީޑިއާނެޓުން މީރާގެ އެންގުމަށް އިއުތިރާޒްކުރި (އިދާރީ ގާނޫނުގެ 42).

މީރާއިން ނިންމީ މީރާގެ ނިންމުމަށް ބަދަލުގެންނަން ނުޖެހޭކަމަށް. އެކަމާ އިއުތިރާޒްކުރާނަމަ އިދާރީ ގާނޫނުގެ 44 ގެ ދަށުން، ދައްކަންޖެހޭ ހުރިހައި ޓެކްސެއް ދެއްކުމަށްފަހު ޓެޓް ގައި އެޕީލްކުރުމަށް.
Read 20 tweets
24 Sep
Bank of Ceylon v Theluveligaa Retreat [2019/SC-S/47]

ކީވޯޑްސް: ރިޓް އޮފް ޕްރޮހިބިޝަން، ހައިކޯޓުގައި ހިނގަމުންދާ މައްސަލަ ބާތިލުކުރުން، ނެގޯޝިއޭޓްގެ އުކުޅަކަށް ލިޓީގޭޝަން ބޭނުންކުރުން
ނިންމުމު މައިގަނޑު އިޝޫ: ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުންހައިކޯޓުގައި ހިނގަމުންދާ މައްސަލަ ބާތިލުކުރެވިދާެނެތޯ؟
1/ ކާސްޓްއަވޭއަށް ބޭންކް އޮފް ސިލޯން (ބއސ) އިން ދިން ފެސިލިޓީއަކަށް ހުސައިން ހިލްމީ (ތެލުވެލިގާ ގެ ޝެއަރހޯލްޑަރެއް) ގެރެންޓީ ދިން. ފެސިލިޓީގެ ދަށުން ދީފައިވާ ލޯނަށް ކާސްޓްއަވޭ އިން އަދާނުކުރާތީ ބއސ އިން ދައުވާކުރި. ދައުވާ ލިބުނީ ކާސްޓް އަވޭ އަދި ހިލްމީއަށް.
Read 18 tweets
23 Sep
Abdulla Arif v Apollo Holdings Pvt Ltd 2017/SC-A/40

މައްސަލައިގެ ބާވަތް: އެއްބަސްވުމާ ހިލާފު އުފެދިގެން ހުށަހަޅާ މައްސަލަ
ކީ ވޯޑްސް: ކިތާބީ ހެކި. އިންޑޯ މެނޭޖްމަންޓް ރޫލް.
މައިގަނޑު އިޝޫ:
މި އީ ވަރަށް އޮޅުންބޮޅުން ވެފަ ހުރި ފެކްޓްސްތަކެއް ހިމެނޭ މައްސަލައެކެވެ.
އެޕޯލޯ އާއި މޯވޭ ކޮންސްޓްރަކްޝަން އަށް 20/09/2006 ގެ ނިޔަލަށް ލިބޭ ޕްރޮޖެކްޓްތަކުގެ ފައިދާއިން %25 ( ޖުމްލަ 1،450،000ރ) އބ.އާރިފަށް ދިނުމަށް، ވާހިދު އާއި އަހްމަދު އާރިފް (އ.އާރިފް) އބ.އާރިފް އަށް ލިޔުމެއް ދިނެވެ. ވާހިދު އާއި އ.އާރިފް އަކީ އެޕޯލޯ އާއި މޯވޭގެ އިސް 2 މީހުންނެވެ.
Read 31 tweets
21 Sep
Fathimath v. Aminath Husain 2018/SC-A/21

