Mohamed Shaweed v Mohamed Latheef [2017/SC-A/39]

މައިގަނޑު އިޝޫ: ކުންފުންޏާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ކުންފުނި އުވާނުކައި އަދި ކުންފުންޏެއްގެ ދަރަނިތައް ހަލާސްނުކޮށް ކުންފުނީގެ މުދާތައް ބަހާފައިވާ ހާލަތުގައި މުދާ ލިބުނު ފަރާތްތައް ކުންފުނީގެ ދަރަންޏަށް ޒިއްމާކުރެވިދާނެތަ؟
1/ ހ. ވާލީ ވިލާ މޫސާ ފަހީމް އާއި އޭނާގެ ބޭބެ މ.ތްރީއޭ ވިލާ އަބްދުއްލާ އަލީ އާ ދެ މީހުން، ކުންފުނިތައްވެސް (ވާލީ ބްރަދާސް ޕވޓ ލޓޑ އާއި ތްރީ އޭ ބްރަދާސް ޕވޓ ލޓޑ) ހިމެނޭ ގޮތަށް ވިޔަފާރިތަކެއް ހިނަގަމުން ދިޔަ. މި ވިޔަފާރިތަކުގެ %60 ހިއްސާވަނީ އަލީ އަށް. %40 ހިއްސާ ވަނީ ފަހީމަށް.
2/ މި ދެ ބެއިންގެ ތެރެއިން ފަހީމް މަރުވި. މަރުވުމުން، ފަހީމްގެ ތަރިކައިގައި ހިމެނޭ ވާލީ ބްރަދާސް ޕވޓ ލޓޑ އާއި ތްރީއޭ ބްރަދާސް ޕވޓ ލޓޑ ގެ ހިއްސާތަކުގެ މައްސަލަ ހައިކޯޓުން ނިންމާފައިވަނީ، އެ ކުންފުނިތަކުގައި ވާ ފަހީމްގެ ހިއްސާ (%40) ލިބިގެންވަނީ ފަހީމްގެ ވާރިސުންނަށް ކަމަށް.
3/ ހައިކޯޓުން މި ގޮތަށް ހުކުމް ކުރުމުން، އޭރުގެ ސިވިލް ކޯޓު (މަދަނީ ކޯޓު) ން ހައިކޯޓުގެ ހުކުމާ އެއްގޮތަށް (%40 ފަހީމްގެ ވާރިސުންނަށް) ދެ ކުންފުނީގެ ހިއްސާތަކާއި މުދާތައް މަދަނީ ކޯޓުން ބަހައިދިން. (މަދަނީ ކޯޓުގެ ނަންބަރު 462/2004)
4/ ކަންތައް މިހެން ހިނގާފައި ވަނިކޮށް، ވާލީ ބްރަދާސް ގައި މާކެޓިންގ އަދި ސޭލްސް މެނޭޖަރެއްގެ މަގާމު އަދާކުރި ސ.މަރަދޫފޭދޫ އަލަނާސިގޭ މ.ލަތީފް، ފަހީމްގެ 8 ވާރިސުންގެ މައްޗަށް ދައުވާކުރި.

ދައުވާކުރީ ލަތީފަށް ލިބެން ޖެހި ނުލިބިވާ 1.4ރ މިލިއަން މުސާރައިގެ %40 (5،75،200ރ) އަށް.
5/ ލަތީފް ކުރި ދައުވާ ގެ މައްސަލަ ސިވިލް ކޯޓުން ވެސް، ހައިކޯޓުން ވެސް ނިންމީ ލަތީފް ކޮޅަށް.

ސުޕްރީމް ކޯޓުގެ މި މައްސަލައަކީ، ހައިކޯޓުން ލަތީފްކޮޅަށް ނިންމި ނިންމުމާ މެދު ފަހީމްގެ ވާރިސުންގެ ތެރެއިން ޝަމްވީދް ހިތްހަމަނުޖެހިގެން ހުށައެޅި މައްސަލަ.
6/ ސުޕްރީމް ކޯޓުގައި ޝަމްވީދް ނެގި ދެ ނުކުތާއަކީ:

