#EmploymentLaw

Naif Abdurahman and 22 others v Maldivian Air Taxi [2021] SC 12
ކީވޯޑްސް: ވަޒީފާގެ މާހައުލުގައި ތަފާތުކުރުން، ހަމަހަމަކަން
1/ މުހިންމު ވާގިއާތްތައް: މައްސަލަ ހުށައެޅީ މޯލްޑިވިއަންގެ 23 ދިވެހި މުވައްޒަފުންނެއް. ވަޒީފާއާބެހޭ އެއްބަސްވުންތައް ބަދަލުކުރަންޖެހޭކަމަށް ބުނެ.
2/ ސަބަބުތައް ކަމުގައި އެ މުވައްޒަފުން ބުނީ:
(ހ) ވަޒީފާގެ ބޭރުން ހުސްވަގުތުގައި މޯލްޑިވިއަންގެ ހުއްދަނެތި ވިޔަފާރި ކުރުން މަނާ ކުރާ އެއްބަސްވުމުގެ މާއްދާ މަސައްކަތްކުރުމުގެ ހައްގަށް ހުރަސް އަޅާތީ
(ށ) އެ އެއްބަސްވުމުގެ ދަށުން ޕެއިޑް އެނުއަލް ލީވް ނުލިބޭތީ
(ނ) ދިވެހި މުވައްޒަފުންނާ ބޭރުގެ މުވައްޒަފުންނާ ދެމެދު ތަފާތު ކުރާތީ؛ ރާއްޖެއިން ބޭރުގެ މުވައްޒަފުންނަށް މަހަކު 900$ އެކޮމަޑޭޝަން އެލޯވެންސް ދޭ. ދިވެހި މުވައްޒަފުންނަށް ނުދޭ.
3/ ވަޒީފާއާބެހޭ ޓްރައިބިއުނަލުން 3 ނުކުތާގައި ވެސް ނިންމީ މުވައްޒަފުންނާ އެއްކޮޅަށް.

ވަކިން ހާއްސަކޮށް ބިދޭސީ މުވައްޒަފުންނަށްވެސް އެކޮމަޑޭޝަން އެލޯވެންސް ދޭ ހެން މައްސަލަ ހުށައެޅި މުވައްޒަފުންނަށްވެސް އެކޮމަޑޭޝަން އެލޯވެންސް ދިނުމަށް ޓްރައިބިއުނަލުން އެންގިކަން ފާހަގަކުރެވޭ.
4/ ހައިކޯޓަށް މޯލްޑިވިއަނުން ހުށައެޅީ އެކޮމަޑޭޝަން އެލޯވެންސް އާ ގުޅޭގޮތުން. ހައިކޯޓުން ނިންމީ ޓްރައިބިއުނަލުން އެކޮމަޑޭޝަން އެލޯވެންސް އާ ގުޅިގެން ނިންމި ނިންމުން ބާތިލުކަމަށް.
5/ އެ ނިންމުމަށް އައުމަށް ހައިކޯޓުން "އީކުއަލިޓީ" ގެ ކޮންސެޕްޓް މާނަކުރި ގޮތް. 👇🏽 (ކުރުކޮށް ބުނާނަމަ، ދިވެހި މުވައްޒަފުންނާއި ބޭރު މުވައްޒަފުންނަކީ ހަމަހަމަ ބައެއް ނޫންކަމަށް 🤦🏽‍♂️)
6/ މި މައްސަލައިގައި ހަވާލާދެވުނު މައިގަނޑު މަސްދަރަކީ ގާނޫނު އަސާސީގެ 37(ށ)👇🏽
7/ ކަނޑައެޅުންތައް:
(ހ) ވގ 4 އާ ހިލާފުވެއްޖެ ކަމަށް ބުނެ ހުށައެޅޭ (case on discrimination) މައްސަލައިގައި ތަފާތެއް ނުކުރެވޭ ކަން / ތަފާތު ގެނައީ ވގ އާ ހިލާފުނުވާ ގޮތުގެ މަތިން އެކަށީގެންވާ ސަބަބެއްގެ މައްޗަށްކަން ސާބިތުކޮށް ދިނުމަކީ ވަޒީފާދޭ ފަރާތުގެ ބުރައެއްކަން.
8/ ނިންމުން: ބޭރުގެ މުވައްޒަފުންނަށް އެކޮމަޑޭޝަން އެލޯވެންސް ހަމަޖައްސައިދިނީ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވާއިދު ގައި ބޭރުގެ މުވައްޒަފުންގެ ނިދުމުގެ ކަންތައް އެކަށީގެންވާ ގޮތަކަށް ފޯރުކޮށްދޭންޖެހޭނެ ކަމަށް އޮތުމުން ކަމުން، އެއީ ތަފާތުކުރުމެއް ނޫން.
ނޯޓް: މި މައްސަލަ ޓްރައިބިއުނަލަށް ހުށައެޅުނު އިރު އޮތީ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވާއިދު 2009. ހުކުމްކުރި އިރު އަމަލުކުރަމުން ދަނީ 2020 ގެ ގަވާއިދަށް.

