The Vakeelu Profile picture
Apr 26 40 tweets 8 min read
PGO v Ahmed Moosa Mohamed (Ammaty Case) [2022] SC 24

#LimitationPeriods #CalculationOfPeriods #StatutoryInterpretation #InterpretationAct
މި މައްސަލައަކީ، މަޝްހޫރު ސީލައިފްގެ އެމްޑީ އައްމަޓީ ރިމާންޑްގައި (ޝަރީއަތްނިމެންދެން ބަންދުގައި ބެހެއްޓުން) ހުއްޓައި، މީހަކު ޖާމިނުކޮށްދޭ މަތިން އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރާ ގުޅޭ މައްސަލަ.
މައްސަލަ ފެންމަތިވި ހިސާބަކީ، ކްރިމިނަލް ކޯޓުން ކުރި އެ އަމުރު އިސްތިއުނާފުކުރުމަށް ދައުލަތުން ހައި ކޯޓަށް ހުށައެޅީ މުއްދަތު (އަމުރު ނެރުނު ތާރީހުން ފެށިގެން 48 ގަޑި އިރު) ން ބޭރުންކަމަށް ނިންމައި ހައި ކޯޓުން މައްސަލަ ބެލެން ނެތްކަމަށް ނިންމުމުން.
މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ނިންމުންަތައް (ކުރުކޮށް) ތިރީގައި އެ ވަނީ.
1. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި ބުނާ 48 ގަޑި އިރު ގުނާނީ ކޯޓުން ނިންމާ .ނިންމުން ނިންމި ވަގުތުން ފެށިގެން ކަން
2. ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާ ގާނޫނުގެ 198(ރ) އަށް ތަތުބީގުކުރުމުން، ގާނޫނުން ލިބިދޭ 48 ގަޑިއިރަށް ވުރެ ގިނަ ވގުތު އިސްތިއުނާފުކުރުމަށް ލިބޭތީ، ގަވާއިދުގެ އެ މާއްދާ ގާނޫނުގެ ބޭނުމަށް ބޭނުންނުކުރެވޭނެކަން.
ފުރަތަމަ ސަބަބަކީ، ގާނޫނުގައި މުއްދަތު ފަށަންޖެހޭ ކަމަށް 'ނިންމުން ނިންމާ ތާރީހު' ބުނާއިރު، ގަވާއިދުގައި މުއްދަތު ފަށަންޖެހޭ ތާރީހުކަމަށް 'ނިންމުން ނިންމި ތާރީހާ ޖެހިގެން އަންނަ ދުވަސް' ކަމަށް ބުނުން.
ިދެވަނަ ސަބަބަކީ، ގާނޫނުގައި މުއްދަތު ނިމޭނީ 48 ގަޑި އިރު ހަމަވާ އިރު ކަމަށް ބުނާ އިރު ގަވާއިދުގައ މުއްދަތު ގުނާނީ، މުއްދަތު ހަމަވާ ދުވަސް (ބަންދު ދުވަސް އަންނަނަމަ ބަންދު ދުވަސްވެސް) ނުހިމަނައި ކަމަށް ވުމުން.
3. އެކަމަކު، ދައުލަތުން ގަވާއިދަށް ބަރޯސާވެ އެ ގަވާއިދުގައި ވާ ގޮތަށް މުއްދަތު ގުނައި އިސްތިއުނާފަށް ހުށައެޅުމުގެ ކުރިން ގަވާއިދުގެ 169 އަކީ ގާނޫނުގެ 198(ރ) ގެ ބޭނުމަށް ބޭނުންނުކުރެވޭނެ މާއްދާއެއް ކަމަށް ނިންމައިފައި ނެތުމުން، ދައުލަތުން މުއްދަތު ގުނީ ރަނގަޅަށްކަމަށް.
މި ބުނި ތިން ކަނޑައެޅުމުގެ މައްޗަށް އިޖުރާއީ ގޮތުން މައްސަލަ ނިންމައި، ސުޕްރީމް ކޯޓުން ނިންމީ ހައި ކޯޓުން މައްސަލަ ބަލަންޖެހޭ ކަމަށް.
