Export Import (EXIM) Bank of Malaysia v One and Half Degree 2018/SC-A/40
މައިގަނޑު އިޝޫސްތައް: އިސްތިއުނާފީ ކޯޓުން (ހައިކޯޓުން) ދަށު ކޯޓަށް މައްސަލަ ތަހްވީލުކުރުން، ގއ ގެ 16،68 އަދި 69 މާނަކުރުން، އިސްތިއުނާފްކުރުމުގެ ހައްގު ވ ތަހްވީލުކުރުން
1/ ގދ ރަށެއްގައި ރިސޯޓެއް ހެދުމަށް، އެ ރަށް ރަހުނުކޮށް، ވައަން އެންޑް ހާފް އާއި އެކްޒިމް ބޭންކާއި ދެމެދު USD 19މިލިއަން ލޯނުގެ އެއްބަސްވުމެއްގައި ސޮއި ކުރެވުނު.
2/ ލޯނަށް ފައިސާ އަން & ހާފް އަކަށް ނުދެއްކުނު. އެކްޒިމް ބޭންކުން ވަން & ހާފް މައްޗަށް ދައުވާކުރި.
3/ ސިވިލް ކޯޓުގައި މޮޅުވީ އެކްޒިމް ބޭންކް. އޭރު USD 22 މިލިއަން ވަން & ހާފް އިން އެކްޒިމް ބޭންކަށް ދައްކަންޖެހޭ.
4/ ހައިކޯޓުގައި މޮޅުވީ ވަން & ހާފް. ނިންމީ ސިވލް ކޯޓުގެ ނިންމުން ބާތިލުކަމަށް. އަދި ކޯޓުތަކުގެ ގާނޫނު (22/2010) ގެ 46 ގެ ދަށުން މައްސަލަ ސިވިލް ކޯޓަށް ތަހްވީލު (remittal/remand) ކުރުމަށް.
5/ ހައިކޯޓުގެ ސަބަބުތަކަށް ވީ 5 ސަބަބެއް (ސްކޮމް ގެ ނިންމުމުގެ ޕރ 8). އެންމެ މައިގަނޑު 3 ސަބަބަކީ: (ހ) ސެޓެލްމަންޓް އެގްރީމަންޓެއް ވާން އެއްބަސްވުމުގައި އޮތްވައި ސެޓެލްމަންޓް އެގްރީމަންޓެއް ނެތުން ...
އަދި (ށ) ކައުންޓަރ ކްލެއިމްއެއް ކޮށް ފަ އޮތްވާ އެއަށް ގޮތެއް ނިންމަން ވާނެކަން އަދި (3) މައްސަލައެއްގެ ނިންމުމަށް ވާސިލުވި ގޮތާއި ސަބަބު ނެތުން
6/ އެކްޒިމް ބޭންކުން ސްކޮމްގައި ނެގި މައިގަނޑު ގާނޫނީ އިޝޫއަކީ، މިއީ ތަހުވީލު ނުކުރެވޭނެ މައްސަލައެއް ކަމަށް ބުނެ، ހައިކޯޓުން މައްސަލަ ތަހުވީލުކޮށްފައިވާ އިޝޫ
7/ ވަން & ހާފް އިން ރައްދުގައި މާ ބުރަދަން ހުރި އެއްޗެއް ނުބުނޭ. ބުނިހައި ވެސް އެއްޗަކީ، ހަމަ އެޕީލް ނުކުރެވޭނެ ކަމާއި، ތަހްވީލްކުރަން ޖެހޭ ސަބަބު ހައިކޯޓުގެ ނިންމުން ބެލުމުން އެނގޭނެ ކަމާއި، ހައިކޯޓުގައި ވެސް ދެކެވުނު ހުކުމަށް ވާސިލުވި ސަބަބު ނެތް ވާހަކަ
8/ ސްކޮމް އިން މައިގަނޑު ގޮތެއްގައި ބުނީ، އިސްތިއުނާފް ކުރާއި މައްސަލައެއްގައި ދަށު ކޯޓުން ނުބެލި ހުރި ކަންތައްތަކެއް ފާހަގަކުރެވިއްޖެނަމަ، މައްސަލަ ބަލަންޖެހޭ އުސޫލު ކަނޑައަޅައި އެ މައްސަލަ ތަހްވީލު ކުރުމުގެ އިހްތިޔާރު ހައިކޯޓަށް ލިބިގެންވާކަން.
9/ ހައިކޯޓުން، މައްސަލައިގެ ފެކްޓްސް އަކީ ކޮބައިކަން ބަލަންޖެހޭނީ،
(ހ) ހައިކޯޓުން ފޮނުވިއިރު މައްސަލަ ބަލަންޖެހޭ އުސޫލުތައްކަމަށް ބުނި އުސޫލުތަކަށް ދަށު ކޯޓުން އަމަލުކޮށްފައި ނުވާނަމަ، ނުވަތަ
(ށ) ދަށު ކޯޓުން ދެވެނަ ފަހަރު ނިންމި ނިންމުމުގައި އިސްތިއުނާފް ކުރުމަށް ގާނޫނޫ ހުއްދަކުރާ ސަބަބެއް އޮވެގެން ދެ ވަނަ ފަހަރަށް އިސްތިއުނާފް ކުރާ އިރު، ކަން ހިނގާފައިވާ ގޮތް ސާފުނުވާނަމަ ފެކްޓްސް ސާބިތުކުރުމަށް
10/ އިތުރަށް ފ ޝުޖޫން ބުނީ، "ފުރިހަމަ ނޫންކަމަށް ބުރަވެވޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މައްސަލަ ނިންމުމަކީ އެކަށީގެންވާ ގޮތެއް އަދި ޢަދުލުވެރި ގޮތެއް (ނޫން) ކަމުގައި". އެހެންކަމުން، ތަހްވީލްކުރި ކުރުން އޯކޭކަމަށް