ސްކޮމް އިން ބުނީ މި މައްސަލައިގެ މައްޗަށް ހިނގާނީ މައްސަލަ ހުށައެޅުނު އިރު އޮތް ގަވާދުކަމަށް.
@threadreaderapp unroll please

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Kuda Vakeelu (KV)

Kuda Vakeelu (KV) Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @KudaVakeelu

26 Jan
Mohamed Shammoon v State [2021] SC 10
1/ މައިގަނޑު އިޝޫތައް: ފުލހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24(ށ) ގެ ދަށުން ފުލުހަކު ވަޒީފާއިން ވަކިކުރުން، އައިރު މުސްލިމުންގެ ހެކި ބަލައިގަތުން،double jeopardy, ވަޒީފާއާބެހޭ މައްސަލަތަކުގައި ބަދަލުދިނުން
2/ ވާގިއާތްތައް(facts): ޕޮލިހުގެ ސަރޖެންޓެއްގެ މަގާމުގައި ހުއްޓައި ޝައްމޫން ވަޒީފާއިން ވަކިކުރި. ވަކިކުރި ސަބަބަކީ އޭނާ އާއި އެހެން ބަޔަކު ވެގެން މާރާމާރީ ހިންގައި ކުޑަކުއްޖެއްގެ ކަރާމާތްތައް ނަގާލާފަދަ ކަންތައް ކުރުމުން.
3/ ސިވިލް ކޯޓުގައި ކުރި ދައުވާ: އެކަށީގެންވާ ސަބަބެއް ނެތި ޝައްމޫން ވަޒީފާއިން ވަކި ކޮށްފައިވާކަމަށް ބުނެ އޭނާ ސިވިލް ކޯޓުގައި ދައުވާކުރި. އޭނާގެ ނުކުތާތަކަށްވީ، ގއ ގެ 37 މާއްދާ (right to work) އަދި 43 (fair administrative action) އާ ޕޮލިސް ސަރވިސް އިން ހިލާފުވެފައިވާކަމަށް
Read 61 tweets
6 Dec 20
Abdulla Rasheed v Nika Maldives [2019/SC-A/42]

މައިގަނޑު އިޝޫތައް: ކުންފުންޏާބެހޭ ގާނޫނުގެ 38 (ހިއްސާ ވާރުތަވުން) ގައިވާ އިޖުރާއަތް، ކޯޓުތަކާބެހޭ ގާނޫނުގެ 20(ނ) ދަށުން ސްކޮމްއަށް ލިބިދެވޭ ބާރުތައް
1/ ކުޑަފޮޅުދޫ އޭ ކިޔުނު ރަށެއް (މިހާރު ނިކަ މޯލްޑިވްސް ރިސޯޓު) ނިކަ މޯލްޑިވްސް (ކުންފުންޏެއް. މީގެ ފަހުން [ނިކަ]) އަށް ކުއްޔަށް ދިނުމަށް މޫސާ ގާސިމް (އަލްމަރުހޫމް) އާ ނިކަ އާ ދެމެދު 1990 ގައި އެއްބަސްވުމެއްގައި ސޮއި ކުރެވުނު.
2/ މި އެރޭންޖްމަންޓްއަށް މޫސާ ގާސިމާ ނިކަ އައި އިރު، ނިކައިގައި މޫސާ ގާސިމުގެ 1 ހިއްސާ އޮވޭ. ކުއްޔަށް ދޭ އެއްބަސްވުމުގައި އޮތް ގޮތުން މޫސާގެ 1 ހިއްސާ އަށް ކޮންމެ މަހަކު 8,000 ރުފިޔާ ދޭންޖެހޭނެ ކަމަށް.
Read 22 tweets
5 Dec 20
Hawwa Naasiha v Mohamed Naashidu and others [2019/SC-A/43]