(ހ) ކުންފުންޏަކީ ވަކި ޝްހްސެއް ކަމަށް އަދި ކުންފުންޏެއްގެ ދަރަނީގެ މައްޗަށް ކުންފުނީގެ ހިއްސާދާރުން ޒިންމާނުކުރެވޭނެކަމަށް
(ށ) ފަހީމް މަރުވިތާ 17 އަހަރު ދުވަސް ފަހުން ދައުވާ ކުރުމުގެ ހައްގު ލަތީފަށް މިހާރު ލިބިގެން ނުވާކަމަށް
7/ ފުރަތަމަ ނުކުތާގައި ސުޕްރީމް ކޯޓުން ނިންމީ:

- ގާނޫނުގައި ވާ ގޮތަށް ކުންފުނި އުވާނުލައި ކުންފުނީގެ މުދަލާއި ފައިސާ ހިއްސާދާރުންގެ މެދުގައި ބަހައި ދީފައި އޮތްނަމަ ވެސް، އެއީ މިހާރު އޮތް ހަގީގަތް ކަމުން، ލަތީފް ކުރާ ދައުވާއަކީ އެ ހަގީގަތާ ވަކިކުރެވޭނެ ދައުވާއެއް ނޫންކަން.
- ލަތީފަށް "ދައްކަންޖެހޭ ފައިސާއެއް ކަމަށް ސާބިތުވާ ނަމަ" އެ ފައިސާއަކީ، ފަހީމްގެ ވާރިސުން ލަތީފަށް ދޭން ޖެހޭނެ ފައިސާއެއްކަން.
8/ ފުރަތަމަ ނުކުތާގައި ސުޕްރީމް ކޯޓުން މި ގޮތަށް ނިންމި ނިންމުން ބިނާކުރީ، މަދަނީ ކޯޓުގެ ނަންބަރު 462/2004 (މި ތްރެޑްގެ 2-3 ކިޔާލާ) ގެ ހުކުމުގައި އެ މައްސަލައިގައި ބެލިފައިނުވާ ދަރަނިތަކަށް ފަހީމްގެ ވާރިިސުން ޒިންމާވުން އެ މައްސަލައިގައި ބަރީއަކޮށްފައިނުވާތީ.
9/ ދެވަނަ ނުކުތާގައި ސުޕްރީމް ކޯޓުން ނިންމީ:

- ކުންފުނީގެ މުދާތަކަކީ (ހިއްސާތަކެއް ނޫން، މުދާތައް) ހިއްސާދާރުންގެ ވާރިސުންނަށް ވާރުވާނެ އެއްޗެއް ނޫންކަމުން، ކުންފުނީގެ މުދަލާއި ފައިސާގެ %40 ފަހީމްގެ ވާރިސުންނަށް ދީފައި ވަނީ، ވާރުތަމުދަލުގެ ގޮތުގައި ނޫންކަން.
- ވާރުތަމުދަލުގެ ގޮތުގައި ދީފައިވާ މުދަލެއް ނޫންކަމުން، ލަތީފް ކުރާ ދައުވާއަކީ ފަހީމްގެ ތަރިކައިގެ މައްޗަށް ނުބެލޭވެނެކަން.

- ތަރިކައިގެ މައްޗަށް ކުރެވޭ ދައުވާއެއް ނޫންކަމުން، ތަރިކައިގެ މައްޗަށް 60 ދުވަހުގެ ތެރޭ ދައުވާކުރަން އޮންނަ އޮތުން މި މައްސަލައިގެ މައްޗަށް ނުހިނގާނެކަން.
9/ ލަތީފް ދައުވާކުރި ފައިސާއާމެދު ސުޕްރީމް ކޯޓުން ބުނީ، އޭގެ ތެރެއިން އެއްވެސް ފައިސާއެއް ލަތީފަށް ދެވިފައިވާކަމަކަށް ހުށަހަޅާފައިވާ ލިއެކިއުންތަކުން ފެންނަންނެތުމުން، އެ ފައިސާ ލިބެންޖެހޭކަމަށް.
10/ މަތީގައި މި ބުނި ނިންމުންތަކަށް ވާސިލުވުމަށް ސުއޫދު ފ. ބޭނުންކުރީ ކުންފުންޏާ ބެހޭ ގާނޫނާއި ކޮމްޕެނީ ލޯގެ ޕްރިންސިޕަލްތައް. މި ގޮތުން، މި މައްސަލައަކީ ކުންފުންޏާބެހޭ ގާނޫނާގުޅޭ ގިނަ އުސޫލުތައް ތަފްސީލުކޮށްދިން މައްސަލައެއް.
11/ މި ގޮތުން ސުއޫދު ފ. ތަފްސީލުކޮށްދިން ކުންފުންޏާބެހޭ ގާނޫނާ ގުޅޭ މައިގަނޑު އުސޫލުތަކަކީ:

