Mohamed Shammoon v State [2021] SC 10
1/ މައިގަނޑު އިޝޫތައް: ފުލހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24(ށ) ގެ ދަށުން ފުލުހަކު ވަޒީފާއިން ވަކިކުރުން، އައިރު މުސްލިމުންގެ ހެކި ބަލައިގަތުން،double jeopardy, ވަޒީފާއާބެހޭ މައްސަލަތަކުގައި ބަދަލުދިނުން
2/ ވާގިއާތްތައް(facts): ޕޮލިހުގެ ސަރޖެންޓެއްގެ މަގާމުގައި ހުއްޓައި ޝައްމޫން ވަޒީފާއިން ވަކިކުރި. ވަކިކުރި ސަބަބަކީ އޭނާ އާއި އެހެން ބަޔަކު ވެގެން މާރާމާރީ ހިންގައި ކުޑަކުއްޖެއްގެ ކަރާމާތްތައް ނަގާލާފަދަ ކަންތައް ކުރުމުން.
3/ ސިވިލް ކޯޓުގައި ކުރި ދައުވާ: އެކަށީގެންވާ ސަބަބެއް ނެތި ޝައްމޫން ވަޒީފާއިން ވަކި ކޮށްފައިވާކަމަށް ބުނެ އޭނާ ސިވިލް ކޯޓުގައި ދައުވާކުރި. އޭނާގެ ނުކުތާތަކަށްވީ، ގއ ގެ 37 މާއްދާ (right to work) އަދި 43 (fair administrative action) އާ ޕޮލިސް ސަރވިސް އިން ހިލާފުވެފައިވާކަމަށް
4/ ޝައްމޫން އެދުނީ، އޭނާއަކީ ވަޒީފާގައި ހުރި މީހެއްކަމަށް ބަލައި، ވަކިކުރި ދުވަހުން ފެށިގެން މުސާރާއަށާއި، ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު (damages)، އަދި ވަކީލުންގެ ފީއަށް
5/ ސިވިލް ކޯޓުގެ ހުކުމް: ޝައްމޫން ވަޒީފާއިން ވަކިކޮށްފައިވަނީ، ގއ ގެ 43 ވަނަ މާއްދާއާ ހިލާފަށްކަމަށް ކަނޑައެޅެން ނެތްކަމަށް
6/ ހައިކޯޓުގައި ކުރި އިސްތިއުނާފް: ސިވިލް ކޯޓުގެ ހުކުން ޝައްމޫން ހައިކޯޓުގައި އިސްތިއުނާފް ކުރި.
7/ ހައިކޯޓުގެ ހުކުމް: ޝައްމޫން ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމުން (މައުޟޫއީ އަދުލުވެރިކަން އޮތަތަތީ) ޝައްމޫން ވަޒީފާއަށް ރުޖޫއަކުރެވެން ނެތްކަމަށް. އެކަމަކު އިޖުރާއީ އަދުލުވެރިކަން ނެތުމުން ބަދަލު ލިބެންޖެހޭކަމަށް.
8/ ބަދަލެއްގެ ގޮތުގައި ދޭން ޖެހޭނީ އޭނާ ވަޒީފާއަދާކުރި ކޮންމެ އަހަރަކަށް އޭނާ ވަޒީފާއިން ވަކިކުރި ލިބެމުންދިޔަ ފައިސާގެ މިންވަރުން 1 މަހުގެ މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށް.
9/ ސުޕްރީމް ކޯޓުގައި ކުރި އިސްތިއުނާފް: ޝައްމޫން ހުށައެޅި ނުކުތާތައް:
(ހ) ހެކިބަސް ބަލައިގަނެފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށްކަމަށް.
(ށ) ސްކޮމްގެ މުހައްމަދު ހަމީދު ވ. ދައުލަތް (2018/55) މައްސަލައގައި ކަނޑައަޅާފައިވާ ގާނޫނީ އުސޫލުތަކަ ހިލާފަށްކަމަށް.
(ނ) ސްކޮމްގެ މުހައްމަދު ފަހުމީ ހަސަން ވ. ދައުލަތް (2021/35) މައްސަލައިގައި ކަނޑައަޅާފައިވާ ގާނޫނީ އުސޫލުތަކާ ހިލާފަށްކަމަށް.
10/ މައުޟޫއީ އަދުލުވެރިކަން: ފުލުހުން ވަޒީފާއާބެހޭ ގަވާއިދުގެ 24(ށ) ގައި ބުނާ ގޮތުން ވަޒީފާގައި ބަހައްޓައިފިނަމަ ކުރި އަމަލުގެ ސަބަބުން ފުލުހުންނާ މެދު ރައްޔިތުން ކުރާ އިތުބާރު ކުޑަވާ ކަހަލަ ކަމެއްކަމަށް ޑިސިޕްލިނަރީ ބޯޑަށް ފެންނަނަމަ، ވަޒީފާއިން ވަކި ކުރެވިދާނެ.