COMMENTARY:
މި މައްސަލައިގައި އޮތް މައިގަނޑު އިޝޫއަކީ، އިސްތިއުނާފުކުރަން އޮތް 48 ގަޑި އިރު ފެށޭ ހިސާބަކީ ކޮބައިކަމާ މެދު އޮތް ސުވާލު. މި ސުވާލު އުފެދެން ދިމާވި ސަބަބަކީ، ގާނޫނުގައި އިސްތިއުނާފުކުރާނީ 'އަމުރު ނެރޭ ތާރީހުން ފެށިގެން'48 ގަޑިއިރުގެ ތެރޭގައި ކަމަށް އޮތުމުން.
ގަޑިއިރު ގުނާނެ ގޮތް ކިޔައި ދެމުން ފ މަހާޒް ދެންނެވީ، ކޮންމެ ތާރީހެއްގައި 24 ގަޑިއިރު ހިމެނޭ އިރު، ތާރީހެއް ފެށޭނީ، އޭގެ ކުރީ ތާރީހުގެ ދުވަހުގެ ރޭ (އެ ތާރީހުގެ ވިލޭ ރޭ) މެންދަމު 12:00 ގައި ކަމަށް. އަދި އެ ތާރީހެއް ނިމޭނީ އެ ތާރީހެއްގެ ދުވަހުގެ ރޭ މެންދަމު 12:00 ގައި ކަމަށް.
އެކަމަކު، ފާހަގަ ކޮށްލެވޭ ކަމަކީ، މިހެން ބުނުމުން، އެއް ތާރީހު ނިމޭ ވަގުތަކީ އަނެއް ތާރީހު ފެށޭ ވަގުތައް ވެގެން ދާކަން. 20 މާރިޗު ނިމޭ ވަގުތަކީ، 21 މާރިޗު ފެށޭ ތާރީހަށް ވެގެން ދޭ. ރަނގަޅުގޮތަކީ، އެ ތާރީހެއް .ނިމޭނީ އެ ތާރީހެއްގެ ދުވަހުގެ ރޭ 11:59 ގައި ކަމަށް ބުނުން
ގާނޫނު ޑްރާފްޓް ކުރުމުގައި ހުރި ދޯހަޅިކަމެއްގެ ސަބަބުން، ގާނޫނުގައި ވާ މުއްދަތުތަކާއި، ވަގުތުތައް ގުނާނެ ގޮތާމެދު އޮޅުންބޮޅުންވެ، ހުދު ސުޕްރީމް ކޯޓުން ހެދި ގަވާއިދުންވެސް މައްސަަލަ ...ހައްލުކުރުމަށް ވުރެ މައްސަލައަށް އިތުރު އުނދަގޫތަކެއް ކުރިމަތިކުރުވި
މި މައްސަލަ، ސުޕްރީމް ކޯޓާ ހަމައަށް ދިޔުމުން ސުޕްރީމް ކޯޓުން މައްސަލަ ނިންމި އިރުވެސް، މުއްދަތު ގުނުމާ ގުޅޭ މި ފަދަ އޮޅުންބޮޅުންތައް ނިންމުމުގައި ހުރުމަކީ ދަރަކަމެއް.
ދެން އޮތީ މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ 35(ހ) ބޭނުންނުކުރެވޭނެކަމަށް ނިންމި ނިންމުމާ ގުޅޭ. މި ގޮތަށް ނިންމަން ފ މަހާޒު ދެންނެވި އެއް ސަބަބަކީ، އެ މާއްދާގައި 'ދެ ކަމެއްގެ ދޭތެރޭ ހިނގާނެ މުއްދަތު' އޮތުމުން އެ މާއްދާ ބޭނުންކުރުމަށް'ދެ ކަމެއް' އޮންނަންޖެހޭ ކަމަށް
މިހެން ބުނެ ފ މަހާޒް ދެންނެވީ، މި ޝަރުތު ގާނޫނުގެ 198(ރ) ގައި ފުރިހަމަ ނުވާކަމަށް. އެކަމަކު، ގާނޫނުގެ 198(ރ) ގައި ދެ ކަމެއް އެބަ އޮތް.
އެއް ކޮޅުގައި އޮންނަނީ މައްސަލައެއް/ނިންމުމެއް ނިންމުން/އަމުރެއް ނެރުން. އަނެއް ކޮޅުގައި އޮންނަނީ އިސްތިއުނާފަށް ހުށައެޅުން. އެ ދޭތެރޭ ހޭދަވެވެނީ ގިނަވެގެން 48 ގަޑި އިރު.
