Abdulla Rasheed v Nika Maldives [2019/SC-A/42]

މައިގަނޑު އިޝޫތައް: ކުންފުންޏާބެހޭ ގާނޫނުގެ 38 (ހިއްސާ ވާރުތަވުން) ގައިވާ އިޖުރާއަތް، ކޯޓުތަކާބެހޭ ގާނޫނުގެ 20(ނ) ދަށުން ސްކޮމްއަށް ލިބިދެވޭ ބާރުތައް
1/ ކުޑަފޮޅުދޫ އޭ ކިޔުނު ރަށެއް (މިހާރު ނިކަ މޯލްޑިވްސް ރިސޯޓު) ނިކަ މޯލްޑިވްސް (ކުންފުންޏެއް. މީގެ ފަހުން [ނިކަ]) އަށް ކުއްޔަށް ދިނުމަށް މޫސާ ގާސިމް (އަލްމަރުހޫމް) އާ ނިކަ އާ ދެމެދު 1990 ގައި އެއްބަސްވުމެއްގައި ސޮއި ކުރެވުނު.
2/ މި އެރޭންޖްމަންޓްއަށް މޫސާ ގާސިމާ ނިކަ އައި އިރު، ނިކައިގައި މޫސާ ގާސިމުގެ 1 ހިއްސާ އޮވޭ. ކުއްޔަށް ދޭ އެއްބަސްވުމުގައި އޮތް ގޮތުން މޫސާގެ 1 ހިއްސާ އަށް ކޮންމެ މަހަކު 8,000 ރުފިޔާ ދޭންޖެހޭނެ ކަމަށް.
3/ އެކަމަކު، 21 ޖުލައި 1999 އަކުން 30 ޖުލައި 2012 ގެ ނިޔަލަށް މޫސާ ގާސިމުގެ ވާރިސުންނަށް ނިކައިން ދީފައެއް ނުވޭ. އެހެންވެ، މޫސާ ގާސިމުގެ ވާރިސުން ނިކައިގެ މައްޗަށް ދައުވާކުރި.
4/ ސިވިލް ކޯޓުގައި ވާރިސުން އެދުނީ، ކުއްޔަށް ދިނުމުގެ އެއްބަސްވުމާ އެއްގޮތަށް ނިކައިން އަމަލުކޮށްފައި ނުވާތީ އެއްބަސްވުމަކީ ބާތިލުވެފައިވާ ކަމަށާއި، ކުޑަފޮޅުދޫ އަބްދުﷲ ރަޝީދު މޫސާ އާ ހަވާލުކޮށް (ސްޕެސިފިކް ޕާފޮމަންސް)، ނިކައިން ނުދީ ވާ ފައިސާ ނިކައިން ދޭންޖެހޭކަމަށް ކަނޑައަޅައި
5/ ސިވިލް ކޯޓުން ނިންމީ، މޫސާ ގާސިމްގެ 1 ހިއްސާއަކީ، މޫސާ ގާސިމުގެ ވާރިސުންނަށް މިލުކުވެރިކަމުގެ ހައްގު ލިބިގެންވަ އެއްޗެއް ކަމަކު، އެ ހިއްއސާ ޝަރީއަތް މެދުވެރިކޮށް ވަރިސުންގެ މެދުގައި ހަމަޖައްސައިފައި ނުވާތީ، ހިއްސާއަށްވާ ފައިސާ ނަގައިދެވެން ނެތްކަމަށް. އަދި...
ކުޑަފޮޅުދޫ ނިކައަށް ކުއްޔަށްދިނުމަށް ވެފައިވާ އެއްބަސްވުމަކީ ޓޫރިސްޓް ރިޒޯޓް ހެދުމަށް ފަޅުރަށް ރަށް ކުއްޔަށް ދޫކުރުމާބެހޭ ގާނޫނާ އެއްގޮތަށް އޮތް އެއްބަސްވުމެއްކަމުން، އެ އެއްބަސްވުން ބާތިލްކުރުމާމެދު ގޮތެއް ކަނޑައަޅަން ނުޖެހޭކަމަށް.
6/ މުސާ ގާސިމުގެ ވާރިސުންގެ ތެރެއިން އަބްދުﷲ ރަޝީދު މޫސާ ހައިކޯޓުގައި ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފްކުރި. އިސްތިއުނާފް ގެ މައިގަނޑު ނުކުތާއަކަށް ވީ، ވަރުވާރަށްދޫކޮށްފައިވާ ރަށެއްގެ ހައްގުތަށް ނިކައަށް ބަދަލުވިގޮތް ސާފުކޮށްދީފައި ނުވެއޭ ބުނެ ފާހަގަކުރި ނުކުތާ. އަދި
ސިވިލް ކޯޓުން ނިންމީ ސްކޮމްގެ 2011/02 ގަޒިއްޔާ އާ ހިލާފަށްކަމަށް. އެކަމަކު ހައިކޯޓުން ނިންމީ ސިވިލްކޯޓުގެ ނިންމުމަށް ތާއީދުކޮށް.
7/ ދެން އަބްދުﷲ ރަޝީދު އިސްތިއުނާފްކުރީ ސްކޮމްގައި. މިފަހަރު އަބްދުﷲ ރަޝީދު ފާހަގަކުރީ، ހައިކޯޓުގައި ފާހަގަކޮށްފައިނުވާ ނުކުތާތަކެއް. އެއީ
(ހ) މައުޟީއީ ގޮތުން ފައިސަލާކުރުމަކާ (final) ނުލައި ނިންމާ ނިންމުންތަކަކީ މަދަނީ އިޖުރާއަތާ (civil procedure) އާ ހިލާފު ނިންމުމެއްކަމަށް.
(ށ) ހައިކޯޓުގެ ނިންމުން ނިންމާފައިވަނީ ކުންފުންޏާބެހޭ ގާނޫނުގެ 38 ވަނަ މާއްދާ (ހިއްސާ ވާރުތަވުން) އާ ހިލާފަށްކަމަށް. އެއީ، ސްކޮމްގެ 2011/02 މައްސަލައިގައި ސްކޮމްއިން ވަނީ، ގާސިމްގެ ހިއްސާގެ ހައްގުވެރިންނަކީ ގާސިމްގެ ވާރިސުންކަމަށް ކަނޑައަޅާފައިކަމުން.
(ނ) ސްކޮމްގެ 2011/02 ގަޒިއްޔާ ރިވިއުކޮށްދިނުމަށް (ނޯޓް ހައިކޯޓުގަ މި ގަޒިއްޔާ އާ ގުޅިގެން ނެގި ނުކުތާ އާ ސްކޮމްގެ ނުކުތާގެ ތަފާތު).

