The Vakeelu Profile picture
Apr 15 17 tweets 3 min read
Khadheeja Abdurahmaan v. Sakeena Abduhrahmaan & others [2022] SC 20
#LandLaw #Easement #RightofWay #LandDemarcation #ResJudicata
1/ވާގިއާތް: 2011 ވަނަ އަހަރު މއ.ހަނދުވަރީމަންޒިލް ބައިކުރެވުނު. ބައިކުރެވިފައިވަނީ 2 ބަޔަށް - އެއްބައި 1000+ އފ. އިސްތިއުނާފު ރައްދުވާ 5 ފަރާތްތަކަށް (ސަކީނާ މެން)، އަނެއް ބައި 277+ އފ. ހަދީޖާއަށް. ބައިތަކަށް ވަދެ ނިކުމެވޭ ގޮތަށް 6 މީހުންގެ ހައްގު އޮންނަ ގޯޅިގަނޑެއް ކަނޑައިދިން
2/ ހަދީޖާ އޭނައަށް ލިބުނު ބައިގައި އިމާރާތްކޮށް 2017 ވަނަ އަހަރު ބޭނުންކުރަން ފެށި. ހަަމަ 2017 ވަނަ އަހަރު ސަކީނާ މެން ކޯޓަށް މައްސަލައެއް ހުށައެޅި. ހުށައެޅީ ކަނޑައިދިން ގޯޅިގަނޑުގެ 5/6 އެ މީހުންނަށް ލިބިފައިވާ ބަޔަށް އެއްކުރުމަށް. އެދުނު ގޮތަށް ކޯޓުން 2017 ގައި ނިންމައިދިން.
3/ ކޯޓުން 2017 ގައި ނިންމި ނިންމުން ހަދީޖާ ހައިކޯޓުގައި އިސްތިއުނާފުކުރި. މައިގަނޑުގޮތެއްގައި ހަދީޖާ ނެގީ ރެސް ޖުޑިކާޓާގެ ނުކުތާއަކާއި، ބިން ބޭނުންކުރުމުގެ ހައްގާ ގުޅޭ ނުކުތާއެއް.