11/ 24(ށ) ގެ އިތުރު ތަފްސީލު ދެމުން، ފ ސުއޫދު ބުނީ، ތުހުމަތުކުރެވޭ އަމަލުގެ ބާވަތަކީ، ފުލުހުންގެ މައިގަނޑު ވާޖިބާ މަސްއޫލިއްޔަތާ ފުށުއަރާ އަމަލެއްނަމަ، އެ އަމަލަކީ އެ ފަދައިން އިތުބާރު ކުޑަވެދާނެ އަމަލެއްކަމަށް ބެލެވިދާނެކަމަށް.
12/ ޝައްމޫން ކުރި އަމަލަކީ، އެ ފަދަ އިތުބާރު ކުޑަވެދާނެ ފަދަ އަމަލެއްކަމަށް ދެއްކުމަށް، ޕޮލިހުން ހުށައެޅީ 4 ހެކިންގެ ހެކިބަސް. އެއީ:
(ހ) މަރަޔްމް ފަރުހާދާ ވަހީދު
(ށ) މޭރީ ޖަހާދަން
(ނ) ލާންސް ކޯޕްރަލް މުހައްމަދު އަޒްމީން
(ރ) ލާންސް ކޯޕްރަލް ހުސައިން ފަހުމީ
13/ ފަރުހާދާގެ ހެކިބަސް: ޝައްމޫން ބުނީ ހެކި ބަޔާނުގައި ޝައްމޫން އާއި އަމަލު ހިންގި ފަރާތްތަކާ މެދު ދައުވާކުރަން ފަރުހާދާ ބުނެފައިވާތީ، އެ މައްސަލައިގައި ޝައްމޫން ވާނީ ހަސްމަކަށް ކަމުން، ފަރުހާދާ ހެކި ބަސް މައްސަލައިގައި ބަލައި ނުގަނެވޭނެކަމަށް.
14/ މި ނުކުތާގައި ޝައްމޫން ހަވާލާދިނީ، ސްކޮމްގެ އޭޖީއޯ ވ. ޙުސައިން ރިޝީފް ޠާހާ (2012/27) މައްސަލައާ (ޕެރެގްރާފް 7)
15/ ސްކޮމް އިން ނިންމީ، ރިޝީފް ޠާހާ މައްސަލައިގައި ބުނެފައިވަނީ، ހެކިވެރިއަކު ތުހުމަތުކުރެވޭ މީހާގެ މައްޗަށް ދައުވާކުރަން ބޭނުންވާކަމަށް ބުނެފައި ވިޔަސް، އެ ހެކިވެރިޔާގެ ހެކި ބަހަށް ބާރުދޭ އިތުރު ހެކި ހުރިނަމަ އެ ހެކި ބަސް ބަލައިގަނެވޭނެކަމަށްކަމަށް.
16/ މޭރީގެ ހެކިބަސް: ޝައްމޫން ބުނީ މޭރީއަކީ އައިރު މުސްލިމެއްކަމުން އޭނާގެ ހެކިބަސް ބަދީހީ (prima facie) ގަރީނާ އެއްގެ ގޮތުގައި ބަލައިނުގަނެވޭނެކަމަށް. މުސްލިމަކާ ދެކޮޅަށް މުޝްރިކަކަށް ހެކި ބަސް ނުދެވޭނެކަމަށް.
17/ މި ނުކުތާގައި ފ ސުއޫދު ހައިކޯޓުން ނިންމާފައިވާ ގޮތަށް ތާއީދު ކުރި. އެ ނިންމުމަކީ، އާންމު އުސޫލެއްގެ ގޮތުން، އައިރު މުސްލިމުންގެ ހެކި މުސްލިމަކާ ދެކޮޅަށް ބޭނުންނުކުރެވުނަސް، އިސްތިސްނާ ހާލަތްތަކުގައި އައިރު މުސްލިމުންގެ ހެކިބަސް މުސްލިމަކާ ދެކޮޅަށް ބޭނުންކުރެވިދާނެކަން.
18/ އެ ފަދަ އިސްތިސްނާ ހާލަތެއް ބަޔާންކޮށްދީފއިވަނީ އަލްމާއިދާ ސޫރަތުގެ 106 ވަނަ އާޔަތުގައި. މި ނުކުތާގައި ފ ސުއޫދު އިތުރަށްވެސް ވާހަކަ ދެއްކި (obiter). އެއީ:
19/ ދޭހަވާގޮތުގައި، ފ ސުއޫދު ޝަރުއީ އުސޫލުތައް މާނަކުރަނީ، ލުއިކޮށް (not a fundamentalist apporach)
20/ ވަކިން ހާއްސަކޮށް، ފ ސުއޫދު ކަނޑއެޅީ، "ހައްދުގެ ކުށްތައް ފިޔަވައި އައިރު މުސްލިމަކަށް އެކަޖޔ އަނެކަކާ ދެކޮޅަށް/އެއްކޮޅަށް ހެކިބަސް ނުދެވޭނެކަމަށް ބެލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ."