ސަބަބަކީ:
2011/02 މައްސަލައިގައި ސޮކްމް އިން މައުޟޫގައި ގޮތެއް ނިންމީ، އެ މައްސަލައިގައި އިސްތިއުނާފްކުރެވުނު ހައިކޯޓުގެ މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމާފައި ނުވަނިކޮށް، ހައިކޯޓަށް ތަހުވީލު (remand/remitt) ނުކޮށް ކަމަށް ވާތީ. (އިސްތިއުނާފްގެ އެއް މަރުހަލާ ގެއްލިފައި ވާތީ)
8/ މައުޟޫއީ ގޮތުން ފައިސަލާކުރުމާ ގުޅޭގޮތުން ސްކޮމްއިން ބުނީ، މި މައްސަލައިގައި ކުރި ދައުވާއަށް ބަލާއިރު، ދައުވާގެ އަސްލު ބިނާވެފައިވަނީ ހިއްސާގެ ފައިސާ ހޯދުމަށް ކަމަށް.
އެދިފައިވާ އެހެނިހެން (އެއްބަސްވުން ބާތިލުކުރުން މިސާލަކަށް) ކަންކަން އެއީ ފައިސާ ލިބިފައި ނުވާތީ ބޭނުންވާ ކަންކަން ކަމަށް.