މައްސަލައިގެ ބާވަތް: ބިމާބެހޭ
1. އުފެދުނު މައިގަނޑު ސުވާލު: ބަންޑާރަ ގޯއްޗެއް ރަޖިސްޓްރީ ކުރެވިފައިވާ މީހަކު މަރުވެފައި ވަނިކޮށް އެ ގޯތީގައިވާ ތަރިކަ ވާރިސުންގެ މެދުގައި ނުބަހައި އެ ގޯތިން ބައެއް ރަށު އޮފީހުން ވަކިކޮށް، ވަކިކުރެވުނު ބައި އެހެން މީހަކަށް ދީ ވަކި ގޯއްެޗެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިދާނެތޯ؟
2. ކޯޓުން ނިންމީ ޝަރީއަތް މެދުވެރިކޮށް މެނުވީ ގޯއްޗަށާއި އިމާރާތަށް ހަދައިދީފައިވާ ރަޖިސްޓްރީއެއް ބިމާބެހޭ އިދާރާއަކަށް ބާތިލުނުކުރެވޭކަމާއި ޝަރިއަތް މެދުވެރިނުކޮށް ބަންޑާރަ ގޯއްޗެއް އެހެން މީހުންނަށް ބަހައި ބިމާބެހޭ އިދާރާއަތްވެސް ރަޖިސްޓްރީކޮށް ނުދެވޭނެކަމަށެވެ.
Read 7 tweets
21 Sep
މިރޭގެ ޑޮކެޓް 2 ގައި ރައީފާ އަބްދުލްވައްހާބް (އެޓް އަލް) ވ. އޭޖީ (2019/އެޗްސީ-ޑީއެމް/02)

މައްސަލައިގެ ބާވަތް: ދުސްތޫރީ
މައިގަނޑު ސުވާލު: ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ "ކައުންސުލުން ކުރާ ގާނޫނު ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަކުރުމުގެ އުސޫލް" އަކީ ގާނޫނު 2010/7 ގެ 149 ވަނަ މާއްދާއިން އެލްޖީއޭ އަށް ލިބިދީފައިވާ ހުދޫދުގެ ބޭރުން ހަދާފައިވާ އުސޫލެއްތޯ؟
ހައިކޯޓުގެ ރަޖިސްޓްރަރ ނިންމީ މި އީ "އުސޫލެއް" ބާތިލުކުރުމަށް ހުށަހަޅާފައިވާ މައްސަލައެއްކަމުން، މި އީ ހައިކޯޓަށް ބެލުމުގެ އިހްތިސާސް ލިބިފައިވާ ބާވަތުގެ މައްސަލައެއް ނޫންކަން ކޯޓުތަކުގެ ގާނޫނުގެ 37 ވަނަ މާއްދާއާއި ހައިކޯޓުގެ ގަވާއިދުގެ (2011) ގެ 25 ވަނަ މާއްދާއިން އެނގޭކަމަށެވެ.
Read 10 tweets
21 Sep
މިރޭގެ ޑޮކެޓުގައި އޮތީ ސުޕްރީމް ކޯޓުގެ 2013/20 އެވެ.

އިސްތިއުނާފް ކުރީ: އާމިނަތު ނާޒްލީ
އިސްތިއުނާފް ރައްދުވީ ސީގޭޓް

މައްސަލަ ނިމުނީ: 24 އޮގަސްޓް 2020
- އާމިނަތު ނާޒްލީ (އެޓް އަލް) އާއި ސީގޭޓް މެދުގައި މ.އޮޕިންގްސަން ގައި ސީގޭޓުން 6 ބުރީގެ ފައުންޑޭޝަނެއް އަޅަން އެއްބަސްވުމެއް ވެވުނު.
- މަސައްކަތް މުޅިން ނުނިމެނީސް އާމިނަތު ނާޒްލީ މަސައްކަތް ހުއްޓާލުމަށް އެންގި.
- ސީގޭޓަށް ލިބިފައިނުވާ ފައިސާއާއި އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ފައިސާއާއި އަދި އެ ފައިސާ ލިބެންދެން ސްޕެސިފިކް ޕާފޯމަންސް އަށް އެދި ކޯޓަށް ސީގޭޓުން މަދަނީ ކޯޓަށް މައްސަލަ ހުށައެޅީ
- މަދަނީ ކޯޓުން ނިންމީ ދައުވާ ސާބިތުނުވާ ކަމަށް
Read 8 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!