އީސްމެންޓާގުޅޭ މައްސަލައެއް ނަމަވެސް ވަކީލު އީޒްމެންޓްގެ ނުުކުތާތަކެއް ނުނަގާކަން ފާހަގަކުރެވުނު.
4/ ހައި ކޯޓުގެ ނިންމުން އަދި އެއަށްވުރެ ހެއްވާ. 2011ގެ މައްސަލައަކީ ގޯޅިގަނޑު ކަނޑައިދިން (creation of easement) މައްސަލައެއް އަދި 2017 ގެ ދަށު ކޯޓުގެ މައްސަލަ ވައްތަރީ ގޯޅިގަނޑު އުވާލުމުގެ (extinguishment of easement) މައްސަލައަކާ. އެކަމަކު ހައި ކޯޓުން ބުނީ ރެސް ޖުޑިކާޓާކަމަށް.
5/ ހައި ކޯޓުގެ އެ ނިންމުން އިސްތިއުނާފުކުރުމަށް ހަދީޖާ ސުޕްރީމް ކޯޓަށް ހުށައެޅި. ސުޕްރީމް ކޯޓުގައި ހަދީޖާ އަނެއްކާވެސް ނެގީ ހައި ކޯޓުގައި ނެގި 2 ނުކުތާ (ރެސް ޖުޑިކާޓާ އަދި ބިން ބޭނުންކުރުމަށް ހުރަސް އެޅުން).
6/ރައްދުވިފާރަތްތައް ހައި ކޯޓުން ނިންމީ ރަނގަޅަށް ކަމަށް. އިސްތިއުނާފުކުރަމުން ދެ ފަރާތުން ވެސް ގާނޫނީގޮތުން މާ އޮށްޓަރު ހުރި ވާހަކެއް ހުށަނޭޅިއެއް ކަމަކު، SCOM ގެ އަޑުއެހުމުގައި ފަނޑިޔާރު(ން) ދެ ފަރާތަށް ވެސް އެތަކެއް އައު ނުކުތާތަކަކަށް ބިނާކޮށް ވާހަކަ ދެއްކުމުގެ ފުރުސަތު ދިން.
7/ސްކޮމް އިން ނިންމީ، ގޯޅި ފުރަތަމަވެސް އޮތް ގޮތަށް ބާއްވަން. މައިގަނޑު ސަބަބަކަށް ވީ، 5 ބެއިންގެ ބިމަށް ގޯޅީގެ 5/6 ބިން އެއްކުރުމުން، ހަދީޖާގެ ބިމުގައި ހަދައިފައިވާ އިމާރާތުގެ ވެންޓިލޭޝަނަށް ހުރަސްއެޅޭތީ. [33]
8/ ގޯޅިގަނޑުތަކާ ގުޅޭގޮތުން ސްކޮމް އިން ކަނޑައެޅި ރޭޝިއޯތައް:
(ހ) ގޯއްޗަކަށް ވަދެ ނިކުމުމުގެ ބޭނުމަށް/އެ ނޫންވެސް ބޭނުމަށް ގޯޅި ކަނޑައި ބިން ބައިކުރުން ގާނޫނުން މަނާނުކުރޭ [19]
(ށ) ގޯޅި ކަނޑަންވާނީ ވބެހެނިވެރިންގެ ބަހެއް ޝަރީއަތުން ހޯދުމަށް ފަހު [19]
9/ (ނ) ގޯޅީގެ މައްޗަށް، ގޯޅިއަށް އެ ބައެއްގެ ބިމުން ބިން ދީފައިވާ ބެހެނިވެރިންގެ ހައްގު ދެމި އޮންނާނެ*
(ރ) ގޯޅީގެ މިންތަކަށް އުނިއިތުރު ގެންނަން ހުށައެޅުމުގެ ހައްގު ބެހެނިވެރިންނަށް ލިބިގެންވޭ - އެކަމަކު އެއްވެސް ބެހެނިވެރިއެއްގެ ހައްގަކަށް އަސަރުކުރޭތޯ ކޯޓުން ބަލަންޖެހޭ
[19-20]
(ބ) ގޯޅިއެއް ހިމަނައިގެން ގޯތި ބައިކޮށް ބިން އައްޔަންކޮށް ނިމުމުން، އެ ގޯޅީގެ މަންފާ ބޭނުންކުރާ/ގޯޅި ނިސްބަތްވާ އެންމެހައި ފަރާތްތަކަށް ލިބިގެންވޭ* [21]
(ޅ) ގޯޅި ބޭނުންކުރުމުގެ ކުރިން ގޯޅީގެ މަންފާ ލިބޭ/ގޯޅި ނިސްބަތްވާ ފަރާތަކުން ދެންތިބި ފަރާތަތަކުގެ ބަހެއް ހޯދާކަށް ނުޖެހޭ [30]
10/ ރެސް ޖުޑިކާޓާއާ ގުޅޭ ރޭޝިއޯ: ފ މަހާޒް ވިދާޅުވީ، މަތިމަތިން ބަލާއިރު، މިއީ އިޝޫ އެސްޓޮޕެލްގެ މައްސަލައެއް ހެނެ ހީވިއަސް، އެ ފ ދެކޭ ގޮތުގައި، ބިމާބެހޭ [މިފަދަ] މައްސަލަތައް ރެސް ޖުޑިކާޓާގެ އުސޫލުން އިސްތިސްނާވާންޖެހޭ ކަމަށެވެ [40]*
11/ ކޮމެންޓްސް: މަތީގައިވާ (ނ) އަދި (ބ) އާ ގުޅޭ - އެހެން ޖުރިސްޑިކްޝަންތަކުގައި، ގޯޅި (easements) ތަކަކަކީ މުދަލުގެ މައްޗަށް އުފެދޭ ހައްގުތައް (proprietary rights). ސަބަބަކީ ބައިކުރެވިފައިވާ އެއް ބިން ވިއްކާލާއިރު ވެސް އެ ގޯޅީގެ ހައްގުތައް އައު މިލްކުވެރިފަރާތަށް ދިނުން.
ނަމަވެސް، ފ މަހާޒް ލިޔުއްވާފައިވާ ގޮތުން ގޯޅީގެ ބިމުގެ މައްޗަށް ލިބޭ ހައްގުތަކަކީ ޝަހުސުގެ މައްޗަށް އުފެދޭ ހައްގުތަކެއް ހެން ދޭހަވޭ.
ފަހަރެއްގައި ފަނޑިޔާރުގެ ނިޔަތަކީ ހަމަ ހަގީގަތުގައި ވެސް މުދަލުގެ މައްޗަށް އުފެދޭ ހައްގުތަކެއް ކަމަށް ކަނޑައެޅުންކަމަށް ވެދާނެ. އެ ކަން ސާފުވާހެން ހުކުމް ލިޔުއްވިނަމަ އިތުރަށް ފުރިހަމަވީސް މެ...
@threadreaderapp unroll please.
4.1/އެކަމަކު ހައި ކޯޓުން ހުކުމް ކުރީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށް.