ނޯޓް: 2 ވައްތަރެއްގެ ރިލީފް (damages and specific performance) އަށް އެދިފައިވާ މައްސަލައެއްގައި ސްކޮމް މިގޮތަށް ނިންމިގޮތެއް އެއްގޮތަކަށްވެސް ސާފެއް ނޫން.
އަދި މި ނުކުތާގައި ސިވިލް ކޯޓާއި ހައިކޯޓުން ނިންމި ގޮތް ގާނޫނާ ހިލާފުވާ ސަބަބެއް/ގާނޫނީ ބަހުސެއް އަބްދުﷲ ރަޝީދަށް ބަޔާންކޮށް ދެވިފައި ނުވާތީ، މި ނުކުތާގައި ނިންމާފައިވަނީ ރަނގަޅަށްކަމަށް ސްކޮމްއިން ނިންމި.
9/ ކުންފުންޏާބެހޭ ގާނޫނުގެ 38 ވަނަ މާއްދާއާ ގުޅޭގޮތުން ސްކޮމް އިން ބުނީ، ސްކޮމްގެ 2011/02 މައްސަލައަކީ، ގާސިމްގެ ވާރުތަ މުދަލާމެދު ގޮތެއް ނިންމި މައްސަލައެއް ނޫނޭ. އެހެންކަމުން، 38 މާއްދާގައި ބުނާ "ކޯޓަކުން ނިންމާ މީހަކު ނުވަތަ ބަޔަކު" ގެ އިޖުރާއަތު ފުރިހަމަނުވާކަމަށް
10/ ސްކޮމްގެ 2011/02 މުރާޖާކުރުމާ ގުޅޭގޮތުން ސްކޮމް އިން ބުނީ، މި ނުކުތާ ތަބްރީރު (justify) ކުރުމަށް ހަވާލާދީފައިވާ ކޯޓުތަކުގެ ގާނޫނުގެ 20(ނ) އިން ސްކޮމްއަށް ލިބިދޭ ބާރު ލިބިދެނީ، ސްކޮމްގެ ނިންމުމެއްގެ ގާނޫނޫ އުސޫލު (Legal Rule) /ގާނޫނީ ނުކުތާ (Point of Law) އާ ގުޅިގެން ކަން...
އެއަކީ، ސްކޮމް އިން ނިންމާފައިވާ ނިންމުމެއްގެ ވާގިއާއެއް ބާތިލުކުރުން/އެނޫން ގޮތަކަށް ބަދަލުކުރުން/ނިންމާފައިވާ ނިންމުން އަލުން މުރާޖާކުރުން ނޫންކަން.
އާންމު ބަހުން ބުނާނަމަ، 20(ނ) އިން ލިބިދެނީ ކުރިން ބަލައިފައިވާ މައްސަލައެއް އަލުން ބަލައި ގޮތް ކަނޑައެޅުމުގެ ބާރެއް ނޫންކަން.
ނިންމުން: ހައިކޯޓުގެ ނިންމުމަށް ތާއީދުކޮށް؛ ކުލީގެ އެއްބަސްވުން ބާތިލުނުކުރެވޭނެކަމަށް އަދި ކޯޓަކުން ގާސިމްގެ ހިއްސާއަކީ ވާރިސުންގެ މުދަލެއްކަމަށް ކަނޑަނާޅާނަމަ (ކގ 38) ކުލީގެ އެއްބަސްވުމުގެ ދަށުން ލިބިދޭންޖެހޭ އެކަމަކު ނުލިބިވާ އަދަދު ވާރިސުންނަށް ނަގައި ނުދެވޭނެކަން.
ރޭޝިއޯނެސް:
- އިސްތިއުނާފް ކުރާ ނުކުތާގެ ގާނޫނީ ސަބަބެއް/ ބަހުސެއް އޮންނަން ވާނެކަން.
- ކުންފުންޏާބެހޭ ގާނޫނުގެ 38 ގައި ވާ އިޖުރާއަތުގެ މާނަ/އެޕްލައި ކުރެވޭނެ ގޮތް.
- ކޯޓުތަކާބެހޭ ގާނޫނުގެ 20(ނ) އިން ސްކޮމްއަށް ލިބިދޭ ބާރުތަކުގެ ބޭނުން ކުރެވޭނެ ގޮތް (މުރާޖާކުރުން ނޫންކަން)
@threadreaderapp unroll please

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Kuda Vakeelu (KV)

Kuda Vakeelu (KV) Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @KudaVakeelu