ފ މަހާޒު ދެން ދެންނެވި ސަބަބަކީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ 35(ހ) ބޭނުންކުރެވޭނީ ގާނޫނުގައި މުއްދަތު/ވަގުތު ގުނުމަށް ގޮތެއް ކަނޑައެޅިފައި ނުވާ ހާލަތުގައި ކަމަށް ވާ އިރު، 198(ރ) ގައި މި ޝަރުތުވެސް ފުރިހަމަ ނުވާކަމަށް.
ފ މަހާޒް ދެންނެވި ގޮތުން ގާނޫނުގެ 198(ރ) ގައި މުއްދަތު ގުނުމަށް ބޭނުންކުރާނެ އެތި ސާފު. އެކަމަކު، ގަޑި އިރުން ދީފައިވާ މުއްދަތު ދީފައި، ތާރީހުން މުއްދަތު ފެށޭ ގޮތަށް އޮތް މާއްދާއެއްގައި، މުއްދަތު ގުނަން ބޭނުންކުރާނެ އެތި ސާފުވީ ގޮތެއް ނޭނގުނު.
.އަދި 198(ރ) ގައި އޮތީ މުއްދަތެއް. މުއްދަތު 'ގުނުމާ' ގުޅޭ ހަމަ އެއްވެސް ވާހަކައެއް ނެތް
މުއްދަތު ގުނުމުގައި އާންމުކޮށް ބަލާ ކަންތައް (ބަންދު ދުވަސްތައް ހިމަނައިގެން ކަމެއް، ނޫން ކަމެއް، ފެށޭ ދުވަހާއި ނިމޭ ދުވަސް ނުހިމަނައި ކަމެއް) ނެތް.
މި މައްސަލަ މިހައި ހިސާބަށް އައީ ވެސް 198(ރ) ގައި އޮތް އެއްޗެއް ސާފު ނުވާތީ. ގަޑިން މުއްދަތު ދިނުމަށް .ފަހު ފެށޭނީ ތާރީހަކުން ކަމަށް ބުނާތީ. ތިލަކޮށް އޮތް މާއްދާއެއްކަމަށް ބެލެވޭނެ ހަމަ އެއްވެސް ގޮތެއް ނެތް.
ތިލަނަމަ، މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނު ބޭނުންކޮށް، ބަންދު ދުވަސްތައް ނުހިމެނޭނެކަމަށް ނިންމާކަށް ނުޖެހުނީސް.(ފުޓްނޯޓް 16 ބައްލަވާ) ތިލަނަމަ، 'ނިންމުން ނިންމި ތާރީހު' ގެ މާނައާ މެދު ބަހުސްކުރެވި، ސްކޮމް އިން ނިންމި އިރުވެސް ރައުޔު ތަފާތުވެފައި ނޯންނާނެ.
މިކަމާ ގުޅިގެން ފ ޝުޖޫން ދެންނެވި ވާހަކަ އަދި އެހައިމެ ހައިރާންކުރުވަނިވި. ފ ޝުޖޫން ދެންނެވީ 198(ރ)ސާފު ނޫންކަމަށް. އެކަމަކުވެސް، އެ މާއްދާ މާނަކުރުމަށް މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ 35(ހ) ބޭނުންނުކުރެވޭނެކަމަށް.
ތެދެއްމެ، އެއްޗެއް ނެތުމާއި، އެއްޗެއް އޮވެ އެ އެއްޗެއް ސާފުނުވާ ގޮތަށް އޮތުމަކީ ދެ ކަމެއް. އެކަމަކު، ގާނޫނެއްގައި އޮތް އެއްޗެއް ސާފުނުވާނަމަ، މާނަކުރުމުގެ ބޭނުމަށް ގާނޫނުގެ ބޭރުން ހޯދޭ އެހީއެއްގެ ގޮތުގައި އެ މާއްދާއަކާ ގުޅޭ އެހެން ގާނޫނުތައް ގެންގުޅޭ.
މި ބުނި އުސޫލުގެ ބޭނުންހިފައި، ފ ޝުޖޫން ސާފުނޫންކަމަށް ދެންނެވި ގާނޫނުގެ 198(ރ) މާނަކުރުމަށްޓަކައި މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ 35(ހ) ބޭނުން ނުކުރެވެންވީ ސަބަބެއް ނޭނގުނ. އެހެނީ މިކަމަށް އެންމެ މުނާސަބު ގާނޫނަކީވެސް މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނޭ ބުނެވިދާނެ.