21/ އަޒްމީން އާއި ފަހުމީގެ ހެކިބަސް: ޝައްމޫނު ބުނީ، ބިރުދެއްކުމަށް ޝައްމޫން ކުރި ކަމެއް މި ދެ ހެކިންގެ ބަހުންވެސް ނޭނގޭތީ، އިދާރީ ފިޔަވަޅެއް އެޅުމަށް މި ދެ ހެކިންގެ ހެކިބަސް ބޭނުންނުކުރެވޭނަކަމަށް.
22/ މި ދެ މީހުންގެ ހެކިބަހުން އެނގެނީ، ޝައްމޫންގެ ކޮއްކޮ ސީނަށް ދިޔަ ފުލުހުންނަށް ނިސްބަތްކޮށް އެކި ބަސްތައް ބުނިކަމަށް. މި ދެ ހެކިންގެ ހެކިބަހާ ގުޅިގެން ފ ސުއޫދު ސީދާ ގޮތެއް ނުނިންމާ. ނިންމިހާ ވެސް އެއްޗަކީ، ފަރުހާދާ އާއި މޭރީގެ ހެކިބަސް ފުދޭކަމަށް.
23/ އަދި ޝައްމޫނު ކުރި އަމަލުތަކަކީ، އޭނާ އިތުރަށް ވަޒީފާގައި ބަހައްޓައިފިނަމަ، އެހެން ފުލުހުންނާއި ފުލުހުންގެ މުއައްސަސާއާމެދު އާންމު ރައްޔިތުންކުރާ އިތުބާރު ކުޑަވެދާނެ ކަމެއް ކަމުން، މައުޟޫއީ އަދުލުވެރިކަން ސާބިތުވާކަމަށް.
24/ އިޖުރާއީ އަދުލުވެރިކަން: ޝައްމޫނު ބުނީ، ޖިނާއީ މައްސަލައެއްގެ ތުހުމަތުގައި ފުލުހަކު ވަޒީފާއިން ވަކިކުރުމުގެ އަމަލުކުރަންޖެހޭ އިޖުރާއަތް މުހައްމަދު ހަމީދު ވ ދައުލަތް (2018/55) ގައި ކަނޑައަޅާފައިވާ ކަމާ، އެ އިޖުރާއްތަތަކާ ހިލާފަށް މި މައްސަލަ ނިންމާފައިވަކަމަށް.
25/ އަދި މި މައްސަލައިގައި ޝައްމޫނުގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭވަރަށް ހެކި ނެތްކަމަށް ޕީޖީއޯ އިން ނިންމާފައިވާކަން ވެސް ޝައްމޫން ފާހަގަކުރި
26/ ފ ސުއޫދު ދެންނެވީ، ފުލުހުންގެ ވަޒީފާއަބެހޭ ގަވާއިދުގެ 24(ށ) ގެ ދަށުން ފުލުހަކު ވަކިކުރާއިރު، 2 ކަމެއް ފުރިހަމަ ވާންޖެހޭ ކަމަށް. އެއީ: (1) ފުލުހަކު ގަނޫނާއި/ގަވާއިދާ ހިލާފު އަމަލެއްކޮށްފިކަން ފުލުހުންގެ ތަހުގީގަށް ސާބިތުވުން.
27/ (2) އެ އަމަލަކީ އެ އަމަލުގެ ސަބަބުން އެ މީހަކު އިތުރަށް ވަޒީފަގައި ބަހައްޓައިފިނަމަ މުވައްޒަފުންނާއި ފުލުހުންގެ މުއައްސަސާގެ މައްޗަށް ރައްޔިތުންކުރާ އިތުބަރު ކުޑަވެދާނެ/ބުރޫ އަރާފާނެ ކަމެއްކަމަށް ޑިސިޕްލިނަރީ ބޯޑަށް ފެނުމެވެ.
28/ފުލުހުންގެ ކޯޑް އޮފް ކޮންޑަކްތާ ހިލާފުވެފައިވޭތޯ ބެލުމުގައި ބެލެވޭނީ، ވަޒީފާއާބެހޭ އާންމު ގާނޫނުގެ ދަށުން ރިއާޔަތްކުރާ މިންގަނޑަށްވުރެ ލިއު މިންގަނޑަކުންކަމަށް ކަނޑައެޅުނު.