5 Dec
Hawwa Naasiha v Mohamed Naashidu and others [2019/SC-A/43]

މައިގަނޑު އިޝޫތައް: ހަޖަރުކުރުން، ހަޖަރުކުރުމުގައި ގެންގުޅޭ އުސޫލުތައް، ހަވާލާދާރުގެ ޒިންމާތައް
1/ މޫސާ މަނިކަކީ އޭނާގެ މުދާ ތަސައްރަފުކުރުމުގެ ކުޅެދުންތެރިކަމެއް ނެތް ނުކުޅެދޭ މީހެއްކަމުން، އޭނާގެ މުދާ ބެލެހެއްޓުމަށް ދަރިންގެ ތެރެއިން ހައްވާ ނާސިހާއަށް (އެޕީލް ކުރާ މީހާއަށް) ޕަވަރ އޮފް އެޓާނީއެއްގެ ދަށުން ހަވާލުކުރި.
2/ އެ ޕީއޯއޭގައި ވާ ގޮތުން، ނާސިހާ އޭގައި ވާ އެއްވެސް ކަމަކަށް ހިޔާނާތްތެރި ވެއްޖެނަމަ، މަނިކުގެ ބާކީ ތިބި 10 ދަރިންނަނށް ނާސީހާ ގޮވައިގެން ކޯޓަށް ދެވޭނެ.
Read 28 tweets
23 Nov
Export Import (EXIM) Bank of Malaysia v One and Half Degree 2018/SC-A/40
މައިގަނޑު އިޝޫސްތައް: އިސްތިއުނާފީ ކޯޓުން (ހައިކޯޓުން) ދަށު ކޯޓަށް މައްސަލަ ތަހްވީލުކުރުން، ގއ ގެ 16،68 އަދި 69 މާނަކުރުން، އިސްތިއުނާފްކުރުމުގެ ހައްގު ވ ތަހްވީލުކުރުން
1/ ގދ ރަށެއްގައި ރިސޯޓެއް ހެދުމަށް، އެ ރަށް ރަހުނުކޮށް، ވައަން އެންޑް ހާފް އާއި އެކްޒިމް ބޭންކާއި ދެމެދު USD 19މިލިއަން ލޯނުގެ އެއްބަސްވުމެއްގައި ސޮއި ކުރެވުނު.
2/ ލޯނަށް ފައިސާ އަން & ހާފް އަކަށް ނުދެއްކުނު. އެކްޒިމް ބޭންކުން ވަން & ހާފް މައްޗަށް ދައުވާކުރި.
Read 27 tweets
18 Nov
Abdul-Hameed Mohamed v State (MoHI)[2017/SC-A25]

މައިގަނޑު އިޝޫތައް: ވިއްކުމުގެ ކުރީގެ އެގްރީމަންޓް (presale agreement), ގާނޫނީ މިލްކުވެރިކަން (legal ownership), އަދާލަތުގެ މިލްކުވެރިކަން (equitable ownership)
1/ ވެށިފަހި މާލެ ޕްރޮގްރާމް ގެ ދަށުން ފްލެޓް ލިބުނު މީހުންގެ ލިސްޓު އާންމު ކުރި އިރު ހަމީދުގެ ނަން އޮތް. 3 މަސް ފަހުން ހައުސިންގ އަށް އެންގީ ފްލެޓަކަށް ހަމީދު ހޮވުނު ހޮވުން ބާތިލުކޮށްފިކަމަށް. ސަބަބަކީ، އެޗްޑީސީ އާއި ހަމީދާ ދެމެދު ރޯހައުސްއެއް ގަތުމަށް އެއްބަސްވެފައިވާތީ.
2/ ހަމީދުގެ ނަން ލިސްޓުން ނެގި ނެގުމަކީ ބާތިލު ކަމެއް ކަމަށާއި، ފްލެޓް ލިބެންޖެހޭ މީހުންގެ ތެރޭގައި ހަމީދު ހިމަނަން ހައުސިންގ މައްޗަށް އަމުރުކޮށްދިނުމަށް އެދި ހަމީދު ސިވިލް ކޯޓުގައި ދައުވާ ކުރި. ސިވލް ކޯޓުން ހަމީދު އެދުނު ގޮތަކަށް އަމުރެއް ނެރެއެއް ނުދިން.
Read 13 tweets
24 Oct
Mohamed Shaweed v Mohamed Latheef [2017/SC-A/39]