ގާނޫނުގެ 198(ރ) ގެ ބޭނުމަށް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ 35(ހ) ބޭނުންނުކުރެވުނަސް، އެ ގާނޫނުގެ 35(ނ) ބޭނުންކުރެވޭނެކަމަށް ފ މަހާޒް ނިންމެވި. އަދި މި ގޮތަށް ނިންމައި 48 ގަޑި އިރު ގުނުމުގައި ބަންދު ދުަވަސްތައް ނުހިމެނޭނެ ކަމަށް ނިންމި.
އުފެދޭ ސުވާލަކީ، ގަވާއިދުގައި ބަންދު ދަުވަސްތައް ނުހިމެނޭނެކަމަށް އޮތުމުން އެއީ ގާނޫނުގައި ބުނާ 48 ގަޑިއިރަށް ވުރެ ދިގު މުއްދަތެއް ގަވާއިދުން ދެނީކަމަށް އަދި ފުށުއެރުމެއް ކަމަށް ވި އިރު، ފ މަހާޒްގެ މި ނިންމުމަކީ ގާނޫނާ ފުށުއަރާ ނިންމުމަކަށް ނުވާންވީ ސަބަބަކީ ކޮބައިބާއޭ؟
ފ މަހާޒްވެސް ފ ޝުޖޫންވެސް އެއްބަސްވި ކަމަކީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ 35(ހ) ބޭނުންކުރެވޭނީ، ދެ ކަމެއްގެ ދޭތެރޭ ހިނގާ ދުވަސް ގުނުމަށް ކަމަށް. ދެ ކަމެއް ނެތިއްޔާ (ހ) ބޭނުންނުކުރެވޭނެކަމަށް.އެކަމަކު 35(ހ) އަކީ މުއްދަތުތައް ގުުނުމުގައި ގެންގުޅޭ'ކްލިއާ ޑޭ' އުސޫލު
ގާނޫނުތަކުގެ މުއްދަތުތައް ކްލިއާ ޑޭސް އިން ގުނުމަކީ އާންމު ކަމެއް.
ކުރުކޮށް ބުނާނަމަ، clear days means computing periods excluding the day on which the period begins and the day on which the period ends.
މިސާލަކަށް ޖަލްސާއަކަށް ނޯޓިސް ދޭންޖެހޭ މުއްދަތަކީ 5 ދުވަސްކަމަށް އޮތިއްޔާ، ޖަލްސާ ބާއްވަން އޮތީ 10 ޖަނަވަރީގައި ކަމަށް ވަނީނަމަ، އެންމެ ލަސްވެގެން ނޯޓިސް ދޭންޖެހޭނެ ތާރީހަކީ 4 ޖަނަވަރީ. އެއީ، ނޯޓިސް ފޮނުވާ ތާރީހު (4 ޖަނަވަރީ) އާއި ޖަލްސާ ބާއްވާ ތާރީހު (10 ޖަނަވަރީ) ނުހިމަނައި
މި އުސޫލު ދިވެހިބަހުން ގާނޫނުގައި ލިޔުނު އިރު، "ދެ ކަމެއްގެ ދޭތެރޭ ހިނގާ މުއްދަތު" މިހެން ލިޔެފައި އެ ވަނީ މި ބުނި ކްލިއާ ޑޭސް އުސޫލު ގާނޫނުގައި ލިޔުނުއިރު'ކްލިއާ ޑޭސް' މިހެން ނުލިޔެ، ދިވެހިބަހުން ލިޔުމަށްޓަކައި. ކްލިއާ ޑޭސް މި އިބާރާތުގެ ދިވެހި ޝަރަހައެއްގެ ގޮތުގައި.
ފެށޭ ތާރީހާއި ނިމޭ ތާރީހު ސާފު ސަރީހަ ބަހުން ބަޔާންކުރުމެއް ނެތި މުއްދަތެއް ދީފައި އޮތިއްޔާ ދެ ކަމެއް އޮންނާނެ. އެއީ މުއްދަތު ފެށުމަށް ދިމާވާންޖެހޭކަން - މި މައްސަލައިގައި އަމުރު ނެރުން.