29/ އެ މިންގަނޑު ބޭނުންކުރުމުގެ ސަބަބަކީ، ފުލުހުންނަކީ، ހުވައެއްގެ މަތީތިބޭ އަދި ގާނޫނު ތަންފީޒުކޮށް އަމަންއަމަން ބަލަހައްޓަން ތިބޭ ބައެއްކަމުން، އަދި އެ ފަދަ ކަންކަމުގައި ފުލުހުންގެ މުއައްސަސާއަށް އެއްބާރުލުންދިނުމާއި ތެދުވެރިވުމަކީ، ކޮންމެ ފުލުހެއްގެ އަސާސީ ވާޖިބެއްކަމުން.
30/ ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24(ށ) ގައިވާ ގޮތުގެ މަތިން، ފުލުހަކު ވަޒީފާއިން ވަކިކުރުމުގައި ޑިސިޕްލިނަރީ ބޯޑުގެ ރޯލަކީ އެ ފުލުހަކު ގާނޫނަކާ/ގަވާއިދަކާ ހިލާފް އަމަލެއްކޮށްފިކަމަށް ބަލައި ފިޔަވަޅު އެޅުމަށް އެކަސޭނަ ހެކި ހުރިތޯ ވަޒަންކުރުން.
31/ 24 ވަނަ މާއްދާގެ ދަށުން ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ މައްސަލައެއް ކޯޓަށް ހުށައެޅުމުން، ކޯޓުން ބަލަންވާނީ
(ހ) ޑިސިޕްލިނަރީ ބޯޑަށް އެ ކަން ސާބިތުވާކަމަށް ބޯޑުން ބުރަވި ބުރަވުން ބިނާވާ އެކަށޭނެ ހެއްކެއް އެ ވަގުތު ބޯޑުގެ ކުރިމަތީ އޮތްތޯ.
(ށ) ވަޒީފާއިން ވަކިކުރި މީހާ ކުރި އަމަލުގެ ހަގީގަތް ދަނެގަތުމަށް އެ ބޯޑުން އެކަށީގެންވާ މިންވަރުގެ ތަހުގީގެއް ކޮށްފައިވޭތޯ.
32/ އަދި ފުލުހަކު ވަޒީފާއިން ވަކިކުރުމުގެ އިޖުރާއީ އަދުލުވެރިކަން ގާއިމުކުރެވޭނެ އެންމެ ކުޑަމިނަކީ، އެ ފުލުހަކު ވަކިކުރުމުގެ ކުރިން އޭނާ ކޯޑް އޮފް ކޮންޑަކްޓާ/އިޖުރާއަތަކާ/އުސޫލަކާ ހިލާފުވިކަމަށް ފެންނަ ސަބަބުތައް އެ ފުލުހަކަށް އަންގައި ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިވުން.
33/ އޭގެ އިތުރުން، ބޯޑުން ނިންމާ ނިންމުން ސަބަބުތައް ބަޔާންކޮށް ލިއުމުން އެ ފުލުހަކާ ހަވާލުކުރަންވާނެ.
34/ ޑިސިޕްލިނަރީ ބޯޑުގެ ނިންމުން ނިންމުގައި، ޖިނާއީ ތަހުގީގުގައި ނެގިފައިވާ ތަހުގީގީ ބަޔާންތަކާ ހެކިތަކުގެ މައްޗަށް ބަލައި/ބޯޑުން އަމިއްލައަށް ތަހުގީގެއް ހިންގައިގެން ހެކި ހޯދައިގެންވެސް މައްސަލަ ނިންމިދާނެ.
35/ އެ ދެގޮތުން ކުރެ ކޮންމެ ގޮތަކަށް ހެކި ހޯދިއަސް، އެންމެ އަސާސީ ކަމަކީ، އެ ފުލުހަކު ހާޒިރުކޮށް އެ ތުހުމަތުތައް އޭނާއަށް އަންގައި ޖަވާބުދޭން ފުރުސަތުދިނުން.
36/ ޝައްމޫނު ވަކި ކުރި އިރު، އޭނާ ކޮށްފައިވާ އަމަލު ބޮޑަށް ބުރަވެވޭ މިންގަނޑުން (balance of probabilities) ސާބިތުވާ މިންވަރަށް ބޯޑުގެ ކުރިމަތީ ހެކި ހުރިއެއް ކަމަކު، އަދި އޭނާ ކުރި އަމަލަކީ އިތުބާރުކުޑަވާފަދަ އަމަލެއް ކަމަކު...
އޭނާ ބޯޑުގެ ކުރިމައްޗަށް ހާޒިރުކޮށްފައިނުވާތީ، ތުހުމަތުތައް އޭނާއަށް އަންގައިފައި ނުވާތީ، އަދި ޖަވާބުދިނުމުގެ ފުރުސަތު ދީފައިނުވާތީ، އިޖުރާއީ އަދުލުވެރިކަން ސާބިތުނުވާކަމަށް ނިންމުނު.