11/ އެކަމަކު، ހައިކޯޓުން މައްސަލަތައް ތަހްވީލުކުރާއިރު ބަލަންޖެހޭ ކަންތައް ފާހަގަކުރުމަށްފަހު، މި މައްސަލައަށް ފ ޝުޖޫން އެ ބަލަންޖެހޭ ކަންތައްތައް އެޕްލައި ކުރިތަނެއް ނުފެނޭ. ކުރިނަމަ ފުރިހަމަ ވީސް ކަމަށް ދެކެން.
12/ ދެން މި މައްސަލައިގައި ބަލާފައިވަނީ، ގާނޫނު އަސާސީގައިޥާ އަސާސީ ހައްގު މާނަކުރުމުގެ މާއްދާތަކަށް. އެއީ އެކްޒިމް ބޭންކުން ތަހްވީލުކުރުމަކީ އިސްތިއުނާފްކުރުމަށް ހުރަހެއް ކަމަށް ބުނެފައިވާތީ. އެކަމަކު މިއަކީ ތާކުންތާކު ޖެހޭ ވާހަކެއް ކަމަކަށް ނުފެނޭ.
13/ އެހާ މުހިއްމު ކަމެއް މި ކަމުގައި ނިންމާފައެއް ނެތް. އޮތްހައި ވެސް އެއްޗަކީ، މަޖްލީހުން ފާސްކުރާ ގާނޫނަކުން އަސާސީ ހައްގެއް ހިފެހެއްޓިދާނެކަމަށް. އަދި އެ ހިފެހެއްޓުމެއް ރަނގަޅުތޯ/ގޯސްތޯ ބެލުމަށް، ހުޅުވިފައިވާ މުޖްތަމައު ތަކުގައި އަމަލުކުރާގޮތަށް ބެލިދާނެކަން
14/ ތަހްވީލުކުރުމުގެ އުސޫލު ބުނެދެނީ މަޖްލީހުން ފާސްކޮށްފައިވާ ކޯޓްތަކާ ބެހޭ ގާނޫނުކަމުން، ތަހްވީލުކުރެވިދާނެކަން އެނގޭކަމާއި، ދިމިގްރާތީ އެހެން ގައުމުތަކުގެ ކޯޓުތަކުން ވެސް ވެސް ތަހްވީލުކުރާކަން.
15/ އެކްޒިމް ބޭންކުން، ތަހްވީލްކުރުމަކީ އިސްތިއުނާފްކުރުމުގެ ހައްގަށް އެޅޭ ހުރަހެއްކަމަށް ބުނާ ބުނުމާ މެދު ސުވާލު އުފެއްދި. އެއީ ހާދަ ތާކުންތާކު ނުޖެހޭ ވާހަކަ އެކޭ އަހަރެންގެ ހިތަށްވެސް އަރާ.
16/ ސަބަބަކީ، އެކްޒިމް ބޭންކުން ގާނޫނުއަސާސީގެ މާއްދާތައް މާނަކުރުމުގައި ގެންގުޅުނީ އެއްވެސް ހަމަޖެހޭ އުސޫލެއްނޫން.
17/ އެކްޒިމް ބޭންކުން އުޅުނީ ގއ 69 ވަނަ މާއްދާ އެކަނި ކިޔައިގެން މާނަކުރަން. އެކަމަކު، 69 ވަނަ މާއްދާ ކިޔަންވާނީ 16 ވަނަ މާއްދާ އާއި 68 ވަނަ މާއްދާ އާ އެއްކޮށް ކަމީ، ނޭނގެންޖެހޭ ވަރުކަމެއް ކަމަކަށް ނުދެކެން.
18/ ފ އަލީ ރަޝީދު ވާހަކަ ދެއްކީ މުޅިންވެސް އެކަކު (ވަން & ހާފް) ސެޓެލްމެންޓް އެގްރީމަންޓެއް އޮތްކަމަށް ބުނާއިރު އަނެކަކު (އެކްޒިމް ބޭންކް) ސެޓެލްމަންޓް އެގްރީމަންޓެއް ނެތްކަމަށް ބުނާ ބުނުމުގެ މައްޗަށް.
19/ ސެޓެލްމެންޓް އެގްރީމަންޓެއް އޮތްކަމަށް ބުނާ ވަން & ހާފް އިން ދެއްކީ އަދި މާ މޮޅު ވާހަކައެއް. އެކްޒިމް ބޭންކުން ބުނި ގޮތަށް އެގްރީމަންޓް ޑްރާފްޓްކޮށް ސޮއިކޮށް ރަޖިސްޓަރޑް ޕޯސްޓުން ފޮނުވާފައިވުމުން، އެއްބަސްވުމެއް އޮންނާނެކަމަށް
20/ ދެރަވަރު. ޕޯސްޓަލް ރޫލް އަކީ، ހުށަހެޅުން އާއި/ނުވަތަ ގަބޫލުކުރުން ޕޯސްޓުން/އެފަދަ އެހެން ގޮތަކަށް ފޮނުވާ ހާލުގައި އެޕްލައި ކުރާ ރޫލެއް. ...
21/ އެއަކީ، އެކަކު ބުނާ ގޮތަށް ލިޔެފައި އޮންނަ އެއްބަސްވުމުގެ ޑްރާފްޓެއް އެ ބުނި މީހާއަށް ފޮނުވުމުން، އެނާ އެ އެއްބަސްވުން އެގްޒެކިއުޓް ކޮށްފައި ނެތަސް، އެއްބަސްވުމެއް ވެވިފައި ވާނެކަމަށް ބުނާ ރޫލްއެއް ނޫން.
މައްސަލައިގައި ކަނޑައެޅުނު ރޭޝިއޯ:
1. (ދަށު ކޯޓުން މައްސަލަ ނިންމި ނިންމުން ބަޔާންނުކުރާނަމަ)، ހައިކޯޓުން ދަށު ކޯޓަށް މައްސަލަ ތަހްވީލުކުރެވިދާނެކަން (ބްރެކްޓްގައި އޮތް ތަން ބޮޑަށް އެނގެނީ މައިނޯރިޓީ ރައުޔު ދިން ފަނޑިޔާރުގެ ރައުޔުން)
2. ތަހްވީލުކުރުމަކީ އިސްތިއުނާފްކުރުމުގެ ހައްގަށް އެޅޭ ހުރަހެއްކަމަށް ނުބެލެވޭކަން
@threadreaderapp please unroll