އަދި މުއްދަތު ނިމޭއިރަށް ކުރަންޖެހޭކަން - މި މައްސަލައިގައި އިސްތިއުނާފަށް ހުށައެޅުން. އަދި ގުނަންޖެހޭ މުއްދަތަށް - މި މައްސަލައިގައި 48 ގަޑިއިރުމުއްދަތު ވާނީ އެ ދެ ކަމެއްގެ ދޭތެރޭ ހިނގާ .
އެހެންކަމުން، ފ މަހާޒުވެސް ފ ޝުޖޫންވެސް، 35(ހ) ގައި ބުނާ 'ދެ ކަމަކީ' މަހުދޫދުކުރުމެއް ކަމަށާއި، އެ ފަދަ ދެ ކަމެއް މި މައްސަލައިގައި ނެތްކަމަށް ނިންމަންޖެހުނު ސަބަބު ސާފެއްނޫން. ހާއްސަކޮށް ފ ޝުޖޫން ކުރިން ނިންމި ނިންމުމެއް ގޯސްކަމަށް ނިންމައި މި ގޮތަށް ނިންމިކަން ފާހަގަކުރެވޭ.
މިހައި ހިސާބުން ފާހަގަވި ކަމެއް ހިއްސާކޮށްލާނަން. ކްރިމިނަލް ކޯޓުން ކުރީ އަމުރެކެވެ. މި ކަން ސްކޮމްގެ ނިންމުން ވ ސާފަވެ. ފުޓްނޯޓް 3 ބައްލަވާލައްވާ. އެކަމަކު، ފ މަހާޒްގެވެސް ފ ޝުޖޫންގެވެސް ރައުޔުގައި މުޅިން ކިޔައިފައި އޮތީ ނިންމުން ނިންމި ތާރީހުގެ ވާހަކައެވެ.
ދެން އޮތީ ސުޕްރީމް ކޯޓުގެ އައުލަބިއްޔަތު ރައުޔާއި ފ ޝުޖޫންގެ ރައުޔުގައި އޮތް ތަފާތު. އައުލަބިއްޔަތު ރައުޔު ލިޔުނު ފ މަހާޒް ނިންމެވި ގޮތުގައި، 198(ރ) ގައި އޮތް 48 ގަޑިއިރު ގުނާނީ 'ނިންމުން ނިންމި ވަގުތުން' ފެށިގެން.
މި ގޮތަށް މާނަކުރުމުން އެ ބުނެވެނީ، 'ނިންމުން ނިންމި ތާރީހު' = 'ނިންމުން ނިންމި ވަގުތު' ކަމަށް. އެހެންކަމުން، ފ މަހާޒު މާނަކުރިގޮތަށް ކިޔުމުން، ގާނޫނުގައި 'ތާރީހު' މި ލަފުޒު އޮތް ތަނަށް 'ވަގުތު' މި ލަފުޒު ގެނެސް ގާނޫނަށް ބަދަލުގެނެވޭ ގޮތްވޭ.
ފ ޝުޖޫން ދެންނެވީ، 198(ރ) ގައި އޮތް 48 ގަޑިއިރު ކިޔަންޖެހޭނީ 2 ދުވަހުގެ ގޮތުގައި ކަމަށް. އަދި އޭގެ މާނައަކީ، 198(ރ) ގައި އޮތް މުއްދަތަކީ، އަމުރު ނެރުނު ތާރީހުން ފެށިގެން 2 ދުވަހުގެ ތެރޭ އިސްތިއުނާފުކުރަންޖެހުން ކަމަށް. ގަޑިއިރަށް ބަލަން ނުޖެހޭކަމަށް.
ފ ޝުޖޫން ދެންނެވި ގޮތަށް ކިޔުމުން ގާނޫނަށް އައު ލަފުޒެއް ތައާރަފުކުރަންނުޖެހޭ. 48 ގަޑިއިރަކީ 2 ދުވަސް ކަމީ އެ 48 ގަޑިއިރުގެ އާންމު މާނަ. އެހެންކަމުން، ފ ޝުޖޫންގެ މާނަ ގޮތަށް މާނަކުރުން މާ އެދެވިގެން ވާ ކަމަށް ބުނެވިދާނެ.
@threadreaderapp unroll please.