37/ އަދި ސްކޮމްގެ މުހައްމަދު ހަމީދު (2018/55) މައްސަލައިގެ ހުކުމުގައި، ޕޮލިހަކު ވަޒީފާއިން ވަކިކުރުމުގެ ބާރު ޕޮލިހުގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑަށް/ކޮމިޓީއަށް ލިބިގެން ނުވާކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށްނޫންކަމަށް ކަނޑައެޅުނު.
38/ ޑަބަލް ޖެޕަޑީ: ޝައްމޫނު ބުނި ގޮތުގައި،
(ހ) ގާޒީއަކު ކުރާ ހުކުމަކުން މެނުވީ ޖިނާއީ ކުށަކަށް ތުހުމަތުކުރެވޭ މީހަކަށް އަދަބެއް ނުދެވޭނެކަމަށް، ފަހުމީ މައްސަލައިގައި ސްކޮމް އިން ނިންމައިފަވުމުން؛
(ށ) އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ނެތްކަމަށް، ޕީޖީއިން ނިންމާފައިވުމުން؛
ހަމަ އެ ތުހުމަތުގެ މައްޗަށް ބިނާކޮށް އޭނަ ވަޒީފާއިން ވަކިކުރުމަކީ ޑަބަލް ޖެޕަޑީގެ މަފްހޫމާ ހިލާފުކަމެއްކަމަށް
39/ މި ނުކުތާގައި ގޮތް ނިންމަމުން ފ ސުއޫދު ބުނީ، ޝަމްއޫނު މި ނުކުތާގައި ފާހަގަކުރާ ކަންކަމަކީ އެއްވެސް ގޮތެއްގައި ހަމަޖެހޭ ވާހަކައެއް ނޫންކަމަށް. ސަބަބުތައް:
(ހ) ފަހުމީ މައްސަލައަކީ ދުސްތޫރީ މައްސަލައެއް ކަމުން، އެ މައްސަލައިގައި ކަނޑައެޅިފައިވާ ކަންކަން މި ވަޒީފާއާބެހޭ މައްސަލައިގެ މައްޗަށް ނުހިނގާނެ
(ށ) ޑަބްލް ޖެޕަޑީ ދިފާއެއްގެ ގޮތުގައި ބޭނުންކުރެވޭނީ ޖިނާއީ މައްސަލައެއްގައި ހުކުމް ކުރެވިފައިވަނިކޮށް، ހަމަ އެ ޖިނާއީ މައްސަލައިގެ ވާގިއާތަކުގެ މައްޗަށް ޖިނާއީ އެހެން ދައުވާއެއް ކުރާނަމަ.
ޖިނާއީ މައްސަލައެއްގައި ހުކުމެއް ކުރެވިފައިވިޔަސް، އެ ވާގިއާތްތަކުގެ މައްޗަށް އިދާރީ ފިޔަވަޅުތައް އެޅުމައި (އަދަބަކަށް ނުވާގޮތަށް) މަދަނީ ދައުވާއެއް ކުރުމަށް ޑަބަލް ޖެޕަޑީގެ މަފްހޫމް ހުރަހެއް ނާޅާ.
40/ ހައްލުތައް: މި މައްސަލައިގައި މައުޟޫއީ އަދުލުވެރިކަން ގާއިމުވިޔަސް، އިޖުރާއީ އަދުލުވެރިކަން ގާއިމުވެފައިނެތުމުން، ނަގައިދެވޭ ބަދަލަކީ: (ހ) މައްސަލައިގެ ބާވަތް، (ށ) އިޖުރާއީ އަދުލުވެރިކަން ގާއިމުވެފައިވާ މިންވަރު،
(ނ) އިޖުރާއީ އަދުލުވެރިކަން ގާއިމުކުރަން ހޭދަވާނެ މިންވަރަށް ބަލައިގެން ބަދަލު ދެވޭނެ.
41/ މައުޟޫއީ އަދުލުވެރިކަން ގާއިމުވެފައި އޮވެ، އިޖުރާއީ އަދުލުވެރިކަން ގާއިމުވެފައި ނެތުމުން ނަގައިދޭ ބަދަލު، މައުޟޫއީ އަދުލުވެރިކަން ގާއުމުވެފައި ނެތުމުން ނަގައިދޭ ބަދަލަށްވުރެ ކުޑަވާންޖެހޭނެ.
42/ މި މައްސަލައިގައި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމަށް 3 މަސް ދުވަސް ހަމަވާނެކަމަށް ބެލެވޭތީ، ޝަމްއޫނު ވަކިކުރެވުނު އިރު އޭނާއަށް ލިބެމުންދިޔަ މުސާރައިގެ ނިސްބަތުން 3 މަސްދުވަހުގެ މުސާރަ ނަގައިދެވުނު.