(ހ) ކުންފުންޏަކީ ވަކި ގާނޫނީ ޝަހްސެއްކަން [ޕރ 11] separate legal entitu
(ށ) މެންބަރުން ގަންނަން އެއްބަސްވެފައިވާ ހިއްސާގެ އަގަށް ވާ މިންވަރަށް ކުންފުނީގެ ދަރަންޏަށް ޒިންމާވުން [ޕރ 12] limited liability
(ނ) ކުންފުންޏެއް އުވާނުލައި ކުންފުނީގެ މުދާ، އެ ކުންފުނިން ވަކިކޮށް، ހިއްސާދާރަކަށް/ހިއްސާދާރުންނަށް ނުދެވޭނެކަން. އަދި ސަބަބުތައް [ޕރ 15]

(ރ) ހިއްސާދާރުންގެ މިލްކަކީ ކުންފުނީގެ ހިއްސާކަން އަދި އެއީ އުފުލޭ މުދަލެއްކަން [ޕރ 16]
(ބ) ހިއްސާދާރަކު މަރުވެއްޖެ ނަމަ، މަރުވި ހިއްސާދާރުގެ ހިއްސާގެ ހައްގުވެރިޔާ/ވެރިން ކަމުގައި، ކުންފުނީގެ ހިންގާ ގަވާއިދާ ހިލާފުނުވާ ގޮތެއްގެ މަތިން، ޝަރުއީ ކޯޓަަަކަށް ކަނޑައެޅިދާނެކަން. [ޕރ 17]

(ޅ) ހިއްސާދާރަކު މަރުވިޔަސް، ކުންފުނި އުވިގެން ނުދާނެކަން. [ޕރ 18]
(ކ) މައިނޯރިޓީ ހިއްސާދާރަކާ/ދާރުންނާއި މެޖޯރިޓީ ހިއްސާދާރަކާ/ދާރުންނާ މެދު ހިޔާލު ތަފާތުވެއްޖެނަމަ،ކުންފުންޏާބެހޭ ގާނޫނުގެ 73 ވަނަ މާއްދާގައި ވާ ގޮތަށް އަމަލުކުރެވިދާނެކަން. [ޕރ 18-19]
(އ) ޑިރެކްޓަރުން ކުންފުންޏަށް ގެއްލުންވާގޮތަށް އަމަލުކުރަމުން ދާނަމަ، ކުންފުނި އުވާލުމަށް، ހިއްސާދާރަކަށް ކޯޓުގައި އެދެވިދާނެކަން އަދި އެ ގޮތަށް އެދުމުން، ކުންފުނި އުވާލުމަކީ "އޮތް އެންމެ އަދުލުވެރި އަދ ިއިންސާފުވެރި ގޮތް" ނަމަ އުވާލުމުގެ އަމުރެއް ކޯޓަށް ނެރެވިދާނެކަން [ޕރ 20]
@threadreaderapp unroll please

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Novus Causidicus

Novus Causidicus Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @KudaVakeelu

16 Oct
Export-Import Bank of Malaysia Berhad(EXIM Bank) (Appellant) v Sultans of The Seas Marine Pvt Ltd (Sultans) (Respondent) [2017/SC-A/23]

މައިގަނޑު އިޝޫތައް: ރެސް ޖުޑިކާޓާ، ގަވަރނިންގ ލޯ، ގަވަރނިންގ ޖުރިސްޑިކްޝަން
1/ މެލޭޝިއާގެ އެކްޒްއިމް ބޭންކުން ސަލްޓަންސް އޮފް ދަ ސީސް މެރިން ޓެކްސީ އިން USD 8 ލައްކައިގެ ލޯނެއް ނެގި. މި ލޯނުގެ ގެރެންޓީ އެކްޒްއިމް ބޭންކަށް ދިނީ މައްސަލަ ރައްދުވާ ސަލްޓަންސް އިން.