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with The Vakeelu

The Vakeelu Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @TheVakeelu

Apr 15
Khadheeja Abdurahmaan v. Sakeena Abduhrahmaan & others [2022] SC 20
#LandLaw #Easement #RightofWay #LandDemarcation #ResJudicata
1/ވާގިއާތް: 2011 ވަނަ އަހަރު މއ.ހަނދުވަރީމަންޒިލް ބައިކުރެވުނު. ބައިކުރެވިފައިވަނީ 2 ބަޔަށް - އެއްބައި 1000+ އފ. އިސްތިއުނާފު ރައްދުވާ 5 ފަރާތްތަކަށް (ސަކީނާ މެން)، އަނެއް ބައި 277+ އފ. ހަދީޖާއަށް. ބައިތަކަށް ވަދެ ނިކުމެވޭ ގޮތަށް 6 މީހުންގެ ހައްގު އޮންނަ ގޯޅިގަނޑެއް ކަނޑައިދިން
2/ ހަދީޖާ އޭނައަށް ލިބުނު ބައިގައި އިމާރާތްކޮށް 2017 ވަނަ އަހަރު ބޭނުންކުރަން ފެށި. ހަަމަ 2017 ވަނަ އަހަރު ސަކީނާ މެން ކޯޓަށް މައްސަލައެއް ހުށައެޅި. ހުށައެޅީ ކަނޑައިދިން ގޯޅިގަނޑުގެ 5/6 އެ މީހުންނަށް ލިބިފައިވާ ބަޔަށް އެއްކުރުމަށް. އެދުނު ގޮތަށް ކޯޓުން 2017 ގައި ނިންމައިދިން.
Read 17 tweets
Feb 8, 2021
#EmploymentLaw

Naif Abdurahman and 22 others v Maldivian Air Taxi [2021] SC 12
ކީވޯޑްސް: ވަޒީފާގެ މާހައުލުގައި ތަފާތުކުރުން، ހަމަހަމަކަން
1/ މުހިންމު ވާގިއާތްތައް: މައްސަލަ ހުށައެޅީ މޯލްޑިވިއަންގެ 23 ދިވެހި މުވައްޒަފުންނެއް. ވަޒީފާއާބެހޭ އެއްބަސްވުންތައް ބަދަލުކުރަންޖެހޭކަމަށް ބުނެ.
2/ ސަބަބުތައް ކަމުގައި އެ މުވައްޒަފުން ބުނީ:
(ހ) ވަޒީފާގެ ބޭރުން ހުސްވަގުތުގައި މޯލްޑިވިއަންގެ ހުއްދަނެތި ވިޔަފާރި ކުރުން މަނާ ކުރާ އެއްބަސްވުމުގެ މާއްދާ މަސައްކަތްކުރުމުގެ ހައްގަށް ހުރަސް އަޅާތީ
(ށ) އެ އެއްބަސްވުމުގެ ދަށުން ޕެއިޑް އެނުއަލް ލީވް ނުލިބޭތީ
Read 12 tweets
Jan 26, 2021
Mohamed Shammoon v State [2021] SC 10
1/ މައިގަނޑު އިޝޫތައް: ފުލހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24(ށ) ގެ ދަށުން ފުލުހަކު ވަޒީފާއިން ވަކިކުރުން، އައިރު މުސްލިމުންގެ ހެކި ބަލައިގަތުން،double jeopardy, ވަޒީފާއާބެހޭ މައްސަލަތަކުގައި ބަދަލުދިނުން
2/ ވާގިއާތްތައް(facts): ޕޮލިހުގެ ސަރޖެންޓެއްގެ މަގާމުގައި ހުއްޓައި ޝައްމޫން ވަޒީފާއިން ވަކިކުރި. ވަކިކުރި ސަބަބަކީ އޭނާ އާއި އެހެން ބަޔަކު ވެގެން މާރާމާރީ ހިންގައި ކުޑަކުއްޖެއްގެ ކަރާމާތްތައް ނަގާލާފަދަ ކަންތައް ކުރުމުން.