މައިގަނޑު އިޝޫތައް: ހަޖަރުކުރުން، ހަޖަރުކުރުމުގައި ގެންގުޅޭ އުސޫލުތައް، ހަވާލާދާރުގެ ޒިންމާތައް
1/ މޫސާ މަނިކަކީ އޭނާގެ މުދާ ތަސައްރަފުކުރުމުގެ ކުޅެދުންތެރިކަމެއް ނެތް ނުކުޅެދޭ މީހެއްކަމުން، އޭނާގެ މުދާ ބެލެހެއްޓުމަށް ދަރިންގެ ތެރެއިން ހައްވާ ނާސިހާއަށް (އެޕީލް ކުރާ މީހާއަށް) ޕަވަރ އޮފް އެޓާނީއެއްގެ ދަށުން ހަވާލުކުރި.
2/ އެ ޕީއޯއޭގައި ވާ ގޮތުން، ނާސިހާ އޭގައި ވާ އެއްވެސް ކަމަކަށް ހިޔާނާތްތެރި ވެއްޖެނަމަ، މަނިކުގެ ބާކީ ތިބި 10 ދަރިންނަނށް ނާސީހާ ގޮވައިގެން ކޯޓަށް ދެވޭނެ.
Read 28 tweets
23 Nov 20
Export Import (EXIM) Bank of Malaysia v One and Half Degree 2018/SC-A/40
މައިގަނޑު އިޝޫސްތައް: އިސްތިއުނާފީ ކޯޓުން (ހައިކޯޓުން) ދަށު ކޯޓަށް މައްސަލަ ތަހްވީލުކުރުން، ގއ ގެ 16،68 އަދި 69 މާނަކުރުން، އިސްތިއުނާފްކުރުމުގެ ހައްގު ވ ތަހްވީލުކުރުން
1/ ގދ ރަށެއްގައި ރިސޯޓެއް ހެދުމަށް، އެ ރަށް ރަހުނުކޮށް، ވައަން އެންޑް ހާފް އާއި އެކްޒިމް ބޭންކާއި ދެމެދު USD 19މިލިއަން ލޯނުގެ އެއްބަސްވުމެއްގައި ސޮއި ކުރެވުނު.
2/ ލޯނަށް ފައިސާ އަން & ހާފް އަކަށް ނުދެއްކުނު. އެކްޒިމް ބޭންކުން ވަން & ހާފް މައްޗަށް ދައުވާކުރި.
Read 27 tweets
18 Nov 20
Abdul-Hameed Mohamed v State (MoHI)[2017/SC-A25]

މައިގަނޑު އިޝޫތައް: ވިއްކުމުގެ ކުރީގެ އެގްރީމަންޓް (presale agreement), ގާނޫނީ މިލްކުވެރިކަން (legal ownership), އަދާލަތުގެ މިލްކުވެރިކަން (equitable ownership)
1/ ވެށިފަހި މާލެ ޕްރޮގްރާމް ގެ ދަށުން ފްލެޓް ލިބުނު މީހުންގެ ލިސްޓު އާންމު ކުރި އިރު ހަމީދުގެ ނަން އޮތް. 3 މަސް ފަހުން ހައުސިންގ އަށް އެންގީ ފްލެޓަކަށް ހަމީދު ހޮވުނު ހޮވުން ބާތިލުކޮށްފިކަމަށް. ސަބަބަކީ، އެޗްޑީސީ އާއި ހަމީދާ ދެމެދު ރޯހައުސްއެއް ގަތުމަށް އެއްބަސްވެފައިވާތީ.
2/ ހަމީދުގެ ނަން ލިސްޓުން ނެގި ނެގުމަކީ ބާތިލު ކަމެއް ކަމަށާއި، ފްލެޓް ލިބެންޖެހޭ މީހުންގެ ތެރޭގައި ހަމީދު ހިމަނަން ހައުސިންގ މައްޗަށް އަމުރުކޮށްދިނުމަށް އެދި ހަމީދު ސިވިލް ކޯޓުގައި ދައުވާ ކުރި. ސިވލް ކޯޓުން ހަމީދު އެދުނު ގޮތަކަށް އަމުރެއް ނެރެއެއް ނުދިން.
Read 13 tweets
24 Oct 20
Mohamed Shaweed v Mohamed Latheef [2017/SC-A/39]

މައިގަނޑު އިޝޫ: ކުންފުންޏާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ކުންފުނި އުވާނުކައި އަދި ކުންފުންޏެއްގެ ދަރަނިތައް ހަލާސްނުކޮށް ކުންފުނީގެ މުދާތައް ބަހާފައިވާ ހާލަތުގައި މުދާ ލިބުނު ފަރާތްތައް ކުންފުނީގެ ދަރަންޏަށް ޒިއްމާކުރެވިދާނެތަ؟
1/ ހ. ވާލީ ވިލާ މޫސާ ފަހީމް އާއި އޭނާގެ ބޭބެ މ.ތްރީއޭ ވިލާ އަބްދުއްލާ އަލީ އާ ދެ މީހުން، ކުންފުނިތައްވެސް (ވާލީ ބްރަދާސް ޕވޓ ލޓޑ އާއި ތްރީ އޭ ބްރަދާސް ޕވޓ ލޓޑ) ހިމެނޭ ގޮތަށް ވިޔަފާރިތަކެއް ހިނަގަމުން ދިޔަ. މި ވިޔަފާރިތަކުގެ %60 ހިއްސާވަނީ އަލީ އަށް. %40 ހިއްސާ ވަނީ ފަހީމަށް.
2/ މި ދެ ބެއިންގެ ތެރެއިން ފަހީމް މަރުވި. މަރުވުމުން، ފަހީމްގެ ތަރިކައިގައި ހިމެނޭ ވާލީ ބްރަދާސް ޕވޓ ލޓޑ އާއި ތްރީއޭ ބްރަދާސް ޕވޓ ލޓޑ ގެ ހިއްސާތަކުގެ މައްސަލަ ހައިކޯޓުން ނިންމާފައިވަނީ، އެ ކުންފުނިތަކުގައި ވާ ފަހީމްގެ ހިއްސާ (%40) ލިބިގެންވަނީ ފަހީމްގެ ވާރިސުންނަށް ކަމަށް.
Read 21 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!