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with The Vakeelu

The Vakeelu Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @TheVakeelu

Feb 8, 2021
#EmploymentLaw

Naif Abdurahman and 22 others v Maldivian Air Taxi [2021] SC 12
ކީވޯޑްސް: ވަޒީފާގެ މާހައުލުގައި ތަފާތުކުރުން، ހަމަހަމަކަން
1/ މުހިންމު ވާގިއާތްތައް: މައްސަލަ ހުށައެޅީ މޯލްޑިވިއަންގެ 23 ދިވެހި މުވައްޒަފުންނެއް. ވަޒީފާއާބެހޭ އެއްބަސްވުންތައް ބަދަލުކުރަންޖެހޭކަމަށް ބުނެ.
2/ ސަބަބުތައް ކަމުގައި އެ މުވައްޒަފުން ބުނީ:
(ހ) ވަޒީފާގެ ބޭރުން ހުސްވަގުތުގައި މޯލްޑިވިއަންގެ ހުއްދަނެތި ވިޔަފާރި ކުރުން މަނާ ކުރާ އެއްބަސްވުމުގެ މާއްދާ މަސައްކަތްކުރުމުގެ ހައްގަށް ހުރަސް އަޅާތީ
(ށ) އެ އެއްބަސްވުމުގެ ދަށުން ޕެއިޑް އެނުއަލް ލީވް ނުލިބޭތީ
Read 12 tweets
Jan 26, 2021
Mohamed Shammoon v State [2021] SC 10
1/ މައިގަނޑު އިޝޫތައް: ފުލހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24(ށ) ގެ ދަށުން ފުލުހަކު ވަޒީފާއިން ވަކިކުރުން، އައިރު މުސްލިމުންގެ ހެކި ބަލައިގަތުން،double jeopardy, ވަޒީފާއާބެހޭ މައްސަލަތަކުގައި ބަދަލުދިނުން
2/ ވާގިއާތްތައް(facts): ޕޮލިހުގެ ސަރޖެންޓެއްގެ މަގާމުގައި ހުއްޓައި ޝައްމޫން ވަޒީފާއިން ވަކިކުރި. ވަކިކުރި ސަބަބަކީ އޭނާ އާއި އެހެން ބަޔަކު ވެގެން މާރާމާރީ ހިންގައި ކުޑަކުއްޖެއްގެ ކަރާމާތްތައް ނަގާލާފަދަ ކަންތައް ކުރުމުން.
3/ ސިވިލް ކޯޓުގައި ކުރި ދައުވާ: އެކަށީގެންވާ ސަބަބެއް ނެތި ޝައްމޫން ވަޒީފާއިން ވަކި ކޮށްފައިވާކަމަށް ބުނެ އޭނާ ސިވިލް ކޯޓުގައި ދައުވާކުރި. އޭނާގެ ނުކުތާތަކަށްވީ، ގއ ގެ 37 މާއްދާ (right to work) އަދި 43 (fair administrative action) އާ ޕޮލިސް ސަރވިސް އިން ހިލާފުވެފައިވާކަމަށް
Read 61 tweets
Dec 6, 2020
Abdulla Rasheed v Nika Maldives [2019/SC-A/42]

މައިގަނޑު އިޝޫތައް: ކުންފުންޏާބެހޭ ގާނޫނުގެ 38 (ހިއްސާ ވާރުތަވުން) ގައިވާ އިޖުރާއަތް، ކޯޓުތަކާބެހޭ ގާނޫނުގެ 20(ނ) ދަށުން ސްކޮމްއަށް ލިބިދެވޭ ބާރުތައް
1/ ކުޑަފޮޅުދޫ އޭ ކިޔުނު ރަށެއް (މިހާރު ނިކަ މޯލްޑިވްސް ރިސޯޓު) ނިކަ މޯލްޑިވްސް (ކުންފުންޏެއް. މީގެ ފަހުން [ނިކަ]) އަށް ކުއްޔަށް ދިނުމަށް މޫސާ ގާސިމް (އަލްމަރުހޫމް) އާ ނިކަ އާ ދެމެދު 1990 ގައި އެއްބަސްވުމެއްގައި ސޮއި ކުރެވުނު.
2/ މި އެރޭންޖްމަންޓްއަށް މޫސާ ގާސިމާ ނިކަ އައި އިރު، ނިކައިގައި މޫސާ ގާސިމުގެ 1 ހިއްސާ އޮވޭ. ކުއްޔަށް ދޭ އެއްބަސްވުމުގައި އޮތް ގޮތުން މޫސާގެ 1 ހިއްސާ އަށް ކޮންމެ މަހަކު 8,000 ރުފިޔާ ދޭންޖެހޭނެ ކަމަށް.
Read 22 tweets
Dec 5, 2020
Hawwa Naasiha v Mohamed Naashidu and others [2019/SC-A/43]