3/ ސިވިލް ކޯޓުގައި ކުރި ދައުވާ: އެކަށީގެންވާ ސަބަބެއް ނެތި ޝައްމޫން ވަޒީފާއިން ވަކި ކޮށްފައިވާކަމަށް ބުނެ އޭނާ ސިވިލް ކޯޓުގައި ދައުވާކުރި. އޭނާގެ ނުކުތާތަކަށްވީ، ގއ ގެ 37 މާއްދާ (right to work) އަދި 43 (fair administrative action) އާ ޕޮލިސް ސަރވިސް އިން ހިލާފުވެފައިވާކަމަށް
Read 61 tweets
Dec 6, 2020
Abdulla Rasheed v Nika Maldives [2019/SC-A/42]

މައިގަނޑު އިޝޫތައް: ކުންފުންޏާބެހޭ ގާނޫނުގެ 38 (ހިއްސާ ވާރުތަވުން) ގައިވާ އިޖުރާއަތް، ކޯޓުތަކާބެހޭ ގާނޫނުގެ 20(ނ) ދަށުން ސްކޮމްއަށް ލިބިދެވޭ ބާރުތައް
1/ ކުޑަފޮޅުދޫ އޭ ކިޔުނު ރަށެއް (މިހާރު ނިކަ މޯލްޑިވްސް ރިސޯޓު) ނިކަ މޯލްޑިވްސް (ކުންފުންޏެއް. މީގެ ފަހުން [ނިކަ]) އަށް ކުއްޔަށް ދިނުމަށް މޫސާ ގާސިމް (އަލްމަރުހޫމް) އާ ނިކަ އާ ދެމެދު 1990 ގައި އެއްބަސްވުމެއްގައި ސޮއި ކުރެވުނު.
2/ މި އެރޭންޖްމަންޓްއަށް މޫސާ ގާސިމާ ނިކަ އައި އިރު، ނިކައިގައި މޫސާ ގާސިމުގެ 1 ހިއްސާ އޮވޭ. ކުއްޔަށް ދޭ އެއްބަސްވުމުގައި އޮތް ގޮތުން މޫސާގެ 1 ހިއްސާ އަށް ކޮންމެ މަހަކު 8,000 ރުފިޔާ ދޭންޖެހޭނެ ކަމަށް.
Read 22 tweets
Dec 5, 2020
Hawwa Naasiha v Mohamed Naashidu and others [2019/SC-A/43]

މައިގަނޑު އިޝޫތައް: ހަޖަރުކުރުން، ހަޖަރުކުރުމުގައި ގެންގުޅޭ އުސޫލުތައް، ހަވާލާދާރުގެ ޒިންމާތައް
1/ މޫސާ މަނިކަކީ އޭނާގެ މުދާ ތަސައްރަފުކުރުމުގެ ކުޅެދުންތެރިކަމެއް ނެތް ނުކުޅެދޭ މީހެއްކަމުން، އޭނާގެ މުދާ ބެލެހެއްޓުމަށް ދަރިންގެ ތެރެއިން ހައްވާ ނާސިހާއަށް (އެޕީލް ކުރާ މީހާއަށް) ޕަވަރ އޮފް އެޓާނީއެއްގެ ދަށުން ހަވާލުކުރި.
2/ އެ ޕީއޯއޭގައި ވާ ގޮތުން، ނާސިހާ އޭގައި ވާ އެއްވެސް ކަމަކަށް ހިޔާނާތްތެރި ވެއްޖެނަމަ، މަނިކުގެ ބާކީ ތިބި 10 ދަރިންނަނށް ނާސީހާ ގޮވައިގެން ކޯޓަށް ދެވޭނެ.
Read 28 tweets
Nov 23, 2020
Export Import (EXIM) Bank of Malaysia v One and Half Degree 2018/SC-A/40
މައިގަނޑު އިޝޫސްތައް: އިސްތިއުނާފީ ކޯޓުން (ހައިކޯޓުން) ދަށު ކޯޓަށް މައްސަލަ ތަހްވީލުކުރުން، ގއ ގެ 16،68 އަދި 69 މާނަކުރުން، އިސްތިއުނާފްކުރުމުގެ ހައްގު ވ ތަހްވީލުކުރުން
1/ ގދ ރަށެއްގައި ރިސޯޓެއް ހެދުމަށް، އެ ރަށް ރަހުނުކޮށް، ވައަން އެންޑް ހާފް އާއި އެކްޒިމް ބޭންކާއި ދެމެދު USD 19މިލިއަން ލޯނުގެ އެއްބަސްވުމެއްގައި ސޮއި ކުރެވުނު.
2/ ލޯނަށް ފައިސާ އަން & ހާފް އަކަށް ނުދެއްކުނު. އެކްޒިމް ބޭންކުން ވަން & ހާފް މައްޗަށް ދައުވާކުރި.
Read 27 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Don't want to be a Premium member but still want to support us?

Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us on Twitter!

:(