ލޯނު ނެގި ސަލްޓަންސް އިން ލޯނުގެ ފައިސާ އަނބުރައި ނުދެއްކި.
2/ އޭރު ވަނީ 2 އެގްރީމެންޓެއް ކޮށްފައި. އެއީ:
އެކްޒިމް ބޭންކް - ލޯނު ނެގި ސަލްޓަންސް އާ ދެމެދު ވެފައިވާ ފެސިލިޓީ އެއްބަސްވުން.
އެކްޒިމް ބޭންކް - ލޯނުގެ ގެރެންޓީ ދިން ސަލްޓަންސް އާ އެކު ވެފައިވާ ކޯޕަރޭޓް ގެރެންޓީ އެއްބަސްވުން.
Read 30 tweets
3 Oct
Medianet v MIRA 2016/SC-A/23

މައިގަނޑު އިޝޫތައް:
(1) ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 44 އާއި 49 އާ ދެމެދު ވާ ފުށުއެރުން
(2) ބީޕީޓީ ގާނޫނުގެ 6 (ހ)(1) ގައި ވާ "އެނޫންވެސް މުދާ" ގެ ތެރޭގައި އައިރު މާއްދީ (intangible) މުދާ ހިމެނޭތޯ
1/ މީޑިއާނެޓުން ރާއްޖެއިން ބޭރުގައި ވަޒަންވެރިވެފަިވާ ފަރާތްތަކަށް ދައްކާ ޗެނަލް ލައިސަންސިންގ ފީ އަށް ދައްކަންޖެހޭ ވިތްހޯލްޑިންގ ޓެކްސް (ވހޓ) ނުދައްކާތީ އެ ފީ ތަކަށް ވާ 2.1 މިލިއަން ވހޓ އާއި 2.5 ލައްކަ ފައިންސް ދެއްކުމަށް މީރާއިން މީޑިއާނެޓްއަށް އެންގި.
2/ މީޑިއާނެޓުން މީރާގެ އެންގުމަށް އިއުތިރާޒްކުރި (އިދާރީ ގާނޫނުގެ 42).

މީރާއިން ނިންމީ މީރާގެ ނިންމުމަށް ބަދަލުގެންނަން ނުޖެހޭކަމަށް. އެކަމާ އިއުތިރާޒްކުރާނަމަ އިދާރީ ގާނޫނުގެ 44 ގެ ދަށުން، ދައްކަންޖެހޭ ހުރިހައި ޓެކްސެއް ދެއްކުމަށްފަހު ޓެޓް ގައި އެޕީލްކުރުމަށް.
Read 20 tweets
24 Sep
Bank of Ceylon v Theluveligaa Retreat [2019/SC-S/47]

ކީވޯޑްސް: ރިޓް އޮފް ޕްރޮހިބިޝަން، ހައިކޯޓުގައި ހިނގަމުންދާ މައްސަލަ ބާތިލުކުރުން، ނެގޯޝިއޭޓްގެ އުކުޅަކަށް ލިޓީގޭޝަން ބޭނުންކުރުން
ނިންމުމު މައިގަނޑު އިޝޫ: ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުންހައިކޯޓުގައި ހިނގަމުންދާ މައްސަލަ ބާތިލުކުރެވިދާެނެތޯ؟
1/ ކާސްޓްއަވޭއަށް ބޭންކް އޮފް ސިލޯން (ބއސ) އިން ދިން ފެސިލިޓީއަކަށް ހުސައިން ހިލްމީ (ތެލުވެލިގާ ގެ ޝެއަރހޯލްޑަރެއް) ގެރެންޓީ ދިން. ފެސިލިޓީގެ ދަށުން ދީފައިވާ ލޯނަށް ކާސްޓްއަވޭ އިން އަދާނުކުރާތީ ބއސ އިން ދައުވާކުރި. ދައުވާ ލިބުނީ ކާސްޓް އަވޭ އަދި ހިލްމީއަށް.
Read 18 tweets
23 Sep
Abdulla Arif v Apollo Holdings Pvt Ltd 2017/SC-A/40