މައިގަނޑު އިޝޫތައް: ހަޖަރުކުރުން، ހަޖަރުކުރުމުގައި ގެންގުޅޭ އުސޫލުތައް، ހަވާލާދާރުގެ ޒިންމާތައް
1/ މޫސާ މަނިކަކީ އޭނާގެ މުދާ ތަސައްރަފުކުރުމުގެ ކުޅެދުންތެރިކަމެއް ނެތް ނުކުޅެދޭ މީހެއްކަމުން، އޭނާގެ މުދާ ބެލެހެއްޓުމަށް ދަރިންގެ ތެރެއިން ހައްވާ ނާސިހާއަށް (އެޕީލް ކުރާ މީހާއަށް) ޕަވަރ އޮފް އެޓާނީއެއްގެ ދަށުން ހަވާލުކުރި.
2/ އެ ޕީއޯއޭގައި ވާ ގޮތުން، ނާސިހާ އޭގައި ވާ އެއްވެސް ކަމަކަށް ހިޔާނާތްތެރި ވެއްޖެނަމަ، މަނިކުގެ ބާކީ ތިބި 10 ދަރިންނަނށް ނާސީހާ ގޮވައިގެން ކޯޓަށް ދެވޭނެ.
Read 28 tweets
Nov 23, 2020
Export Import (EXIM) Bank of Malaysia v One and Half Degree 2018/SC-A/40
މައިގަނޑު އިޝޫސްތައް: އިސްތިއުނާފީ ކޯޓުން (ހައިކޯޓުން) ދަށު ކޯޓަށް މައްސަލަ ތަހްވީލުކުރުން، ގއ ގެ 16،68 އަދި 69 މާނަކުރުން، އިސްތިއުނާފްކުރުމުގެ ހައްގު ވ ތަހްވީލުކުރުން
1/ ގދ ރަށެއްގައި ރިސޯޓެއް ހެދުމަށް، އެ ރަށް ރަހުނުކޮށް، ވައަން އެންޑް ހާފް އާއި އެކްޒިމް ބޭންކާއި ދެމެދު USD 19މިލިއަން ލޯނުގެ އެއްބަސްވުމެއްގައި ސޮއި ކުރެވުނު.
2/ ލޯނަށް ފައިސާ އަން & ހާފް އަކަށް ނުދެއްކުނު. އެކްޒިމް ބޭންކުން ވަން & ހާފް މައްޗަށް ދައުވާކުރި.
Read 27 tweets
Nov 18, 2020
Abdul-Hameed Mohamed v State (MoHI)[2017/SC-A25]

މައިގަނޑު އިޝޫތައް: ވިއްކުމުގެ ކުރީގެ އެގްރީމަންޓް (presale agreement), ގާނޫނީ މިލްކުވެރިކަން (legal ownership), އަދާލަތުގެ މިލްކުވެރިކަން (equitable ownership)
1/ ވެށިފަހި މާލެ ޕްރޮގްރާމް ގެ ދަށުން ފްލެޓް ލިބުނު މީހުންގެ ލިސްޓު އާންމު ކުރި އިރު ހަމީދުގެ ނަން އޮތް. 3 މަސް ފަހުން ހައުސިންގ އަށް އެންގީ ފްލެޓަކަށް ހަމީދު ހޮވުނު ހޮވުން ބާތިލުކޮށްފިކަމަށް. ސަބަބަކީ، އެޗްޑީސީ އާއި ހަމީދާ ދެމެދު ރޯހައުސްއެއް ގަތުމަށް އެއްބަސްވެފައިވާތީ.
2/ ހަމީދުގެ ނަން ލިސްޓުން ނެގި ނެގުމަކީ ބާތިލު ކަމެއް ކަމަށާއި، ފްލެޓް ލިބެންޖެހޭ މީހުންގެ ތެރޭގައި ހަމީދު ހިމަނަން ހައުސިންގ މައްޗަށް އަމުރުކޮށްދިނުމަށް އެދި ހަމީދު ސިވިލް ކޯޓުގައި ދައުވާ ކުރި. ސިވލް ކޯޓުން ހަމީދު އެދުނު ގޮތަކަށް އަމުރެއް ނެރެއެއް ނުދިން.
Read 13 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Don't want to be a Premium member but still want to support us?

Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us on Twitter!

:(