43/ މައްސަލަ ނިމުނީ، ހައިކޯޓުން ބަދަލުދިނުމަށް ކަނޑައަޅާފައިވާ އުސޫލު (ޝައްމޫން ވަޒީފާގައި ހުރި ކޮންމެ އަހަރަކަށް 1 މަހުގެ މުސާރައާ އިނާޔަތް) ބަދަލުގެނެސް.
1) އާންމު އުސޫލެއްގެ ގޮތުން، އައިރު މުސްލިމުންގެ ހެކި މުސްލިމަކާ ދެކޮޅަށް ބޭނުންނުކުރެވުނަސް، އިސްތިސްނާ ހާލަތްތަކުގައި އައިރު މުސްލިމުންގެ ހެކިބަސް މުސްލިމަކާ ދެކޮޅަށް ބޭނުންކުރެވިދާނެކަން އަދި ޒަރޫރަތަކީ އެ ފަދަ އިސްތިސްނާ ހާލަތެއްކަން.
2) ފުލުހުންގެ ވަޒީފާއަބެހޭ ގަވާއިދުގެ 24(ށ) ގެ ދަށުން ފުލުހަކު ވަކިކުރާއިރު، 2 ކަމެއް ފުރިހަމަ ވާންޖެހޭ ކަމަށް. އެއީ: ތްރެޑްގެ 26 އަދި 27
3) ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24(ށ) ގައިވާ ގޮތުގެ މަތިން، ފުލުހަކު ވަޒީފާއިން ވަކިކުރުމުގައި ޑިސިޕްލިނަރީ ބޯޑުގެ ރޯލަކީ އެ ފުލުހަކު ގާނޫނަކާ/ގަވާއިދަކާ ހިލާފް އަމަލެއްކޮށްފިކަމަށް ބަލައި ފިޔަވަޅު އެޅުމަށް އެކަސޭނަ ހެކި ހުރިތޯ ވަޒަންކުރުން.
4) 24 ވަނަ މާއްދާގެ ދަށުން ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ މައްސަލައެއް ކޯޓަށް ހުށައެޅުމުން، ކޯޓުން ބަލަންވާނީ
(ހ) ޑިސިޕްލިނަރީ ބޯޑަށް އެ ކަން ސާބިތުވާކަމަށް ބޯޑުން ބުރަވި ބުރަވުން ބިނާވާ އެކަށޭނެ ހެއްކެއް އެ ވަގުތު ބޯޑުގެ ކުރިމަތީ އޮތްތޯ.
(ށ) ވަޒީފާއިން ވަކިކުރި މީހާ ކުރި އަމަލުގެ ހަގީގަތް ދަނެގަތުމަށް އެ ބޯޑުން އެކަށީގެންވާ މިންވަރުގެ ތަހުގީގެއް ކޮށްފައިވޭތޯ.
5) ފުލުހަކު ވަޒީފާއިން ވަކިކުރުމުގެ އިޖުރާއީ އަދުލުވެރިކަން ގާއިމުކުރެވޭނެ އެންމެ ކުޑަމިނަކީ، އެ ފުލުހަކު ވަކިކުރުމުގެ ކުރިން އޭނާ ކޯޑް އޮފް ކޮންޑަކްޓާ/އިޖުރާއަތަކާ/އުސޫލަކާ ހިލާފުވިކަމަށް ފެންނަ ސަބަބުތައް އެ ފުލުހަކަށް އަންގައި ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިވުން.
6) ފުލުހުންގެ ކޯޑް އޮފް ކޮންޑަކްތާ ހިލާފުވެފައިވޭތޯ ބެލުމުގައި ބެލެވޭނީ، ވަޒީފާއާބެހޭ އާންމު ގާނޫނުގެ ދަށުން ރިއާޔަތްކުރާ މިންގަނޑަށްވުރެ ލިއު މިންގަނޑަކުންކަމަށް ކަނޑައެޅުނު.
7) ވަޒީފާއާ ބެހޭ އެއްވެސް ކަމެއް ނުހިމެނޭ ދުސްތޫރީ މައްސަލައެއްގައި ކަނޑައެޅުނު އުސޫލުތައް ވަޒީފާއާބަހޭ މައްސަލައިގެ މައްޗަށް ނުހިނގާނެކަން
8) ޑަބްލް ޖެޕަޑީ ދިފާއެއްގެ ގޮތުގައި ބޭނުންކުރެވޭނީ ޖިނާއީ މައްސަލައެއްގައި ހުކުމް ކުރެވިފައިވަނިކޮށް، ހަމަ އެ ޖިނާއީ މައްސަލައިގެ ވާގިއާތަކުގެ މައްޗަށް ޖިނާއީ އެހެން ދައުވާއެއް ކުރާނަމަ.