މައްސަލައިގެ ބާވަތް: އެއްބަސްވުމާ ހިލާފު އުފެދިގެން ހުށަހަޅާ މައްސަލަ
ކީ ވޯޑްސް: ކިތާބީ ހެކި. އިންޑޯ މެނޭޖްމަންޓް ރޫލް.
މައިގަނޑު އިޝޫ:
މި އީ ވަރަށް އޮޅުންބޮޅުން ވެފަ ހުރި ފެކްޓްސްތަކެއް ހިމެނޭ މައްސަލައެކެވެ.
އެޕޯލޯ އާއި މޯވޭ ކޮންސްޓްރަކްޝަން އަށް 20/09/2006 ގެ ނިޔަލަށް ލިބޭ ޕްރޮޖެކްޓްތަކުގެ ފައިދާއިން %25 ( ޖުމްލަ 1،450،000ރ) އބ.އާރިފަށް ދިނުމަށް، ވާހިދު އާއި އަހްމަދު އާރިފް (އ.އާރިފް) އބ.އާރިފް އަށް ލިޔުމެއް ދިނެވެ. ވާހިދު އާއި އ.އާރިފް އަކީ އެޕޯލޯ އާއި މޯވޭގެ އިސް 2 މީހުންނެވެ.
Read 31 tweets
21 Sep
Fathimath v. Aminath Husain 2018/SC-A/21

މައްސަލައިގެ ބާވަތް: ބިމާބެހޭ
1. އުފެދުނު މައިގަނޑު ސުވާލު: ބަންޑާރަ ގޯއްޗެއް ރަޖިސްޓްރީ ކުރެވިފައިވާ މީހަކު މަރުވެފައި ވަނިކޮށް އެ ގޯތީގައިވާ ތަރިކަ ވާރިސުންގެ މެދުގައި ނުބަހައި އެ ގޯތިން ބައެއް ރަށު އޮފީހުން ވަކިކޮށް، ވަކިކުރެވުނު ބައި އެހެން މީހަކަށް ދީ ވަކި ގޯއްެޗެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިދާނެތޯ؟
2. ކޯޓުން ނިންމީ ޝަރީއަތް މެދުވެރިކޮށް މެނުވީ ގޯއްޗަށާއި އިމާރާތަށް ހަދައިދީފައިވާ ރަޖިސްޓްރީއެއް ބިމާބެހޭ އިދާރާއަކަށް ބާތިލުނުކުރެވޭކަމާއި ޝަރިއަތް މެދުވެރިނުކޮށް ބަންޑާރަ ގޯއްޗެއް އެހެން މީހުންނަށް ބަހައި ބިމާބެހޭ އިދާރާއަތްވެސް ރަޖިސްޓްރީކޮށް ނުދެވޭނެކަމަށެވެ.
Read 7 tweets
21 Sep
މިރޭގެ ޑޮކެޓް 2 ގައި ރައީފާ އަބްދުލްވައްހާބް (އެޓް އަލް) ވ. އޭޖީ (2019/އެޗްސީ-ޑީއެމް/02)

މައްސަލައިގެ ބާވަތް: ދުސްތޫރީ
މައިގަނޑު ސުވާލު: ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ "ކައުންސުލުން ކުރާ ގާނޫނު ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަކުރުމުގެ އުސޫލް" އަކީ ގާނޫނު 2010/7 ގެ 149 ވަނަ މާއްދާއިން އެލްޖީއޭ އަށް ލިބިދީފައިވާ ހުދޫދުގެ ބޭރުން ހަދާފައިވާ އުސޫލެއްތޯ؟
ހައިކޯޓުގެ ރަޖިސްޓްރަރ ނިންމީ މި އީ "އުސޫލެއް" ބާތިލުކުރުމަށް ހުށަހަޅާފައިވާ މައްސަލައެއްކަމުން، މި އީ ހައިކޯޓަށް ބެލުމުގެ އިހްތިސާސް ލިބިފައިވާ ބާވަތުގެ މައްސަލައެއް ނޫންކަން ކޯޓުތަކުގެ ގާނޫނުގެ 37 ވަނަ މާއްދާއާއި ހައިކޯޓުގެ ގަވާއިދުގެ (2011) ގެ 25 ވަނަ މާއްދާއިން އެނގޭކަމަށެވެ.
Read 10 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!