މައިގަނޑު އިޝޫ: ކުންފުންޏާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ކުންފުނި އުވާނުކައި އަދި ކުންފުންޏެއްގެ ދަރަނިތައް ހަލާސްނުކޮށް ކުންފުނީގެ މުދާތައް ބަހާފައިވާ ހާލަތުގައި މުދާ ލިބުނު ފަރާތްތައް ކުންފުނީގެ ދަރަންޏަށް ޒިއްމާކުރެވިދާނެތަ؟
1/ ހ. ވާލީ ވިލާ މޫސާ ފަހީމް އާއި އޭނާގެ ބޭބެ މ.ތްރީއޭ ވިލާ އަބްދުއްލާ އަލީ އާ ދެ މީހުން، ކުންފުނިތައްވެސް (ވާލީ ބްރަދާސް ޕވޓ ލޓޑ އާއި ތްރީ އޭ ބްރަދާސް ޕވޓ ލޓޑ) ހިމެނޭ ގޮތަށް ވިޔަފާރިތަކެއް ހިނަގަމުން ދިޔަ. މި ވިޔަފާރިތަކުގެ %60 ހިއްސާވަނީ އަލީ އަށް. %40 ހިއްސާ ވަނީ ފަހީމަށް.
2/ މި ދެ ބެއިންގެ ތެރެއިން ފަހީމް މަރުވި. މަރުވުމުން، ފަހީމްގެ ތަރިކައިގައި ހިމެނޭ ވާލީ ބްރަދާސް ޕވޓ ލޓޑ އާއި ތްރީއޭ ބްރަދާސް ޕވޓ ލޓޑ ގެ ހިއްސާތަކުގެ މައްސަލަ ހައިކޯޓުން ނިންމާފައިވަނީ، އެ ކުންފުނިތަކުގައި ވާ ފަހީމްގެ ހިއްސާ (%40) ލިބިގެންވަނީ ފަހީމްގެ ވާރިސުންނަށް ކަމަށް.
Read 21 tweets
16 Oct
Export-Import Bank of Malaysia Berhad(EXIM Bank) (Appellant) v Sultans of The Seas Marine Pvt Ltd (Sultans) (Respondent) [2017/SC-A/23]

މައިގަނޑު އިޝޫތައް: ރެސް ޖުޑިކާޓާ، ގަވަރނިންގ ލޯ، ގަވަރނިންގ ޖުރިސްޑިކްޝަން
1/ މެލޭޝިއާގެ އެކްޒްއިމް ބޭންކުން ސަލްޓަންސް އޮފް ދަ ސީސް މެރިން ޓެކްސީ އިން USD 8 ލައްކައިގެ ލޯނެއް ނެގި. މި ލޯނުގެ ގެރެންޓީ އެކްޒްއިމް ބޭންކަށް ދިނީ މައްސަލަ ރައްދުވާ ސަލްޓަންސް އިން.

ލޯނު ނެގި ސަލްޓަންސް އިން ލޯނުގެ ފައިސާ އަނބުރައި ނުދެއްކި.
2/ އޭރު ވަނީ 2 އެގްރީމެންޓެއް ކޮށްފައި. އެއީ:
އެކްޒިމް ބޭންކް - ލޯނު ނެގި ސަލްޓަންސް އާ ދެމެދު ވެފައިވާ ފެސިލިޓީ އެއްބަސްވުން.
އެކްޒިމް ބޭންކް - ލޯނުގެ ގެރެންޓީ ދިން ސަލްޓަންސް އާ އެކު ވެފައިވާ ކޯޕަރޭޓް ގެރެންޓީ އެއްބަސްވުން.
Read 30 tweets
3 Oct
Medianet v MIRA 2016/SC-A/23

މައިގަނޑު އިޝޫތައް:
(1) ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 44 އާއި 49 އާ ދެމެދު ވާ ފުށުއެރުން
(2) ބީޕީޓީ ގާނޫނުގެ 6 (ހ)(1) ގައި ވާ "އެނޫންވެސް މުދާ" ގެ ތެރޭގައި އައިރު މާއްދީ (intangible) މުދާ ހިމެނޭތޯ
1/ މީޑިއާނެޓުން ރާއްޖެއިން ބޭރުގައި ވަޒަންވެރިވެފަިވާ ފަރާތްތަކަށް ދައްކާ ޗެނަލް ލައިސަންސިންގ ފީ އަށް ދައްކަންޖެހޭ ވިތްހޯލްޑިންގ ޓެކްސް (ވހޓ) ނުދައްކާތީ އެ ފީ ތަކަށް ވާ 2.1 މިލިއަން ވހޓ އާއި 2.5 ލައްކަ ފައިންސް ދެއްކުމަށް މީރާއިން މީޑިއާނެޓްއަށް އެންގި.
2/ މީޑިއާނެޓުން މީރާގެ އެންގުމަށް އިއުތިރާޒްކުރި (އިދާރީ ގާނޫނުގެ 42).

މީރާއިން ނިންމީ މީރާގެ ނިންމުމަށް ބަދަލުގެންނަން ނުޖެހޭކަމަށް. އެކަމާ އިއުތިރާޒްކުރާނަމަ އިދާރީ ގާނޫނުގެ 44 ގެ ދަށުން، ދައްކަންޖެހޭ ހުރިހައި ޓެކްސެއް ދެއްކުމަށްފަހު ޓެޓް ގައި އެޕީލްކުރުމަށް.
Read 20 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!