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Kuda Vakeelu (KV)

Kuda Vakeelu (KV) Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @KudaVakeelu

18 Nov
Abdul-Hameed Mohamed v State (MoHI)[2017/SC-A25]

މައިގަނޑު އިޝޫތައް: ވިއްކުމުގެ ކުރީގެ އެގްރީމަންޓް (presale agreement), ގާނޫނީ މިލްކުވެރިކަން (legal ownership), އަދާލަތުގެ މިލްކުވެރިކަން (equitable ownership)
1/ ވެށިފަހި މާލެ ޕްރޮގްރާމް ގެ ދަށުން ފްލެޓް ލިބުނު މީހުންގެ ލިސްޓު އާންމު ކުރި އިރު ހަމީދުގެ ނަން އޮތް. 3 މަސް ފަހުން ހައުސިންގ އަށް އެންގީ ފްލެޓަކަށް ހަމީދު ހޮވުނު ހޮވުން ބާތިލުކޮށްފިކަމަށް. ސަބަބަކީ، އެޗްޑީސީ އާއި ހަމީދާ ދެމެދު ރޯހައުސްއެއް ގަތުމަށް އެއްބަސްވެފައިވާތީ.
2/ ހަމީދުގެ ނަން ލިސްޓުން ނެގި ނެގުމަކީ ބާތިލު ކަމެއް ކަމަށާއި، ފްލެޓް ލިބެންޖެހޭ މީހުންގެ ތެރޭގައި ހަމީދު ހިމަނަން ހައުސިންގ މައްޗަށް އަމުރުކޮށްދިނުމަށް އެދި ހަމީދު ސިވިލް ކޯޓުގައި ދައުވާ ކުރި. ސިވލް ކޯޓުން ހަމީދު އެދުނު ގޮތަކަށް އަމުރެއް ނެރެއެއް ނުދިން.
Read 13 tweets
24 Oct
Mohamed Shaweed v Mohamed Latheef [2017/SC-A/39]