@threadreaderapp unroll please

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Kuda Vakeelu (KV)

Kuda Vakeelu (KV) Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @KudaVakeelu

6 Dec 20
Abdulla Rasheed v Nika Maldives [2019/SC-A/42]

މައިގަނޑު އިޝޫތައް: ކުންފުންޏާބެހޭ ގާނޫނުގެ 38 (ހިއްސާ ވާރުތަވުން) ގައިވާ އިޖުރާއަތް، ކޯޓުތަކާބެހޭ ގާނޫނުގެ 20(ނ) ދަށުން ސްކޮމްއަށް ލިބިދެވޭ ބާރުތައް
1/ ކުޑަފޮޅުދޫ އޭ ކިޔުނު ރަށެއް (މިހާރު ނިކަ މޯލްޑިވްސް ރިސޯޓު) ނިކަ މޯލްޑިވްސް (ކުންފުންޏެއް. މީގެ ފަހުން [ނިކަ]) އަށް ކުއްޔަށް ދިނުމަށް މޫސާ ގާސިމް (އަލްމަރުހޫމް) އާ ނިކަ އާ ދެމެދު 1990 ގައި އެއްބަސްވުމެއްގައި ސޮއި ކުރެވުނު.
2/ މި އެރޭންޖްމަންޓްއަށް މޫސާ ގާސިމާ ނިކަ އައި އިރު، ނިކައިގައި މޫސާ ގާސިމުގެ 1 ހިއްސާ އޮވޭ. ކުއްޔަށް ދޭ އެއްބަސްވުމުގައި އޮތް ގޮތުން މޫސާގެ 1 ހިއްސާ އަށް ކޮންމެ މަހަކު 8,000 ރުފިޔާ ދޭންޖެހޭނެ ކަމަށް.
Read 22 tweets
5 Dec 20
Hawwa Naasiha v Mohamed Naashidu and others [2019/SC-A/43]

މައިގަނޑު އިޝޫތައް: ހަޖަރުކުރުން، ހަޖަރުކުރުމުގައި ގެންގުޅޭ އުސޫލުތައް، ހަވާލާދާރުގެ ޒިންމާތައް
1/ މޫސާ މަނިކަކީ އޭނާގެ މުދާ ތަސައްރަފުކުރުމުގެ ކުޅެދުންތެރިކަމެއް ނެތް ނުކުޅެދޭ މީހެއްކަމުން، އޭނާގެ މުދާ ބެލެހެއްޓުމަށް ދަރިންގެ ތެރެއިން ހައްވާ ނާސިހާއަށް (އެޕީލް ކުރާ މީހާއަށް) ޕަވަރ އޮފް އެޓާނީއެއްގެ ދަށުން ހަވާލުކުރި.
2/ އެ ޕީއޯއޭގައި ވާ ގޮތުން، ނާސިހާ އޭގައި ވާ އެއްވެސް ކަމަކަށް ހިޔާނާތްތެރި ވެއްޖެނަމަ، މަނިކުގެ ބާކީ ތިބި 10 ދަރިންނަނށް ނާސީހާ ގޮވައިގެން ކޯޓަށް ދެވޭނެ.
Read 28 tweets
23 Nov 20
Export Import (EXIM) Bank of Malaysia v One and Half Degree 2018/SC-A/40
މައިގަނޑު އިޝޫސްތައް: އިސްތިއުނާފީ ކޯޓުން (ހައިކޯޓުން) ދަށު ކޯޓަށް މައްސަލަ ތަހްވީލުކުރުން، ގއ ގެ 16،68 އަދި 69 މާނަކުރުން، އިސްތިއުނާފްކުރުމުގެ ހައްގު ވ ތަހްވީލުކުރުން
1/ ގދ ރަށެއްގައި ރިސޯޓެއް ހެދުމަށް، އެ ރަށް ރަހުނުކޮށް، ވައަން އެންޑް ހާފް އާއި އެކްޒިމް ބޭންކާއި ދެމެދު USD 19މިލިއަން ލޯނުގެ އެއްބަސްވުމެއްގައި ސޮއި ކުރެވުނު.
2/ ލޯނަށް ފައިސާ އަން & ހާފް އަކަށް ނުދެއްކުނު. އެކްޒިމް ބޭންކުން ވަން & ހާފް މައްޗަށް ދައުވާކުރި.
Read 27 tweets
18 Nov 20
Abdul-Hameed Mohamed v State (MoHI)[2017/SC-A25]

މައިގަނޑު އިޝޫތައް: ވިއްކުމުގެ ކުރީގެ އެގްރީމަންޓް (presale agreement), ގާނޫނީ މިލްކުވެރިކަން (legal ownership), އަދާލަތުގެ މިލްކުވެރިކަން (equitable ownership)
1/ ވެށިފަހި މާލެ ޕްރޮގްރާމް ގެ ދަށުން ފްލެޓް ލިބުނު މީހުންގެ ލިސްޓު އާންމު ކުރި އިރު ހަމީދުގެ ނަން އޮތް. 3 މަސް ފަހުން ހައުސިންގ އަށް އެންގީ ފްލެޓަކަށް ހަމީދު ހޮވުނު ހޮވުން ބާތިލުކޮށްފިކަމަށް. ސަބަބަކީ، އެޗްޑީސީ އާއި ހަމީދާ ދެމެދު ރޯހައުސްއެއް ގަތުމަށް އެއްބަސްވެފައިވާތީ.