މައިގަނޑު އިޝޫ: ކުންފުންޏާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ކުންފުނި އުވާނުކައި އަދި ކުންފުންޏެއްގެ ދަރަނިތައް ހަލާސްނުކޮށް ކުންފުނީގެ މުދާތައް ބަހާފައިވާ ހާލަތުގައި މުދާ ލިބުނު ފަރާތްތައް ކުންފުނީގެ ދަރަންޏަށް ޒިއްމާކުރެވިދާނެތަ؟
1/ ހ. ވާލީ ވިލާ މޫސާ ފަހީމް އާއި އޭނާގެ ބޭބެ މ.ތްރީއޭ ވިލާ އަބްދުއްލާ އަލީ އާ ދެ މީހުން، ކުންފުނިތައްވެސް (ވާލީ ބްރަދާސް ޕވޓ ލޓޑ އާއި ތްރީ އޭ ބްރަދާސް ޕވޓ ލޓޑ) ހިމެނޭ ގޮތަށް ވިޔަފާރިތަކެއް ހިނަގަމުން ދިޔަ. މި ވިޔަފާރިތަކުގެ %60 ހިއްސާވަނީ އަލީ އަށް. %40 ހިއްސާ ވަނީ ފަހީމަށް.
2/ މި ދެ ބެއިންގެ ތެރެއިން ފަހީމް މަރުވި. މަރުވުމުން، ފަހީމްގެ ތަރިކައިގައި ހިމެނޭ ވާލީ ބްރަދާސް ޕވޓ ލޓޑ އާއި ތްރީއޭ ބްރަދާސް ޕވޓ ލޓޑ ގެ ހިއްސާތަކުގެ މައްސަލަ ހައިކޯޓުން ނިންމާފައިވަނީ، އެ ކުންފުނިތަކުގައި ވާ ފަހީމްގެ ހިއްސާ (%40) ލިބިގެންވަނީ ފަހީމްގެ ވާރިސުންނަށް ކަމަށް.
Read 21 tweets
16 Oct
Export-Import Bank of Malaysia Berhad(EXIM Bank) (Appellant) v Sultans of The Seas Marine Pvt Ltd (Sultans) (Respondent) [2017/SC-A/23]

މައިގަނޑު އިޝޫތައް: ރެސް ޖުޑިކާޓާ، ގަވަރނިންގ ލޯ، ގަވަރނިންގ ޖުރިސްޑިކްޝަން
1/ މެލޭޝިއާގެ އެކްޒްއިމް ބޭންކުން ސަލްޓަންސް އޮފް ދަ ސީސް މެރިން ޓެކްސީ އިން USD 8 ލައްކައިގެ ލޯނެއް ނެގި. މި ލޯނުގެ ގެރެންޓީ އެކްޒްއިމް ބޭންކަށް ދިނީ މައްސަލަ ރައްދުވާ ސަލްޓަންސް އިން.

ލޯނު ނެގި ސަލްޓަންސް އިން ލޯނުގެ ފައިސާ އަނބުރައި ނުދެއްކި.
2/ އޭރު ވަނީ 2 އެގްރީމެންޓެއް ކޮށްފައި. އެއީ:
އެކްޒިމް ބޭންކް - ލޯނު ނެގި ސަލްޓަންސް އާ ދެމެދު ވެފައިވާ ފެސިލިޓީ އެއްބަސްވުން.
އެކްޒިމް ބޭންކް - ލޯނުގެ ގެރެންޓީ ދިން ސަލްޓަންސް އާ އެކު ވެފައިވާ ކޯޕަރޭޓް ގެރެންޓީ އެއްބަސްވުން.
Read 30 tweets
3 Oct
Medianet v MIRA 2016/SC-A/23

މައިގަނޑު އިޝޫތައް:
(1) ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 44 އާއި 49 އާ ދެމެދު ވާ ފުށުއެރުން
(2) ބީޕީޓީ ގާނޫނުގެ 6 (ހ)(1) ގައި ވާ "އެނޫންވެސް މުދާ" ގެ ތެރޭގައި އައިރު މާއްދީ (intangible) މުދާ ހިމެނޭތޯ
1/ މީޑިއާނެޓުން ރާއްޖެއިން ބޭރުގައި ވަޒަންވެރިވެފަިވާ ފަރާތްތަކަށް ދައްކާ ޗެނަލް ލައިސަންސިންގ ފީ އަށް ދައްކަންޖެހޭ ވިތްހޯލްޑިންގ ޓެކްސް (ވހޓ) ނުދައްކާތީ އެ ފީ ތަކަށް ވާ 2.1 މިލިއަން ވހޓ އާއި 2.5 ލައްކަ ފައިންސް ދެއްކުމަށް މީރާއިން މީޑިއާނެޓްއަށް އެންގި.
2/ މީޑިއާނެޓުން މީރާގެ އެންގުމަށް އިއުތިރާޒްކުރި (އިދާރީ ގާނޫނުގެ 42).

މީރާއިން ނިންމީ މީރާގެ ނިންމުމަށް ބަދަލުގެންނަން ނުޖެހޭކަމަށް. އެކަމާ އިއުތިރާޒްކުރާނަމަ އިދާރީ ގާނޫނުގެ 44 ގެ ދަށުން، ދައްކަންޖެހޭ ހުރިހައި ޓެކްސެއް ދެއްކުމަށްފަހު ޓެޓް ގައި އެޕީލްކުރުމަށް.
Read 20 tweets
24 Sep
Bank of Ceylon v Theluveligaa Retreat [2019/SC-S/47]

ކީވޯޑްސް: ރިޓް އޮފް ޕްރޮހިބިޝަން، ހައިކޯޓުގައި ހިނގަމުންދާ މައްސަލަ ބާތިލުކުރުން، ނެގޯޝިއޭޓްގެ އުކުޅަކަށް ލިޓީގޭޝަން ބޭނުންކުރުން
ނިންމުމު މައިގަނޑު އިޝޫ: ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުންހައިކޯޓުގައި ހިނގަމުންދާ މައްސަލަ ބާތިލުކުރެވިދާެނެތޯ؟
1/ ކާސްޓްއަވޭއަށް ބޭންކް އޮފް ސިލޯން (ބއސ) އިން ދިން ފެސިލިޓީއަކަށް ހުސައިން ހިލްމީ (ތެލުވެލިގާ ގެ ޝެއަރހޯލްޑަރެއް) ގެރެންޓީ ދިން. ފެސިލިޓީގެ ދަށުން ދީފައިވާ ލޯނަށް ކާސްޓްއަވޭ އިން އަދާނުކުރާތީ ބއސ އިން ދައުވާކުރި. ދައުވާ ލިބުނީ ކާސްޓް އަވޭ އަދި ހިލްމީއަށް.
Read 18 tweets
23 Sep
Abdulla Arif v Apollo Holdings Pvt Ltd 2017/SC-A/40

މައްސަލައިގެ ބާވަތް: އެއްބަސްވުމާ ހިލާފު އުފެދިގެން ހުށަހަޅާ މައްސަލަ
ކީ ވޯޑްސް: ކިތާބީ ހެކި. އިންޑޯ މެނޭޖްމަންޓް ރޫލް.
މައިގަނޑު އިޝޫ:
މި އީ ވަރަށް އޮޅުންބޮޅުން ވެފަ ހުރި ފެކްޓްސްތަކެއް ހިމެނޭ މައްސަލައެކެވެ.
އެޕޯލޯ އާއި މޯވޭ ކޮންސްޓްރަކްޝަން އަށް 20/09/2006 ގެ ނިޔަލަށް ލިބޭ ޕްރޮޖެކްޓްތަކުގެ ފައިދާއިން %25 ( ޖުމްލަ 1،450،000ރ) އބ.އާރިފަށް ދިނުމަށް، ވާހިދު އާއި އަހްމަދު އާރިފް (އ.އާރިފް) އބ.އާރިފް އަށް ލިޔުމެއް ދިނެވެ. ވާހިދު އާއި އ.އާރިފް އަކީ އެޕޯލޯ އާއި މޯވޭގެ އިސް 2 މީހުންނެވެ.
Read 31 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!