2/ ހަމީދުގެ ނަން ލިސްޓުން ނެގި ނެގުމަކީ ބާތިލު ކަމެއް ކަމަށާއި، ފްލެޓް ލިބެންޖެހޭ މީހުންގެ ތެރޭގައި ހަމީދު ހިމަނަން ހައުސިންގ މައްޗަށް އަމުރުކޮށްދިނުމަށް އެދި ހަމީދު ސިވިލް ކޯޓުގައި ދައުވާ ކުރި. ސިވލް ކޯޓުން ހަމީދު އެދުނު ގޮތަކަށް އަމުރެއް ނެރެއެއް ނުދިން.
Read 13 tweets
24 Oct 20
Mohamed Shaweed v Mohamed Latheef [2017/SC-A/39]

މައިގަނޑު އިޝޫ: ކުންފުންޏާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ކުންފުނި އުވާނުކައި އަދި ކުންފުންޏެއްގެ ދަރަނިތައް ހަލާސްނުކޮށް ކުންފުނީގެ މުދާތައް ބަހާފައިވާ ހާލަތުގައި މުދާ ލިބުނު ފަރާތްތައް ކުންފުނީގެ ދަރަންޏަށް ޒިއްމާކުރެވިދާނެތަ؟
1/ ހ. ވާލީ ވިލާ މޫސާ ފަހީމް އާއި އޭނާގެ ބޭބެ މ.ތްރީއޭ ވިލާ އަބްދުއްލާ އަލީ އާ ދެ މީހުން، ކުންފުނިތައްވެސް (ވާލީ ބްރަދާސް ޕވޓ ލޓޑ އާއި ތްރީ އޭ ބްރަދާސް ޕވޓ ލޓޑ) ހިމެނޭ ގޮތަށް ވިޔަފާރިތަކެއް ހިނަގަމުން ދިޔަ. މި ވިޔަފާރިތަކުގެ %60 ހިއްސާވަނީ އަލީ އަށް. %40 ހިއްސާ ވަނީ ފަހީމަށް.
2/ މި ދެ ބެއިންގެ ތެރެއިން ފަހީމް މަރުވި. މަރުވުމުން، ފަހީމްގެ ތަރިކައިގައި ހިމެނޭ ވާލީ ބްރަދާސް ޕވޓ ލޓޑ އާއި ތްރީއޭ ބްރަދާސް ޕވޓ ލޓޑ ގެ ހިއްސާތަކުގެ މައްސަލަ ހައިކޯޓުން ނިންމާފައިވަނީ، އެ ކުންފުނިތަކުގައި ވާ ފަހީމްގެ ހިއްސާ (%40) ލިބިގެންވަނީ ފަހީމްގެ ވާރިސުންނަށް ކަމަށް.
Read 21 tweets
16 Oct 20
Export-Import Bank of Malaysia Berhad(EXIM Bank) (Appellant) v Sultans of The Seas Marine Pvt Ltd (Sultans) (Respondent) [2017/SC-A/23]

މައިގަނޑު އިޝޫތައް: ރެސް ޖުޑިކާޓާ، ގަވަރނިންގ ލޯ، ގަވަރނިންގ ޖުރިސްޑިކްޝަން
1/ މެލޭޝިއާގެ އެކްޒްއިމް ބޭންކުން ސަލްޓަންސް އޮފް ދަ ސީސް މެރިން ޓެކްސީ އިން USD 8 ލައްކައިގެ ލޯނެއް ނެގި. މި ލޯނުގެ ގެރެންޓީ އެކްޒްއިމް ބޭންކަށް ދިނީ މައްސަލަ ރައްދުވާ ސަލްޓަންސް އިން.

ލޯނު ނެގި ސަލްޓަންސް އިން ލޯނުގެ ފައިސާ އަނބުރައި ނުދެއްކި.
2/ އޭރު ވަނީ 2 އެގްރީމެންޓެއް ކޮށްފައި. އެއީ:
އެކްޒިމް ބޭންކް - ލޯނު ނެގި ސަލްޓަންސް އާ ދެމެދު ވެފައިވާ ފެސިލިޓީ އެއްބަސްވުން.
އެކްޒިމް ބޭންކް - ލޯނުގެ ގެރެންޓީ ދިން ސަލްޓަންސް އާ އެކު ވެފައިވާ ކޯޕަރޭޓް ގެރެންޓީ އެއްބަސްވުން.
Read 30 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!